Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ތޮއްޑޫއަށް އިހުމާލުވެފައި: ޒިންމާނަގަނީ ކާކު؟

ދަނޑުތަކުގައި ހައްދާ ތަކެތި މާރކެޓް ކުރެވޭނެ ގޮތެއް ނެތް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 23 އޯގަސްޓު 2018 | ބުރާސްފަތި 13:37
ތޮއްޑޫގެ ބައެއް ރައްޔިތުން އެ ރަށުގެ ކަރާ ދަނޑެއްގައި މަޑުކޮށްލައިގެން

ތޮއްޑޫގެ ބައެއް ރައްޔިތުން އެ ރަށުގެ ކަރާ ދަނޑެއްގައި މަޑުކޮށްލައިގެން

އެއީ މުޅި ރާއްޖެއަށް މަޝްހޫރު ތޮއްޑޫއެވެ. ތޮއްޑޫގެ ނަން އަޑުއިވުމާއި އެކު ހިޔާލަށް އަންނަނީ "ތޮއްޑޫ ކަރާ" ގެ ވާހަކައެވެ. އާބާދީގައި 2000 އެއްހާ މީހުން ދިރިއުޅޭ ތޮއްޑޫގެ ގިނަ ރައްޔިތުން ނަފާ ހޯދަނީ ގެސްޓް ހައުސްގް ވިޔަފާރީންނާއި ދަނޑުވެރިކަމުންނެވެ. އާންމު ދަނީ ހޯދުމަށް ބައެއް ރައްޔިތުން މަސްވެރިކަން ކުރާއިރު، މިއިން ކޮންމެ މަސައްކަތެއް ވެސް އެދެވޭ ގޮތުގައި ކުރެވެން އޮތީ ރަށުގެ ތަރައްގީގެ މަސައްކަތްތަށް ކުރިއަށް ގޮސްގެނެވެ. ވީރާނާ ވަމުންދާ އެރަށުގެ ބަނދަރަކީ މަސްވެރިންގެ ކަންބޮޑުވުމެކެވެ. ރަށުގެ ކުނީގެ މައްސަލައާއި، މަގުތަކުގެ މައްސަލަކީ އެރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރާ މީހުންގެ ކަންބޮޑުވުމެކެވެ. ދަނޑުވެރިކަން ކުރާ މީހުންގެ ކަންބޮޑުވުމަކީ ހައްދާ ތަކެތި މާރކެޓް ކުރެވޭނެ ގޮތެއް ނެތުމެވެ. ނަން މަޝްހޫރު ތޮއްޑޫގެ ކޮންމެ ރައްޔިތެއްގެ އެތަކެއް ކަންބޮޑުވުންތަކެއް އަބަހުއްޓެވެ.

ތޮއްޑޫ ކައުންސިލް މެމްބަރ އައިޝަތު އާދަމް ވިދާޅުވީ މަސައްކަތްތެރި ރައްޔިތުން ތަކެއް ދިރިއުޅޭ ތޮއްޑޫއަށް ރައީސް ޔާމީންގެ ސަރުކާރުން އިހުމާލްވެފައިވާ ކަމަށެވެ. އެރަށުގެ ތަރައްގީއަށް އެދެވޭ މަސައްކަތަކެއް ކުރެވިފައި ނެތްކަން އޭނާ ވެސް ފާހަގަކުރެއެވެ.

ތޮއްޑޫ ކައުންސިލް މެމްބަރު އައިޝާ ރާއްޖެޓީވީއަށް މައުލޫމާތު ދެނީ

ރަށުގެ މަގުތަކުގެ މައްސަލަ

ތޮއްޑޫގެ މަގުތަކުގައި ތާރު އަޅާ ފައިނުވާތީ އެރަށުގެ ރައްޔިތުން ކަންބޮޑުވުމެއް ފާޅެއް ނުކުރެއެވެ. އެމީހުންގެ ކަންބޮޑުމަކީ އަޑިގުޑަން މަގުތަކުގައި ވާރޭވެހޭ ކޮންމެ ފަހަރަކު ހިނގާ ބިނގާވެ އުޅެން ދަތިވުމެވެ. މިއީ އެންމެ ކުޑަ ކުއްޖާއިން ފެށިގެން ރަށުގެ އެންމެ އުމުރުން ދުވަސްވީ މީހާގެ ވެސް ކަންބޮޑުވުމެކެވެ. މިކަމުގެ ސަބަބުން އެރަށުގައި ހުރި 32 ގެސްޓް ހައުސްއަށް އަސަރުކުރެއެވެ. ގެސްޓުންނަން މަގުމަތިން ހިނގާލެވެން ނެތުމުންނެވެ.

ތޮއްޑޫގައި ގެސްޓް ހައުސް ވިޔަފާރި ކުރާ އަހުމަދު ކަރަމް ބުނި ގޮތުގައި ކޮންމެ އަހަރެއްގެ ގުރީން ޓެކްސްގެ ގޮތުގައި އެތައް ހާސް ރުފިޔާއެއް ކޮންމެ ގެސްޓު ހައުސްއަކުން ސަރުކާރަށް ދައްކާއިރު، ރަށުގެ ތަރައްގީއަށް މަސައްކަތް ނުކުރާތީ ހިތާމަކުރެއެވެ. ރަށު ފެންވަރުގައި ހުރި މައްސަލަތަކުގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށް އަސަރުކުރާކަން ފާހަގަކޮށް ބުނީ ތޮއްޑޫގެ ގެސްޓް ހައުސްތަކުން ނަގާ ޓެކްސްއިން ލިބޭ ފައިސާގެ ބައެއް ނަމަ ވެސް ކައުންސިލަށް ލިބޭގޮތް ވެގެންނޫނީ އެދެވޭ ހައްލެއް ނާންނާނެ ކަމަށެވެ.

ތޮއްޑޫ އަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއް، ޖުމްލަ 32 ގެސްޓް ހައުސް ހުރޭ

"މި ރަށުގައި މިއަދާ ހަމައަށް 4000 އަށް ވުރެ ގިނަ އެނދު އެބަހުރި، މިދިޔަ އަހަރުގެ ތަފާތު ހިސާބު ބެލިއިރު، ހުޅުމާލެ މާފުށި ނަގާފަ އެންމެ ގިނައިން ޓެކްސް ދައްކާފަ އޮތީ ތޮއްޑޫން ކަމަށްވާއިރު، މި ކޮޅުގެ އެއްވެސް ކަމަކަށް އެއްވެސް ހައްލެއް އެއްވެސް ގޮތަކަށް ލިބިފައެއް ނެތޭ، ޓެކްސްގެ ގޮތުގައި ނެގިފީއާއި އެކީ" ގެސްޓް ހައުސް ވިޔަފާރި ކުރާ ކަރަމް ބުންޏެވެ.
"ރަށުގެ މަގުތަކުގައި ފެންބޮޑުވީމަ މި ހިނގަން ޖެހެނީ ކަކުލާ ހަމައަށް ހެދުން ނަގައިގެން، އިސްޓާކީނަށް އަރާ ހުންނަ މީހަކު އިސްޓާކީން ބާލާ، މިކަހަލަ ގޮތް ގޮތަށް މި ހިނގަނީ، ސައިކަލެއްގައި ދާމީހެއް ވެއްޖެއްޔާ ކައްސާ ލައިގެން ވެއްޓި ތަންތަން މަށާއިގެން ވެސް ދޭ" އެރަށުން ވާހަކަ ދެއްކި އަންހެނަކު ބުންޏެވެ.

ތޮއްޑޫ ކައުންސިލްގެ މެމްބަރު އައިޝަތު އާދަމް ވިދާޅުވީ މަގުތަކުގެ މައްސަލަ ހައްލުކުރަން ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށެވެ. މަގުތަކުގެ މައްސަލާގައި ހައުސިންގ މިނިސްޓްރީއަށް ދަންނަވައިގެން ވެސް ލިބޭ ޖަވާބަކީ ބަޖެޓްގައި ނެތް ކަމެއް ކުރެވެން ނެތް ކަމަށެވެ.

ތޮއްޑޫގެ ގިނަ މަގުތަކުގައި ވާރޭވެހުމާއި އެކު ފެންބޮޑުވޭ

ދަނޑުތަކުގައި ހައްދާ ތަކެތި މާކެޓްކުރަން މަސައްކަތެއް ނުކުރޭ

ތޮއްޑޫގެ ކޮންމެ އާއިލާއެއްގައި ދަނޑުވެރިއެއް ހުރެއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރާއްޖެއަށް ތޮއްޑޫގައި ހައްދާ ކަރާ މަޝްހޫރު ނަމަވެސް، އެރަށުގައި ހައްދަނީ ކަރާ އެކަންޏެއް ނޫނެވެ. ފަޅޯ ، ބަރަބޯ ޗައިނީސް ޗިޗަންޑާ، ބަށި ، މިރުސް ދެން މިހެން ކިޔާނެ ކަމެއް ނެތެވެ. މިއިން އެއްޗެއް ހައްދާ ދަނޑެއް ފެނިއްޖެ މީހާ ކޮސްވާނެއެވެ. އެހެން ނަމަވެސް އެތަކެތި އެކަށީގެންވާ ގޮތަކަށް މާރކެޓް ކުރަން ސަރުކާރުން މަސައްކަތެއް ނުކުރެއެވެ. ދަނޑުވެރިން އަމިއްލައަށް ހައްދާ ތަކެތި މާލެ ގެނެސްގެން ވިއްކައެވެ. އަދި ރިސޯޓްތަކަށް ސަޕްލައި ކުރެއެވެ.

ތޮއްޑޫގެ ފަޅޯއް ދަނޑެއް، އެރަށުގެ ގިނަ ރައްޔިތުން އާންމުދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ދަނޑުވެރިކަން

"މިހާރު ކުރާ ގޮތަށް ކުރާނަމަ ކަނޑު ދަތުރު ފަތުރުގެ ދަތިކަން ހުރޭ، މާލެ ގެންގޮސްގެން އެންމެން ކަހަލަ ގޮތަކަށް ވިއްކާނީ، ސަރުކާރުން ތޮއްޑޫ ރައްޔިތުން ހައްދާ ތަކެތި ވިއްކާނެ ފަސޭހަ ގޮތްތަކެއް ރާވަން ޖެހޭ" ތޮއްޑޫ ރައްޔިތަކު ބުންޏެވެ.

ރާއްޖޭގެ އެއް ރަށަކަށް އެންމެ ދަނޑުވެރިން ގިނަ ރަށަކަށް ތޮއްޑޫވާއިރު، އެރަށުގެ އެއްވެސް ދަނޑުވެރިއަކަށް ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްޓަކައި ކޮންމެ ދަނޑުވެރިއަކަށް މަހަކު ދޭން ވައުދުވި 8000 ރުފިޔާ ނުލިބޭކަން ފާހަގަ ކޮށްލެވެއެވެ.

މިއީ ތޮއްޑޫގެ ރައްޔިތުންގެ ކަންބޮޑުވުމުންތަކެވެ. ރަށުގެ ތަރައްގީއަށް ފެންބޮވައިގެންފައިވާ ރައްޔިތުންގެ ތަކެއް ދިރިއުޅޭ ތޮއްޑޫއަށް ރައީސް ޔާމީންގެ ސަރުކާރުން އިހްމާލެވެފައިވާ ކަމުގެ ތުހުމަތު އިނގިލި ރައްޔިތުން ދަނީ ދިއްކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރުން ގަވާއިދަށް ފައްތާނީ ކާކު؟

މެމްބަރުން ގަވާއިދަށް ފައްތާނީ ކާކު؟

02 މެއި 2019
އިދިކޮޅު ލީޑަރަކަށް ކާކު؟

އިދިކޮޅު ލީޑަރަކަށް ކާކު؟

20 އެޕްރީލު 2019
ޝާހިދު ސަރުކާރަށް، ދެން ކާކު؟

ޝާހިދު ސަރުކާރަށް، ދެން ކާކު؟

02 ނޮވެމްބަރު 2018
ޖަމާލް ޚަޝޯގީ އަކީ ކާކު؟

ޖަމާލް ޚަޝޯގީ އަކީ ކާކު؟

17 އޮކްޓޯބަރު 2018
ރައްޔިތުންގެ ބައިތުލްމާލު \'ދަވާލީ\' ކާކުކަން އެންމެންނަށް ވެސް އެނގޭ!

ރައްޔިތުންގެ ބައިތުލްމާލު \'ދަވާލީ\' ކާކުކަން އެންމެންނަށް ވެސް އެނގޭ!

24 ޖުލައި 2018

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު