Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިވިލް ކޯޓު

ސިވިލް ކޯޓުން އަނެއްކާ ވެސް ރެކޯޑަކާ ދިމާލަށް: ހުށަހެޅި އަދަދަށް ވުރެ ގިނަ އިން ނިންމާނަން!

މި އަހަރު 3،000 ވުރެ ގިނަ މައްސަލަ ނިންމާފައިވޭ

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2018 | އަންގާރަ 14:05
ސިވިލް ކޯޓު ހިންގާ އިމާރާތް، ޖަސްޓިސް ބިލްޑިން -- ފޮޓޯ/ ރާއްޖެއެމްވީ

ސިވިލް ކޯޓު ހިންގާ އިމާރާތް، ޖަސްޓިސް ބިލްޑިން -- ފޮޓޯ/ ރާއްޖެއެމްވީ

ރާއްޖޭގެ ތާރީޚުގައި އެއް ދުވަހެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް ޝަރުއީ މައްސަލަ ބެލުމުގެ ރެކޯޑު މުގުރާލާފައި ވަނީ ސިވިލް ކޯޓުންނެވެ. އެންމެ ގާޒީއަކު އިސްކޮށް ހުންވައިގެން، އެއް ދުވަހެއްގެ ތެރޭގައި 160 މައްސަަލަ ބައްލަވައި ޝަރީއަތް ވަނީ ހިންގަވާފައެވެ. ޝަރީއަތް ހިންގުމުގައި ސިވިލް ކޯޓުން ގެންގުޅޭ ހަލުވިކަމާ ގުޅިގެން ފާޑުކިޔުންތައް ދަނީ ރައްދުވަމުންނެވެ.

އާ އަހަރުގެ އާ އަޒުމަކާ އެކު އަނެއްކާ ވެސް ސިވިލް ކޯޓުން ވަނީ ރެކޯޑަކަށް އަމާޒު ހިފާފައެވެ. އެ ކޯޓުން މިއަދު އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ އަޒުމުގައި ބުނެފައި ވަނީ އެ ކޯޓަށް ހުށަހެޅުނު އަދަދަށް ވުރެ އިތުރަށް މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ. ނިމިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ 3،607 މައްސަލައެވެ. ސިވިލް ކޯޓުގެ މިއަހަރުގެ އަޒުމަކީ އެ އަދަށް ވުރެ އިތުރަށް މައްސަލަ ނިންމުން ކަމަށްވާއިރު، މި އަހަރު އެ ކޯޓުން ނިންމާފައި ވަނީ 3044 މައްސަލައެވެ.

"...ހުށަހެޅުނު އަދަދަށް ވުރެ އިތުރަށް މައްސަލަ ނިންމުމަށް އިތުރަށް މައްސަލަ ނިންމުމަށް މަސައްކަތް ކުރުމަށް ވަނީ މަސައްކަތުގެ އަޒުމަކަށް ހަދާފައެވެ. އަދި މިއަހަރަކީ ކޯޓުގެ ކުރިއެރުމާއި މުވައްޒަފުންގެ ފާގަތި އުންމީދީ އަހަރެއް ކަމަށް ދެކިފައެވެ،" ތަފާސް ހިސާބު އާންމު ކުރުމަށް ފަހު، ސިވިލް ކޯޓުގެ އަޒުމުގައި ބުނެފައިވެއެވެ.

އެއް ދުވަހެއްގެ ތެރޭގައި 160 މައްސަލަ ބަލައި، ޝަރީއަތް ހިންގެވީ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމެވެ. ސިޔާސީ ޕޯޑިއަމްތަކުގައި އުޅުއްވައި، އާންމު އިންތިހާބުތަކުގައި ވާދަކުރެއްވި ގާޒީ ހަލީމުގެ އެ އަމަލާ ގުޅިގެން، ގާނޫނީ ވަކީލުންނާއި ފަނޑިޔާރުން ވެސް ވަނީ ފާޑުވިދާޅުވެފައެވެ. ހަލީމުގެ އެ ނިންމެވުމާ ގުޅިގެން ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވެސް ހިމެނިވަޑައިގަންނަވައެވެ.

ފާއިޒު ވިދާޅުވެފައި ވަނީ އިންސާފު ގާއިމު ކުރުމަކީ ރެކޯޑު ހަދަން ކުރަންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. ޝަރީއަތް ހިންގުމުގައި ރެކޯޑު ހެދުމުގެ ވާދަވެރިކަން އުފެދުނީ ޖަސްޓިސް މިނިސްޓްރީ ހިންގި ޒަމާނުގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ފާއިޒު ވިދާޅުވީ ޖަސްޓިސް މިނިސްޓްރީ ހިންގި ޒަމާނުގައި އެންމެ މޮޅު ގާޒީ ހޮވައި ހަނދާނީ ފިލާ ދޭން ފެށުމުން ކަމަށާއި އެކަން ހުއްޓައިލީ އެކަމާ ދެކޮޅަށް ބައެއް ގާޒީން ޝަކުވާ ކުރުމުން ކަމަށެވެ.

ރެކޯޑް ހެދުމުގެ ގޮތުން، 1999 ވަނަ އަހަރުގެ ސެޕްޓެމްބަރު، 9 ގައި އޭރުގެ ޖިނާއީ ކޯޓުގެ ގާޒީއަކު 67 މައްސަލަ ތާވަލު ކުރައްވައި، އޭގެ ތެރެއިން 66 މައްސަލައެއް ނިންމެވިއިރު ދައުވާ ލިބޭ އެންމެންގެ މައްޗަށް ކުށް ސާބިތުވި ކަމަށް ފާއިޒް ވިދާޅުވެފައިވެއެވެ.

ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދަށް ވުރެ އިތުރަށް މައްސަލަ ބެލުމަށް ސިވިލް ކޯޓުން ނިންމާފައި ވަނީ މައްސަލަތައް ދިގުލައި، ނުނިމި ދާތީ، އެފަދަ މައްސަލަތައް އަވަސް ކުރުމަށް ސުޕްރީމް ކޯޓުން ފަނޑިޔާރުންނަށް އަންގާފައި ވަނިކޮށެވެ. ދަށު ކޯޓުތަކުން ފަހަކަށް އައިސް މައްސަލަ ނިންމުގައި ހަލުވިކަން ފާހަގަ ކުރެވެއެވެ. ހާއްސަ ގޮތެއްގައި ސިޔާސީ މައްސަލަތައް ބަލައި ނިންމުމުގައެވެ.

އެގޮތުން ދައުވާ ކުރިތާ 13 ދުވަހުގެ ތެރޭގައި ޝަރީއަތް ހިންގައި، 13 އަހަރުގެ ޖަލު ހުކުމެއް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވަނީ އިއްވާފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާލަސްކަންފުޅާ އޮންނަވަނިކޮށް، ޣައިރު ހާޒިރުގައި ވަނީ ހުކުމްކޮފައެވެ.

މައްސަލައިގައި ހިމެނޭ ދެ ހަސްމުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ދިނުމެއް ނެތި، މައްސަލަ ނިންމުމަކީ އިންސާފެއް ނޫނެވެ. ޝަރީއަތް ހިންގުމުގައްޔާއި އަވަސް އަރުވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެއެވެ. ޖަވާބުދާރީވުމާއި މައްސަލަ ދެފަރާތަށް ސާފުވެ، ސާބިތު ހެކިތަކެއްގެ މައްޗަށް ގޮތް ކަނޑައެޅުމަކީ އިންސާފު ގާއިމު ކުރުމުގެ އަސާސެވެ. އެ އަސާސުން ބޭރުން ރެކޯޑު ހެދުމުން ދެން ކުރިމަތިވާނީ މަލާމާތެވެ. ފުރައްސާރައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނުގެ ފްލީޓް އަނެއްކާ ވެސް ކުޑަވަނީތަ؟

ރައީސް ޔާމީނުގެ ފްލީޓް އަނެއްކާ ވެސް ކުޑަވަނީތަ؟

23 ޖެނުއަރީ 2018
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

ސާބަސް! އައްސަރިބަހުން ސާބަސް!. ހަމްދަރުދީ ވުމާއި ދީލަތިކަމުން އަނެއްކާވެސް އިތުރު ނަމޫނާއެއް

11 ސެޕްޓެމްބަރު 2017
ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރިކަމަށް ބުނާ ލިޔުމަށް ވީގޮތެއް ނޭނގެ، އަނެއްކާވެސް މަޝްވަރާއަށް!

02 ސެޕްޓެމްބަރު 2017
ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

ސުޕްރީމް ކޯޓުން އަލިފާން ގަނޑަށް ޕެޓްރޯލް އަޅައި، ހުޅުގަނޑު ބޮޑުކޮށްލީތަ؟

30 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު