Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޓޫރިޒަމް

މަރާމާތަށް ފަހު ހަކުރާ ހުރާ ހުޅުވައިފި

23 ޑިސެމްބަރު 2019 | ހޯމަ 06:43

ބޮޑެތި މީހުންނަށް ޚާއްސަ ޕްރައިވެޓް އައިލެންޑެއް މިރިސޯޓްގައި އަަލަށް ވަނީ ހަދާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ޑިސެމްބަރު 2019 | ހޯމަ 06:43
މ އަތޮޅުގައި ހުޅުވި ސިނަމަން ހަކުރާ ހުރާ

މ އަތޮޅުގައި ހުޅުވި ސިނަމަން ހަކުރާ ހުރާ

މުޅި ރިސޯޓް އެއްކޮށް މަރާމާތު ކުރުމަށްފަހު ބޮޑެތި ބަދަލުތަކާއެކު ސިނަމަން ހަކުރާ ހުރާ މޯލްޑިވްސް އަލުން ހުޅުވައިފި އެވެ.

މ އަތޮޅުގައި ހިންގާ މިރިސޯޓް މަރާމާތުކުރުމަށް ބަންދުކުރީ 2018 ވަނަ އަހަރު އެވެ. އެއަށްފަހު މިމަހުގެ 16 ވަނަ ދުވަހު ރިސޯޓް އަލުން ހުޅުވާފައިވާއިރު އަލަށް 2.5 ހެކްޓަރ ވަނީ ރިސޯޓަށް އިތުރުކޮށްފަ އެވެ. މައި ރަށާއި އެ ރަށާ އިންވެގެން ހަދާފައިވާ ރަށް ވަނީ ވޯކްވޭއަކުން ގުޅާލާފަ އެވެ. ބޮޑެތި މީހުންނަށް ޚާއްޞަ ޕްރައިވެޓް އައިލެންޑެއް މިރިސޯޓުގައި އަަލަށް ތަރައްޤީކޮށްފައިވެއެވެ.

ހަކުރާ ހުރާ އިން ބުނީ މައި ރަށުގައި ހުންނާނީ ބީޗް ބަންގަލޯ އާއި ވޯޓަރ ބަންގަލޯ ކަމަށެވެ. އެގޮތުން 70 ވޯޓާ ބަންގަލޯ އެރަށުގައި ހުންނާނެ ކަމަށް ހަކުރާ އިން ބުނެއެވެ. އަދި ބޮޑެތި މީހުންނަށް ޚާއްޞަ ރަށުގައި ހުންނާނީ ޕްލެޓިނަމް ބީޗް ބަންގަލޯ ކަމަށް ހަކުރާ ހުރާ އިން ބުނެއެވެ. އެރަށުގައި 20 ޕްލެޓިނަމް ބީޗް ބަންގަލޯ ހުންނާނެކަމަށް ހަކުރާއިން ބުނެއެވެ. މި ބަންގަލޯ ތައް ޚާއްސަކުރެވިފައިވަނީ ދެމީހުންނަށާއި ގްރޫޕު ހަދައިގެން ރިސޯޓަށް ޗުއްޓީ ހޭދަކޮށްލަން އަންނަ ފަރާތްތަކަށްކަމަށްވެސް ހަކުރާއިން ބުނެއެވެ. މި ބަންގަލޯތައް ޚާއްސަކުރެވިފައިވަނީ 18 އަހަރުން މަތީގެ ބޮޑެތި މީހުންނަށެވެ. އަދި މިރަށުގައި ހުންނަ ޕޫލް އާއި ރެސްޓޯރެންޓަކީ ހަމައެކަނި ޕްލެޓިނަމް ބީޗް ބަންގަލޯ ގައި ތިބޭ ގެސްޓުންނަށް ޚާއްސަ ތަންތަންކަމަށް ހަކުރާއިން ބުނެއެވެ.

މީގެއިތުރުން މައި ރަށުގައި ތިން ރެސްޓޯރެންޓެއް، ކޮންމެ ރެސްޓޯރެންޓަކަށް ވަކި ޚާއްޞަ މެނޫތަކަކާއެކު ހުންނާނެ ކަމަށް ހަކުރާއިން ބުނެއެވެ.

ސިނަމަން ހަކުރާ ހުރާ އަކީ ސްރީލަންކާގެ ޖޯން ކީލްސް އިން ރާއްޖޭގައި ހިންގަމުން އަންނަ ހަތަރު ރިސޯޓުގެ ތެރެއިން އެއް ރިސޯޓެވެ. ދެން މިކުންފުނިން ރާއްޖޭގައި ހިންގަނީ ސިނަމަން ދޮންވެލި މޯލްޑިވްސް އާއި އެއްލައިދޫ މޯލްޑިވްސް ބައި ސިނަމަން އަދި ދާދިފަހުން ހުޅުވި ސިނަމަން ވިލުފުށި މޯލްޑިވްސް އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
29 މާރިޗު 2017

ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި

29 މާރިޗު 2017
 ޔޫރަޕްގެ ހައުސްހޯލްޑް ޕްރޮޑަކްޓްތަކާއެކު "ނަމްސް" ގެ އާ ފިހާރައެއް ހުޅުވައިފި
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
13 ޖެނުއަރީ 2017

މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި

13 ޖެނުއަރީ 2017
މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް