Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް އަބްދުﷲ ޔާމީން

ރަށްތައް ފަޅުކޮށް، މާލެ ސަރަހައްދު ތޮއްޖެއްސުމަށް ރައީސް ޔާމީނަށް ވޯޓެއް!

ރައީސް ވިދާޅުވާ ގޮތުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި ފަސް ލައްކަ މީހުން ދިރިއުޅޭނޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 27 ޖުލައި 2018 | ހުކުރު 10:09
މިނިވަން ދުވަހުގެ ހަފްލާގައި ރައީސް ޔާމީން ބައިވެރިވަޑައިގަންނަވަނީ

މިނިވަން ދުވަހުގެ ހަފްލާގައި ރައީސް ޔާމީން ބައިވެރިވަޑައިގަންނަވަނީ

ރަށްރަށުގެ މީހުން ތިބެނީ އެ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އޮޅިގެން ވެސް ވަޑައިގަންނަވައިތޯ ދުޢާކޮށްކޮށެވެ. އަތޮޅަށް އެއާޕޯޓެއް ލިބޭނެތީއެވެ. ފެނާއި ނަރުދަމާގެ ނިޒާމާ ގުޅޭ ވާހަަކަފުޅެއް ދައްކަވާނެތީއެވެ. މިހެން ގޮސް ލިސްޓް ދިގެވެ. ރައީސް ފަހަކަށް އައިސް ވަޑައިގަންނަވާ ރަށްރަށުގައި ދައްކަވާ ވާހަކަފުޅުގައި ރަށްތަކަށް ލިބޭ އެންމެ ބޮޑު ތަރައްގީއަކަށް ވާނީ އެ ރަށަކާ ކައިރީގައި އެއާޕޯޓެއް އޮތުން ކަމަށް ވިދާޅުވެއެވެ. އެ ވާހަކަ ދައްކަވަމުން އެއް އަތޮޅެއްގައި ދެ އެއާޕޯޓް އެޅުމަށް ވެސް މި ސަރުކާރުން ފަހެއް ނުޖެހެއެވެ. އޭގެ މިސާލަކީ ހދ. ހަނިމާދޫގައި އެއާޕޯޓެއް އޮއްވައި ވިއްސަކަށް މިނިޓް ދުރުގައި އޮތް ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ފެށުމެވެ.

އެއާޕޯޓްތަކުގެ އިތުރުން ރަށްތަކުގެ ތަރައްގީއަށް ބިޔަ މަޝްރޫއުތަކެއް ހިންގަވާނެ ކަމަށް ވެސް ރައީސް ޔާމީން ގެންދަވަނީ ވިދާޅުވަމުންނެވެ. އެފަދަ މަޝްރޫއުތަކާ ބެހޭ ފޮތެއް ވެސް ސަރުކާރުން ވަނީ ނެރެފައެވެ. މިހާތަނަށް ނުވެސް ހިންގާ މަޝްރޫއުތައް ނިމުނު ކަމަށް ހަދައި އަދި ގަބޫލުނުކުރެވޭ ވަރުގެ ބޮޑެތި އަދަދުތައް ޖަހައިގެން ނެރުނު "ރަށްވެހި ތަރައްގީ ފޮތުގައި ވެސް ރަށްރަށުގެ ތަރައްގީ އަށް ބޮޑެތި މަޝްރޫއުތައް ހިމަނާފައި ވެއެވެ.

ރައީސް ޔާމީން ރަށްރަށަށް ވަޑައިގެން ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަ ދައްކަވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަތައް ހަމަނުޖެހޭކަން ދަނީ ފާޅުވަމުންނެވެ. އެ ގޮތުން ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ގައުމާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގުޅިފަޅުން ފެށިގެން މާލެ ހުޅުމާލެ ގުޅުވާލައި ތަރައްގީކުރާ ސަރަހައްދުގައި ޖުމުލަ ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް ބިނާކުރެވޭނެ ކަމަށެވެ. އެގޮތުން މިހާރު ތަރައްގީކުރަމުން އަންނަ ހުޅުމާލޭގައި 100،000 މީހުން އާބާދުވެގެންދާނެ ކަމަށާއި މާލެ އާއި ހުޅުމާލެ ބްރިޖުން ގުޅާލައި ތަރައްގީކުރާ ވިލިމާލެ ފޭސް 2ގެ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް 1،000 އަކަ ފޫޓުގެ ބިމެއް ނުވަތަ ތަނަވަސް ފްލެޓެއް ފޯރުކޮށްދީ 315،000 މީހުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.

މާލޭ ސަރަހައްދުގައި މިހާރު ވެސް ދޮޅު ލައްކައެއްހާ މީހުން ދިރިއުޅޭ އިރު ރައީސް އެ ވިދާޅުވާ ގޮތުން ނަމަ އަލަށް އާބާދުކުރާ އިތުރު ހަތަރު ލައްކައާ އެކު ޖުމްލަ ފަސް ލައްކައަށް ވުރެ ގިނަ މީހުން ހަމައެކަނި މާލޭ ސަރަހައްދުގައި އާބާދުވެގެންދާނެއެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ބޯހިމެނުން ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ އާބާދީއަކީ 338،000 މީހުންނެވެ. އަދި އާބާދީގެ އަންދާޒާ ދައްކާ ގޮތުން އާބާދީ ކޮންޓްރޯލްކުރުމުގެ އާދަޔާ އެކު ރާއްޖޭގެ އާބާދީ ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ވެސް 400،000 އަށް ވުރެ މައްޗަށް ދާނެ ކަމަށް ނުބެލެވެއެވެ. އެހެންކަމަށް ވާ ނަމަ މާލެ ސަރަހައްދަށް ފަސް ލައްކަ މީހުން ޖަމާކުރަނީ ކޮންތާކުންތޯ ސުވާލު އުފެދެއެވެ.

ރާއްޖޭގައި ނެތް މިންވަރުގެ އާބާދީއެއް ގުޅިފަޅުން ފެށިގެން ހުޅުމާލެއާ ދެމެދު އާބާދުކުރަން ރައީސް ވިދާޅުވި އިރު އުފެދޭ ސުވާލަކީ މީގެ ދެތިން ހަފުތާކުރިން ރަށްރަށުގައި ދެއްކެވި ވާހަކަފުޅުތައް ހަނދާނުން ކައްސާލީބާއެވެ؟

ފެށުނީއްސުރެ މި ސަރުކާރުން ކުރިއަރުވަމުން އައީ މާލެ ސަރަހައްދު ތޮއްޖެއްސުމުގެ ސިޔާސަތެކެވެ. ރަށްރަށް ފަޅުކޮށްފައި ހުޅުމާލެ އަށް މީހުން އައުމަށް ހުދު ރައީސް ޔާމީން ވެސް ވަނީ އެތައް ފަހަރަކު ގޮވާލައްވާފައެވެ. އޭގެ އިތުރުން އަތޮޅުތަކުގައި ފަޅު ރަށެއް އަދި ފިނޮޅެއް ނުވަތަ ތިލައެއް އޮތަސް އެތަންތައް މި ސަރުކަރުން ދަނީ ރާއްޖެ އާއި ބޭރުގެ މަހުޖަނުންނަށް ވިއްކަމުންނެވެ.

މިނިވަން ދުވަހު ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުން ޔަގީންވެ ކަށަވަރުވި ކަމަކީ އެމަނިކުފާނު ދެ ވަނަ ދައުރަކަށް ހޮވިއްޖެ ނަމަ ރާއްޖޭގެ އެތައް ރަށެއް ފަޅުކުރާނެ ކަމެވެ. ބޮޑު ބިޔަ މަޝްރޫއެއް ހިންގައި މާލެ ސަރަހައްދު ތަރައްގީކުރާ އިރު އެ ވިދާޅުވާ ވަރުގެ އާބާދީއެއް މާލެ ސަރަހައްދުގައި އާބާދުކުރެވޭނެ ހަމައެކަނި މަގަކީ އެއީއެވެ. ނަތީޖާއަކަށް ވެގެންދާނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރަށްތަކުގައި ހިންގާ މަޝްރޫއުތައް ހުއްޓާލައި ނުވަތަ މަޑުޖެހި މާލޭ ސަރަހައްދަށް މުޅި ފޯކަސް އެނބުރިގެން ދިއުމެވެ. ރަށްތައް ވެސް ތަރައްގީކުރަމުން މާލޭގައި އެވަރުގެ އަބާދީއަކަށް ފޯކަސްކޮށްގެން މަޝްރޫއެއް ހިންގުމުގެ ބޭނުމެއް ވެސް ނޯންނާނެއެވެ. އެހެންކަމުން މިހާރު ފަށާފައިވާ ނަރުދަމާ އާއި ފެނާއި މަގު ހެދުމުގެ މަޝްރޫއުތަކާއި ތައުލީމު އުނގަންނައިދިނުމަށް ގާއިމުކުރާ މަރުކަޒުތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ބޭނުމެއް ނޯންނާނެއެވެ.

ރައީސްގެ ވާހަކަފުޅުން އެހެން މާނައެއް ނަގާ ނަމަ މާލެ ސަރަހައްދުގައި އެ ވިދާޅުވާ ވަރުގެ އާބާދީއެއް ދެން ތަރައްގީކުރެވެން އޮތް ގޮތަކީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ދިރިއުޅެވޭނެ ނުވަތަ ރައްޔިތަކަށް ވެވޭނެ މަގު މިހާރަށް ވުރެ ވެސް ފަސޭހަކުރުމެވެ. ފަހަރުގައި އެއީ އެންމެ ބޮޑު އާބާދީއެއް އޮތް ޗައިނާ އަށް ހުޅުވާލެވޭ މަގަކަށް ވެސް ވެދާނެއެވެ. ރާއްޖޭގެ މުޅި އިގްތިސޯދު ވެސް މުޅިންހެން ޗައިނާ އަށް މިސްރާބު ޖަހާފައިވާ އިރު ފަހަރުގައި ޗައިނާ އިން ދެން ހިންގާ މަޝްރޫއުތަކުގެ ބަދަލަކީ އެ މީހުންނަށް ވެސް ރާއްޖޭގައި އާބާދުވެ އުޅެވޭނެ ފަސޭހަ މަގެއް ތަނަވަސްވެގެން ދިއުން ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ރައީސް އެ ވިދާޅުވާ ފަސް ލައްކަ މީހުންގެ އާބާދީ މާލޭ ސަރަހައްދުގައި އާބާދުވެގެންދާނީ ޗައިނާގެ ބިޔަ ބޮޑު މަޝްރޫއުތައް ހިންގަން ރާއްޖެ ގެންނަ މީހުންނާއި އެ މީހުންގެ އާއިލާތަކާ އެކުގައި ކަމަށް ވުން ވެސް އެއީ އެކަށީގެންވާ ކަމެކެވެ.

ސަރުކާރުން ދައްކާ ވާހަކަ އާއި ސިޔާސަތު ދިމާނުވާކަން ކުރިން ވެސް އެނގޭ އިރު ރައީސް ޔާމީންގެ މިނިވަން ދުވަހުގެ ހިތާބުން އެތައް ކަމެއް މި ވަނީ ހާމަވެގެން ގޮސްފައެވެ. އެހެން ގޮތަކަށް ބުނާ ނަމަ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އެ މަނިކުފާނު އެ ދެއްވީ ވަރަށް ވަރުގަދަ މެސެޖެކެވެ. ނުވަތަ އިންޒާރެކެވެ. ރައީސްގެ ވާހަކަފުޅުގައި ނުސީދާކޮށް އެ ވިދާޅުވަނީ ކުރިއަށް އޮތް ދައުރަށް އެމަނިކުފާނަށް ވޯޓު ދީ ވެރިކަން ދަމަހައްޓަން ފުރުސަތު ދީފި ނަމަ ރަށްތައް ފަޅުކުރައްވާނެ ވާނެ ވާހަކައެވެ. އަދި އެ ރަށްތަކުގައި ދިރިއުޅުމުގެ ބޭނުމެއް ނެތް ކަމާއި ސަރުކާރުން ވެސް ބޭކާރު ޚަރަދެއް ދެން ނުކުރާނެ ވާހަކައެވެ. ނުވަތަ މުސްތަގުބަލުގައި އެ ރަށްތައް ވެގެންދާނީ މިހާރު ވެސް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ފަޅު ރަށްތަކާއި ފިނޮޅުތައް މަހުޖަނުންނަށް ވިއްކާލާ ފަދައިން ވިއްކާލެވޭ ޕްރޮޕަޓީތަކަކަށެވެ. މިހާރު ތަރައްގީކުރާ އެއާޕޯޓްތަކަކީ ވެސް ދިވެހިން ފަޅުކޮށްފައި ދޫކޮށްލާ އެ ރަށްތައް، ރިސޯޓްތަކާއި ހޮޓާތަކަށް ބަދަލުކުރުމުން އެ ތަންތަނަށް ޓުއަރިސްޓުން އުފުލުމަށް ބޭނުންކުރާނެ ތަންތަނަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ރައީސް އެ ވިދާޅުވަނީ ރަށްތައް ފަޅުކޮށް މާލެ ސަރަހައްދު ތޮއްޖެއްސުމަށް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓެއް ދެއްވުމަށެވެ. ރާއްޖޭގެ އެހެން ރަށްތަކުގެ މީހުން މާލޭ ސަރަހައްދަށް ތޮއްޖެއްސުމުގެ މަގުސަދުގައި ރައީސް ޔާމީންގެ ވިލިމާލެ 2 މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ، ސުވަރުގެއެއްފަދަ މިރާއްޖެ ހިތްގައިމުކަން ފުރިހަމައަށް ލިބޭނީ ޓޫރިސްޓުންނަށެވެ. ދިވެހިން ތިބެއްޖެހޭނީ ތޮއްޖެހިފައިވާ ދިރިއުޅުމެއްގައި ހާއްސަކަމުގަ އެވެ. ކޮންކްރީޓް ޖަންގައްޔެއްގަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

\'ގޮވުމުގެ ކުރިން ސަރަހައްދުގައި ގޭސް ވަސް، ދެން އެރީ ގުޑުމެއް\'

\'ގޮވުމުގެ ކުރިން ސަރަހައްދުގައި ގޭސް ވަސް، ދެން އެރީ ގުޑުމެއް\'

09 ޖޫން 2018
މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

30 އެޕްރީލު 2018
މުޅި ޓްރެކް ސަރަހައްދު ކުނިން ފުރިފަ، ޒިންމާ ނަގާނެ ފަރާތެއް ނެތް!

މުޅި ޓްރެކް ސަރަހައްދު ކުނިން ފުރިފަ، ޒިންމާ ނަގާނެ ފަރާތެއް ނެތް!

29 އެޕްރީލު 2018
ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

21 އެޕްރީލު 2018
ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

ޒުވާން ޖީލު ހަލާކުވެ ދިއުން: އެތައް ބައެއްގެ އިހްމާލެއް، ވިސްނާ

17 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު