Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އެމެރިކާގެ ނޭވީގަ ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފި

21 ޑިސެމްބަރު 2019 | ހޮނިހިރު 07:41

ޓިކް ޓޮކް ބޭނުންކުރުން މަނާކުރީ ސައިބަރ ސެކިޔުރިޓީ އަށް ނުރައްކާވާ ކަމަށް ބުނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ޑިސެމްބަރު 2019 | ހޮނިހިރު 07:41
ސްމާޓް ފޯނެއްގައި ޓިކް ޓޮކް ލޯގާ އާއެކު އެމެރިކާގެ ދިދަ

ސްމާޓް ފޯނެއްގައި ޓިކް ޓޮކް ލޯގާ އާއެކު އެމެރިކާގެ ދިދަ

އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގަ ބޭނުންކުރުމަށް އެޤައުމުގެ ސަރުކާރުން ދޫކޮށްފައިވާ މޯބައިލް ފޯނުތަކުން ސޯޝަލް މީޑިޔާގެ މަޝްހޫރު އެޕްލިކޭޝަން ޓިކް ޓޮކް ބޭނުންކުރުން މަނާކޮށްފި އެވެ.

ޓިކް ޓޮކް ބޭނުންކުރުން މަނާކުރީ ސައިބަރ ސެކިޔުރިޓީ އަށް ނުރައްކާވާ ކަމަށް ބުނެއެވެ. ނިމިގެންދިޔަ ހަފުތާގެ އަންގާރަ ދުވަހު އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނޭވީގައި ބޭނުންކުރުމަށް ސަރުކާރުން ދޫކޮށްފައިވާ މޯބައިލް ފޯނުތަކުން ޓިކް ޓޮކް ރިމޫވް ނުކޮށްފިނަމަ، އެ ފޯނު ބޭނުންކުރާ މީހުން ނޭވީ މެރިންގެ އިންޓްރާނެޓުން ބްލޮކްކޮށްލާނެ ކަމަށެވެ.

މި އެޕްލިކޭޝަނުން ދިމާވަނީ ކިހާ ވަރެއްގެ ނުރައްކަލެއް ކަމެއް ނޭވީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން ގެ ސްޕޯކްސްމަން ލެފްޓިނެންޓް ކާނަލް އޫރިއާ އޯރލެންޑް ވިދާޅުވެފައިވަނީ، މިއީ މިހާރު ފެންމަތިވެފައިވާ އަދި ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ވުމަށް ނިންމި ނިންމުމެއް ކަމަށެވެ.

މިކަމާ ގުޅިގެން އަދި މިހާތަނަށް ޓިކްޓޮކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ޓިކް ޓޮކް އަކީ އެމެރިކާގެ ފުރާވަރުގެ ކުދިންގެ މެދުގައި މަޤުބޫލު އެޕްލިކޭޝަނެކެވެ. ނަމަވެސް އެ އެޕްލިކޭޝަނާ ގުޅޭގޮތުން އިތުރަށް ދިރާސާކުރުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ވަނީ ފަށާފައެވެ. މިދިޔަ މަހު އެމެރިކާގެ އާމީ ކެޑޭޓް ކޯރްޕްސްގަ ވެސް ޓިކްޓޮކް ބޭނުން ނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އެއީ ސެނެޓާ ޗަކް އާރމީގައި ޓިކް ޓޮކް ބޭނުންކުރުމަކީ ސަލާމަތީގޮތުން ކަންބޮޑުވާ ކަމެއްކަމަށް ބުނުމުންނެވެ.

ނޭވީ ގެ ސްޕޯކްސް ޕާރސަން ބުނީ ނޭވީ އަދި މެރިން ގައި ސަރުކާރުން ދޫކޮށްފައިވާ މޯބައިލް ފޯނުތައް ބޭނުންކުރާ މީހުންނަށް ސޯޝަލް މީޑިޔާގެ މަޝްހޫރު އެޕްލިކޭޝަންތައް ބޭނުންކުރުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. ނަމަވެސް ދިމާވެދާނެ ސެކިޔުރިޓީ މައްސަލަތަކަށް ބަލާ ބައެއް އެޕްލިކޭޝަން ބޭނުންކުރުން މަނާކުރާ ކަމަށް އޭނާ ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
29 ޖެނުއަރީ 2017

އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި

29 ޖެނުއަރީ 2017
އެމެރިކާ ރައްޔިތުން އީރާނަށް ވަނުން މަނާކޮށްފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް