Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިންގަޕޫރު ފަދަ ރާއްޖެ

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

2008 ވަނަ އަހަރުގެ "މޫން ބޭ މެރީނާ"އެއްގެ ވާހަކައެއް އޭރުގެ ސަރުކާރުން ދެއްކެވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 2 ޖޫން 2017 | ހުކުރު 11:33
މާލެ-ހުޅުމާލެ ބްރިޖް

މާލެ-ހުޅުމާލެ ބްރިޖް

އަޅުގަނޑުމެން ކުޑައިރުއްސުރެ ވެސް އަޑުއަހާ ވާހަކައެއް އޮވެއެވެ. ސިންގަޕޫރެއްގެ ވާހަކައެވެ. އެ ގައުމު ތަރައްގީގެ ވާހަކަތަކެވެ. ރައްޖޭގެ ކުރީގެ ރައީސުންނާއި ސަރުކަރުގެ އިސްވެރިން އަދި އެވެރިންގެ އާއިލާތަކާއި ގާތް ރައްޓެހިން މާގިނައިން ސިންގަޕޫރަށް ވަޑައިގަންނަވާ ވާހަކައެވެ. ބޮލެއްގަ ރިއްސާލިޔަސް ސިންގަޕޫރަށެވެ. ކާލަން ޕާނެއް ބޭނުން ވިޔަސް ގެންނަނީ ސިންގަޕޫރުންނެވެ.

އެންމެ ބޮޑަށް ސިންގަޕޫރުގެ ތަރައްގީ ރާއްޖޭގައި ސިފަވެގެން ގޮސްފައިވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަށް ތައްޔާރު ވުމަށް ކުރި ކެމްޕެއިން ތެރެއިން ނެވެ.

އާދެ، "މޫން ބޭ މެރީނާ" އެއްގެ ވާހަކަ އަޑުއިވެންފެށިއެވެ. ލޯ މައްޗަށް އެ "މޫން ބޭ މެރިނާ" ދައްކާލައިފި އެވެ. ޓެކްނޮލޮޖީއާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދައްކާލި އެވީޑިއޯއިން ފެންނަ ފެނުން ވަރަށް ވެސް ހިތްގައިމެވެ. އެ އެވީޑިއޯ ފެންނަގޮތުގައި "މޫން ބޭ މެރިނާ" ތަރައްގީ ކުރުމަށް ނިންމާފައިވަނީ މާލޭގެ އިރުމަތި ފަރާތުގެ އާޓިފިޝަލް ބީޗާ ދިމާލުގަވެ.

އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން އެ ވީޑިއޯ ދައްކާލުމާއެކު ރައްޔިތުން ވެސް ތިބީ އުފަލުން ފޮޅިފަ އެވެ. އެފަދަ ތަރައްގީއެއް ލިބެން އުޅޭތީ އެވެ. ހިނގާފައި އުޅެވޭ ގޮތަށާއި ވެހިކަލް ވެސް ދުއްވޭގޮތަށް ތަރައްގީ ކޮށްފައިވާ ސިންގަޕޫރުގެ "މެރީނާ ބޭ" އަށްވުރެ ފުރިހަމަ "މޫން ބޭ މެރީނާ" އެއް ލިބުމަކީ ރައްޔިތުންނަށް ލިބޭ ކިހާބޮޑު އުފަލެއްތޯ އެވެ.

ކޮންމެ އަކަސް އޭރު އެ އިސްތިހާރު ކުރި "މޫން ބޭ މެރީނާ" ދިވެހި ރައްޔިތުންނަށް ފެންނަވަރެއް ނުވިއެވެ. މުޅި ޕްރޮޖެކްޓް ފެއިލްވެއްޖެ އެވެ. އަސްލު ރައްޔިތުން ބޭނުންނުވީ ކަމަށް ވެސް ބުނެވިދާނެ އެވެ. ނުވަތަ ސަރުކާރުން އަބަދު ރައްޔިތުންނަށް ދޯކާ ދޭތީ ރައްޔިތުން އެމީހުންނަށް ލިބުނު ބާރުގެ ބޭނުން ހިފީ ކަމަށް ވެސް ވެދާނެ އެވެ. "މޫން ބޭ މެރީނާ" ތަރައްގީ ކުރައް އުޅުނު ސަރުކާރަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ބުނެފައިވަނީ "ނޫނެކޭ" އެވެ. ރައްޔިތުން ނޫނެކޭ ބުނީ ކޮންމެހެން ތަރައްގީ ބޭނުން ނުވެގެން ނޫނެވެ. ސިންގަޕޫރުގައި ވެސް އަދި އެހެން ތަރައްގީވެފައިވާ ގައުތަކުގައި އުމްރާނީ ތަރައްގީއަށް ވުރެ ކުރިން ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދްމަތްތައް ވަނީ ފޯރުކޮށްދީފަ އެވެ. ރައްޔިތުންގެ އަސާސީ ހިދްމަތްތައް ފޯރުކޮށްދިނުމާ އެކު މަތީ ތައުލީމާއި އިލްމު އުނގެނުމުގެ ފަހި ފުރުސަތުތައް ފޯރުކޮށްދީ ރައްޔިތުން މީހާ ހަމަ އިސްކޮޅަށް ތެދުވެ ފިކުރުކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާފަދައިން ތަރައްގީއަކީ އިންސާނާއަށް އަންނަ ބަދަލެކެވެ. ތައުލީމު އުނގެނި، އިލްމީ ނަޒަރަކުން ވިސްނުމައި ފިކުރު ކުރުމުގެ ތެރެއިން އިންސާނާއަށް އަންނަ ބަދަލެކެވެ. ކުރީގެ ރައީސް ނަޝީދުގެ އެ ސިޔާސަތުތައް ކުރީގެ 30 އަހަރުގެ ވެރިކަމުގެ ސިޔާސަތުތަކާއި ހާސްބައި ތަފާތެވެ. ކެމްޕެއިން ކުމުގަ އާއި ސިޔާސަތުތައް އެކުލަވާލުމުގައި ވެސް ހާސްބައި ތަފާތެވެ. ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ކުރައްވާނެ ފަސް އަހަރު ދުވަހުގެ ޕްލޭނެއް ތައްޔާރުކޮށް، މެނިފެސްޓޯއެއް އާއްމު ކުރިއެވެ. ބޮޑެތި ވައުދުތަކެއް ހުރިކަން ފާހަގަ ކުރެވުނުވެ. ނަމަވެސް އެ ވައުދުތަކަކީ ހަމަ ހަގީގަތުގައި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން އެނގެ އެވެ. އެއީ ކޮންކްރީޓް ތަރައްގީއަށްވުރެ ބޮޑަށް އަސާސީ ހިދްމަތްތަކެވެ. ބޯހިޔާވަހި ކަމެވެ. ދަތުރުފަތު ކުރުމެވެ. މަސްތުވާތަކެތިން މުޖުތަމައު ސަލާމަތް ކުރުމެވެ. ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހޭގޮތަށް ސިޔާސަތުތައް އެކަށައެޅުމެވެ. އަދިވެސް މިފަދަ ވަރަށް ގިނަ ކަންކަން 2008 ރިޔަސީ އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ ސަރުކާރުގެ މެނިފެސްޓޯގައި ވެއެވެ.

ރައްޖޭގެ ބޭއްވުނު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނޫނެކޭ ބުނީ "މޫން ބޭ މެރީނާ" ޕްރޮޖެކްޓަށެވެ. އޭގެ ފަހުން މާލެ އާއި ހުޅުމާލެ ދެމެދުގައި އަޅާ ބްރިޖްގެ މަސައްކަތް ފެށި، ބްރިޖްގެ ރަނިންގ ކޮމެންޓްރީ ދެއްވާ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން މިހާރު ބްރިޖްގެ ތަނބުތައް ވެސް ފެނުން މައްޗަށް އަރައިފި އެވެ. އެ ބްރިޖްގެ ޕްރޮޖެކްޓް ހިނގަހިނގާ އޮއްވާ ބޭއްވި ފުރަތަމަ އިންތިހާބުން ވެސް ސަރުކާރުވީ ބޮޑުތަނުން ފެއިލް އެވެ. މާލެ ސިޓީ ސަރަހައްދުގައި އެބްރިޖްއަޅާއިރު، މާލެ ސިޓީއަށް 13 ކައުންސިލަރުން އިންތިހާބު ކުރިއިރު، އެންމެ ގޮނޑިއެއް ވެސް ސަރުކާރަށް ލިބިފައެއް ނުވެއެވެ.

އިއްތިފާގުވާ ކަމަކީ ރައީސް މައުމޫންގެ 30 އަހަރުގެ ދިގު ވެރިކަމުގައި އެންމެ ބާރުގަދަ އެއް ވަޒީރަކަށް ހުންނެވީ މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ވުމެވެ. އަދި 2008ގެ ރިޔާސީ އިންތިހާބަށް ފައްކާކުރަމުން އައި "މޫން ބޭ މެރީނާ" ފެއިލްވެ، 2008ގެ ރިޔާސީ އިންތިހާބުން ވެސް ފެއިލްވިއިރު، ރައީސް ޔާމީން ހުންނެވީ އަރިހުގަ އެވެ. "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ހަދަމުންދަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ބުނަން މިއުޅެނީ، ބްރިޖް އެޅިދާނެ އެވެ. އެކަމަކު ރާއްޖެ ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމަކަށްވުމަށް ކުރާ މަސައްކަތް އަދި ބްރިޖާ ހަމައިން ނުނިމޭ ކަމެވެ. ސިންގަޕޫރު ސިންގަޕޫރަކަށް ވެފައި އެއޮތީ ލައްކަ މަސައްކަތުންނެވެ. ސިންގަޕޫރު ރައްޔިތުން ސާފު ބޯފެނަށް ސަލާން ޖަހާކަން ނުޖެހެއެވެ. ކަރަންޓް ނުލިބިގެން އުޅޭކަން ނުޖެހެ އެވެ. ކާބޯތަކެތީގެ އަގުތަށް އުފުލި ރައްޔިތުން "ރަތަށް އަރައިގެން"ވެސް އުޅޭތަނެއް ނުފެނެއެވެ. ސިންގަޕޫރު ފެންނަނީ ވަރަށް ވެސް ހަމަޖެހޭ ސުލްހަވެރި ރައްޔިތެއް ދިރިއުޅޭ ގައުމެއްގެ ގޮތުގައެވެ. ފާހަގަކޮށްލެވޭ ކަމަކީ ރާއްޖެއާ އެންމެ ކައިރީގައިވާ އެންމެ ދިރިއުޅުގެ ފެންވަރު މަތި ގައުމަކީ ސިންގަޕޫރު ކަމަށް ވެފައިއެވަނީ އެއްރޭ ނިދާފަ ހޭލިއިރު ވެފައިއޮތް ގޮތެއް ނޫނެވެ.

ރާއްޖޭގައި ވެސް ބްރިޖް އެޅިދާނެ އެވެ. އެކަމަކު ރައްޔިތުން ތިބީ ސާފު ބޯފެން ފޮދެއް ނުލިބިފަ އެވެ. ކަރަންޓް މައްސަލަ ނެތް ރަށެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކެޕިޓަލް ސިޓީ މާލެގައި ކަރަންޓް މައްސަލަ ހަމައަކަށް ނޭޅެއެވެ. އިރުއިރުކޮޅާ ކަރަންޓް ކެނޑޭއިރު، މާލޭގެ މަގުތަކުގެ ބަހައްޓާފައިވާ ލައިޓްތައް ނުދިއްލަ އެވެ. އޮއްސޭ އިރާއެކު ކެޕިޓަލް ސިޓީ ކަނު އަނދިރީގަ އެވެ. ފޭރޭ މީހުން ފޭރެނީއެވެ. ވަކި ކަނު އަނދިރީއެއް ނޫނެވެ. ރޯމާ ދުވާލުވެސް ފޭރޭ މީހުން ފޭރެނީއެވެ. ދައުލަތުގެ ފައިސާއިން ދައުލަތުގެ އިސްވެރިން ހިޔާނާތް ވަނީ އިންތިހާއަށެވެ. ކާބޯތަކެތި އަތް ނުފޯރާ ފަށުގައެވެ. ލިބޭ އާމްދަނީއާ ކުރަންޖެހޭ ޚަރަދު ނުބައްދަލެވެ. ކަރަންޓް ބިލް ބޮޑެވެ. ފެން ބިލް އިންތިހާ އަށް ބޮޑެވެ. މި ރަމަޟާން މަހު ނިކަމެތި ރައްޔިތުން ތިބީ ހަމަ ނިކަމެތި ކަންމަތީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު