Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމް

ރ.މަޑުއްވަރީ: ވެކްސިން ދިނުމަށް އިންކާރުކުރި އާއިލާއަތުން ކުއްޖާ އަތުލައިފި!

20 ޑިސެމްބަރު 2019 | ހުކުރު 15:38

އަތުލާފައިވަނީ އަންހެން ކުއްޖެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 20 ޑިސެމްބަރު 2019 | ހުކުރު 15:38
މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން

މަޑުއްވަރީގައި ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން

ރ. މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަންގައި ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު އައިލާއަތުން ނަގައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިން ކިޔަވަން ފޮނުވުމާއި ވެކްސިން ދިނުމަށް އިންކާރު ކުރި އާއިލާއަކަށް ފުލުހުންގެ ހާޒިރުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝިއަލް ސަރވިސަސްގެ ފަރާތުން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަމަށް އިންކާރުކުރި އާއިލާއަކަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖަކު 20 ޑިސެމްބަރު 2019 ވަނަ ދުވަހު ފުލުހުންގެ އެހީތެރިކަމާއެކު މައިންބަފައިންގެ އަތުން ކުއްޖާ ނެގުމަށްފަހު ކުއްޖާގެ ބޮޑުދައިތައަށް ކުއްޖާ ހަވާލުކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ، ބޮޑު ދައިތައާއި ހަވާލުކުރެވުނު އަންހެން ކުއްޖާއަކީ ހުކުރު ދުވަހު ފުލުހުން ބަލައި ފާސްކުރި ގެތަކުގެ ތެރެއިން، މަޑުއްވަރީ ދެކުނު ސަރަހައްދުގައި ހުންނަ ގެއެއްގެ ކުއްޖެއްކަމަށެވެ. އެފަރާތުން ވަނީ ބޮޑުދައިތައާއި ހަވާލުކުރެވުނު ކުއްޖާއަކީ ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވުނު 13 އަހަރު ކުއްޖާ ނޫންކަން ކަށަވަރުކޮށްދީފައެވެ. ރާއްޖެއެމްވީއިން ކުރި މަސައްކަތުން ފުލުހުންގެ އިތުރުން ޖެންޑަރ މިނިސްޓްރީންވެސް މިކަމާއި ބެހޭ އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހު ފުލުހުން ވަނީ ކުޑަ ކުދިންނަށް ވެކްސިން ދިނުމަށް ދެކޮޅު ހަދަމުން ދިޔަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، ޖެންޑަރ މިނިސްޓްރީގެ ފަރާތުން އެމީހުންނަށް ނަސޭހަތްތެރިވި ކަމަށް ބުނެފައެވެ، .ފުލުހުން ބުނީ އެގޭ ކުޑަކުދިންނަށް ވެކްސިން ދޭން އެކުދިންގެ ބެލެނިވެރިން އެއްބަސްވުމުން ތިން އަހަރު ދަށުގެ ކުޑަ ކުދިންނަށް މިހާރު ވެކްސިން ދީފައިވާ ކަމަށެވެ. ފުލުހުން ބުނީ ވެކްސިން ދީފައިވަނީ ތިން ކުދިންނަށް ކަމަށެވެ. އެއީ ހަތަރު އަހަރުގެ ފިރިހެން ކުއްޖަކާއި، ދެއަހަރުގެ ފިރިހެއް ކުއްޖެއްގެ އިތުރުން އެއް މަހުގެ އަންހެން ކުއްޖަކަށް ކަމަށެވެ.

މިއީ މިހާރު ފުލުހުން ހަރުކަށި ފިކުރު ގަބޫލުކުރާ މީހުން ހޯދުމަށް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގާ އޮޕަރޭޝަންގެ ތެރެއިން، ފެންމަތިވީ މައްސަލައެކެވެ. މިއޮޕަރޭޝަން ގައި މިހާރު ވަނީ 3 މީހަކު ހައްޔަރުކޮށް އެމީހުންގެ ބަންދަށް 10 ދުވަސް ޖަހާފައެވެ. މިއޮޕަރޭޝަންގައި ލިބިފައި ހުރި މައުލޫމާތުގެ އަލީގަ ކުޑަ ކުދިންނަށް ވެކްސިން ދިނުމާއި ތައުލީމުން މަހުރޫމް ކުރެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިއީ އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މަޑުއްވަރީގައި ފުލުހުން ހިންގާ "އައްސޭރި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ވަނީ 13 އަހަރުގެ އަންހެން ކުއްޖަކު ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް