Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނަސަންދުރަ މައްސަލަ

ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

ނަސަންދުރަ ބިމާ ގުޅިގެން ނިންމުންތައް ނިންމާފައި ވަނީ އިކޮނޮމިކް ކައުންސިލުން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 11 އެޕްރީލު 2018 | ބުދަ 11:35
އެންޕީއެޗް ކުންފުނިން ނަސަންދުރަ ހުރި ބިމުގައި ކުރަމުންދާ އިމާރާތް

އެންޕީއެޗް ކުންފުނިން ނަސަންދުރަ ހުރި ބިމުގައި ކުރަމުންދާ އިމާރާތް

ކުރީގެ ނާއިބުރައީސް އަޙުމަދު އަދީބުގެ ބޭސްފަރުވާއަށް ހުރަސްއެޅުމަށް މިހާތަނަށް ސަރުކާރުން ދައްކަމުން ދިޔަ ބަހަނާއަކީ ސަރުކާރަށް އަދީބު ދައްކަވަންޖެހޭ ފައިސާތަކެއް އޮތް ވާހަކައެވެ. އެ ފައިސާ މިލިއަނުން އަދަދު ކުރެވޭ ވާހަކައެވެ. ނަމަވެސް މި މައްސަލައިގައި އަދީބުގެ އާއިލާ އާއި ވަކީލުންގެ އިތުރުން ޤާނޫނީ ދާއިރާގެ އެހެން ފަރާތްތަކުން ވެސް ފާހަގަކުރަމުންދިޔައީ ސަރުކާރަށް އަދީބު ފައިސާއެއް ދައްކަން ޖެހޭ ކަމަށް ރާއްޖޭގެ އެއްވެސް ކޯޓަކުން ނިންމާފައި ނުވާކަމެވެ.

ރައީސް މައުމޫންގެ ސަރުކާރުގެ ފަހު ދުވަސްތަކުގައި ނަސަންދުރަ ހުރި ބިމުގައި ޕާކަކާއި، ބައެއް އެހެން ޚިދުމަތްތައް ގާއިމް ކުރުމަށް އެތަން ބަންދުކުރި ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުގައި ނަސަންދުރަ ޕެލެސް ހޮޓެލް އަލުން ހިންގަން ނިންމައި، އަށް އަހަރުދުވަހުގެ މުއްދަތަށް އެތަން ހިންގުން ގެލެކްސީ އެންޓަޕްރައިސަސް ކިޔާ ކުންފުންޏަކާ ހަވާލުކުރިއެވެ. ގެލެކްސީ އެންޓަޕްރައިސަސްއަކީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަން ބޭފުޅެއް ކަމަށްވާ މުޙައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ހިއްސާ އޭރު އޮތް ކުންފުންޏެކެވެ. ޕީޕީއެމްގެ ކެމްޕެއިން ޖަގަހައެއްގެ ގޮތުގައި ނަސަންދުރަ ބޭނުންކުރީ އެއްލައިދޫ މަނިކުގެ ހިއްސާ އޮންނަ ކުންފުނިން އެތަން ހިންގިއިރުއެވެ.

އެ ކުންފުނިން ނަސަންދުރަ ހިންގަމުންދަނިކޮށް، ޕީޕީއެމްގެ ސަރުކާރު އުފެދި، އަމިއްލަފުޅަށް ކޯޗެއާ ކުރައްވާ ގޮތަށް ރައީސް ޔާމީން އުފެއްދެވި އިކޮނޮމިކް ކައުންސިލުން ނަސަންދުރަ ހުރި ބިމާއި، ނަސަންދުރައިގެ ފުރަގަހުން އެ ކޮށީގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގަމުންދިޔަ ހ. އޯކިޑް ލޮޖްގެ ބިން ވެސް ހިމެނޭ ގޮތަށް ސަރުކާރަށް ނަގަން ނިންމިއެވެ. މި ނިންމުން ތަންފީޒުކުރުމުގެ ގޮތުން 2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހު ޓުއަރިޒަމް މިނިސްޓްރީ އިން ގެލެކްސީ އެންޓަޕްރައިސަސްއާ އެކު ވެފައި އޮތް އެއްބަސްވުން އުވައިލިއެވެ. އަދި ހަމަ އެދުވަހު ނަސަންދުރަ ހުރި ބިމާއި، އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގަމުންދިޔަ ހ. އޯކިޑް ލޮޖް ހުރި ބިން އެކުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް ދިނުމަށް ނިންމައި، އެ އެއްބަސްވުމުގައި ޓުއަރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އިން ސޮއިކުރިއެވެ.

އެ ބިން އެމްއެމްޕީއާރްސީއާ ހަވާލުކުރުމުން، ދެން އެ ބިން ދީފައި ވަނީ އެންޕީއެޗް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށެވެ. ބެލެވޭ ގޮތުގައި ނަސަންދުރަ ޕެލެސް ހޮޓެލްގެ ނަމަށް އިޝާރާތްވާ ގޮތަށް ނަން ކިޔައިގެން އުފައްދާފައިވާ މި ކުންފުންޏަކީ ސީދާ މި މަޝްރޫޢުއަށް އަމާޒުކޮށްގެން އުފައްދާފައިވާ ކުންފުންޏެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންޕީއެޗް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަކީ ވެސް މުޙައްމަދު މަނިކު (އެއްލައިދޫ މަނިކު) ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

މި މައްސަލައިގައި ދާދި ފަހުން އަދީބަށް އެޑްރެސްކޮށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، ނަސަންދުރަ ޕެލެސް ހޮޓެލް ހިންގުމަށް 2010 ވަނަ އަހަރު ގެލެކްސީ އެންޓަރޕްރައިސަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި އެއްބަސްވުން އުވާލައި، "ޓޫރިސްޓް ރިސޯޓް ކުއްޔަށް ދީފައިވާ މުއްދަތު އިތުރު ކުރުމަށް ފީ ނެގުމާ ބެހޭ ގަވައިދު" ގެ ދަށުން މުއްދަތު އިތުރުކުރުމަށް ފީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައުލަތަށް ނުހޯދައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ލީސްހޯލްޑް ރައިޓްސް ގަނެފައިވާ ފަރާތް ކަމަށްވާ އެންޕީއެޗް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް އަލުން 50 އަހަރުގެ އެއްބަސްވުމަކަށް ގޮސްފައިވާއިރު، އެ މުޢާމަލާތުން ދައުލަތަށް 74 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަން ފާހަގަކުރެވިފައި ވާކަމަށް ސިޓީގައި ބުނެއެވެ.

މި މުއާމަލާތުން ލިބިފައިވާ ގެއްލުމަކީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި އަދީބު ހުންނަވައިގެން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކޮށްފައި ވާތީ ލިބިފައިވާ ގެއްލުމެއްކަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ރިޕޯޓުން އެނގޭ ކަމަށް މި ސިޓީގައި ވަނީ ބުނެފައިވެއެވެ. އެހެން ކަމުން މި ފައިސާއަކީ އަދީބު ޒިންމާވާންޖެހޭ ފައިސާއެއް ކަމަށް ބަލައި މާލިއްޔަތު ގާނޫނުގެ 47 ވަނަ މާއްދާއަށް ރިޔާއަތްކޮށް 48 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް، އެ ފައިސާއަކީ ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ސިޓީގައިވެއެވެ.

ފިނޭންސް މިނިސްޓްރީ އިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، މި ނިންމުމާ ގުޅިގެން އުފެދޭ އެތައް ސުވާލެއް އެބަ ހުއްޓެވެ.

އެގޮތުން އެންޕީއެޗް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެކު އެމްއެމްޕީއާރްސީ އިން ވި އެއްބަސްވުމުގައި އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ސަރުކާރަށް އެއްވެސް އަދަދަކަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރަށް އެ މުޢާމަލާތުން ލިބޭނީ ސީއެސްއާރްގެ ދަށުން ލިބޭ ފައިދާތަކެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެއްބަސްވުމުގައި މިފަދައިން ބަޔާންކޮށްފައި ވުމުން، އެކުއިޒިޝަން ފީއެއް ނުނަގަން ނިންމީ އެހެން އެއްބަސްވުމެއްގެ ދަށުން ކަން ދޭހަވާއިރު، މި މައްސަލައާ ގުޅޭ ގޮތުން އެމްއެމްޕީއާރްސީގެ 2016 ވަނަ އަހަރުގެ ޚާއްސަ އޯޑިޓް ރިޕޯޓްގައި ވެސް ބަޔާންކޮށްފައި ވަނީ ސީއެސްއާރްގެ ދަށުން އަމަލުކުރާނެ ގޮތުގެ ތަފްޞީލު ނެތް ވާހަކައެވެ.

މި ހާލަތަށް ބަލާއިރު މިވަގުތު އަދީބުގެ ފަރާތުން ފައިސާ ހޯދުމުގެ ބަދަލުގައި ހަޤީޤަތުގައި ސަރުކާރުން ކުރަންޖެހޭނެ ކަމަކީ އެމްއެމްޕީއާރްސީ އާއި އެންޕީއެޗް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުން އިސްލާޙުކުރުން ކަމަށް ޤަބޫލުކުރެވެއެވެ. އަދި އެ އެއްބަސްވުމުގައި ސަރުކާރަށް ގެއްލުންވާ ގޮތަށް އޮތް ބައި ބަދަލުކޮށް، ސަރުކާރަށް ލިބެންޖެހޭ 74 މިލިއަން ރުފިޔާ އެ ކުންފުނިން ހޯދުމަކީ ސަރުކާރަށް އެންމެ ފައިދާވާނެ ގޮތެވެ.

މި މައްސަލައިގައި ދެން ސުވާލު އުފެދެނީ މި މައްސަލައިގައި ހަމައެކަނި އަދީބު ޒިންމާ ނަންގަވަން ޖެހޭ ސަބަބާ މެދުއެވެ. ފިނޭންސްގެ ސިޓީގައި ބުނެފައިވާ ގޮތުން މި މައްސަލައިގައި އަދީބް ޒިންމާ ނަންގަވަންޖެހެނީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި އަދީބު ހުންނަވައިގެން ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލުކޮށްފައި ވާތީ ލިބިފައިވާ ގެއްލުމެއް ކަމުންނެވެ.

މައްސަލައިގެ ހަޤީޤަތަށް ބަލާއިރު، ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަދީބު ކުރެއްވި ކަމަކީ އިކޮނޮމިކް ކައުންސިލުން ނިންމި ނިންމުމެއް ތަންފީޒު ކުރުމެވެ. މިކަމުގައި ދައުލަތަށް ގެއްލުމެއް ލިބިގެން ޒިންމާ ނަގަންޖެހޭ ނަމަ، މުޅި އިކޮނޮމިކް ކައުންސިލުން މިކަމުގައި ޒިންމާ ނަގަންޖެހޭނެއެވެ. އިކޮނޮމިކް ކައުންސިލްގެ ކޯޗެއާކަމުގެ މަޤާމުގައި އަދީބް އިންނެވުމަކީ ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި މި މައްސަލައިގައި އަދީބް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ސަބަބެވެ.

ކަން އެހެން އޮތް ނަމަ ފިނޭންސުން މިވަގުތު ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ އިކޮނޮމިކް ކައުންސިލްގެ އަނެއް ކޯޗެއާ ކަމުގައިވާ ރައީސް ޔާމީން ވެސް 74 މިލިއަނުން ޖޫރިމަނާކޮށް، އެންޕީއެޗް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ އެއްބަސްވުން އުވާލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

ދައުރު ނިމުމުގެ ކުރިން އަދީބު މަރާލަނީތަ؟

05 ޖެނުއަރީ 2018
ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

ރޮހިންޖާ މުސްލިމުންގެ މައްސަލައިގައި އަދި އަޑުއިވެނީ ހުސްވާހަކަ!

03 އޮކްޓޯބަރު 2017
އަދީބުގެ އާއިލާގެ ރުޅި މަޑު!

އަދީބުގެ އާއިލާގެ ރުޅި މަޑު!

26 ސެޕްޓެމްބަރު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު