Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުލުހުން ޒިންމާދާރުވުން

ގުޑް މޯނިން ޓްވީޓް ކުރިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ!

ގިނަ ބަޔަކު އަންނަނީ ފުލުހުންގެ މި ޓްވީޓްތަކަށް ފާޑުކިޔަމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 18 ޖެނުއަރީ 2018 | ބުރާސްފަތި 09:46
ފުލުހުންގެ ޒިންމާ ފުރިހަމަޔަށް އަދާނުކުރާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ

ފުލުހުންގެ ޒިންމާ ފުރިހަމަޔަށް އަދާނުކުރާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރޭ

ކޮންމެ ދުވަހަކު ވެސް ހެދުނު ތެދުވުމަށް ފަހު އަޅުގަނޑު އެންމެ ފުރަތަމަ ކުރާ ކަމަކީ ފޯނު ނެގުމަށް ފަހު އެންމެ ފަހުން ހިނގާފައިވާ ކަންކަން ބަލާލުމެވެ. ރައްޓެހިން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްތަކާއި ކޮމެންޓްތަކާއި އިންސްޓަގްރަމްއަށް ލާފައިވާ ފޮޓޯތަކާއި ފޮނުވާފައިވާ ސްނެޕްތަކެވެ. ޚަބަރު ހޯދައިގަތުމަށް އެންމެ ފަސޭހަ ޕްލެޓްފޯމަކީ ޓްވިޓަރ ކަމަށް ވުމާ އެކު އެންމެ ފުރަތަމަ އަބަދުވެސް ބަލާލެވެނީ އެންމެ ފަހުގެ ޓްވީޓުތަކަށެވެ.

ހަފްތާއެއްހާ ދުވަސްވަނީއެވެ. ރާއްޖޭގެ ފުލުހުންގެ ވެރިފައިޑް އެކައުންޓުން ކޮންމެ ދުވަހަކު ވެސް ގުޑް މޯނިން ޓްވީޓެއް ކުރެއެވެ. މި ޓްވީޓުތަކާ އެކު ފުލުހުންގެ ހިދުމަތުގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް އެޓޭޗް ކުރެވިފައިވެއެވެ. އެތަކެއް ލައިކްތަކެއް މި ޓްވީޓްތަކަށް ކޮންމެ ދުވަހަކު ވެސް ލިބިފައި ހުރެއެވެ. ކަންވާނީ ވެސް އެހެންތާއެވެ. ފުލުހުންނަކީ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބޭ ބަޔެކެވެ.

މި ޓްވީޓްތަކަށް އަޅުގަނޑު މާ ބޮޑު ސަމާލުކަމެއް ނުދެމެވެ. އެހެން ނަމަވެސް ދުވަހެއް ދުވަހަކަށް މި ޓްވީޓްތަކަށް ލިބެމުން އަންނަ ރިޕްލައިތައް އިތުރުވަމުންދިޔުމާ އެކު މިވާ ގޮތް ބަލާލާ ނަމޭ ހިތަށް އެރިއެވެ. މި ރިޕްލައިތަކުން އަޅުގަނޑަށް ފެނިގެންދިޔައީ ފުލުހުންނާ މެދު ގިނަ ދިވެހިން މިހާރު ދެކޭ ގޮތެވެ. ފުލުހުންގެ މުއައްސަސާއަށް އެ މުއައްސަސާގެ ޒިންމާ އެންމެ ރަނގަޅަށް އަދާނުކުރެވޭ ކަމެވެ. ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކޮށްދެވޭ ކަމެވެ. ފުލުހުންގެ މަސައްކަތަކީ މިހާރު ވަކި ފަރާތަކަށް ބުރަވެފައިވާ މަސައްކަތެއް ކަމެވެ. ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލިފައިވާ ހިދުމަތެއް ކަމެވެ. މިގޮތަށް ރިޕްލައިތައް އައީ ވެސް ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުތާ ހަފަތާއެއް ނުވަނީސް މިހާރު ބެލެނިވެރިން އެތިބެނީ ދަރިވަރުން ސްކޫލަށް ފޮނުވަން ވެސް ބިރުންނެވެ. ސްކޫލުގެ އެތެރެއިންނާއި ބޭރުން ޖެހިޖެހިގެން ދެ ދުވަހަކު ސްކޫލް ދަރިވަރުންނަށް ހަމަލާ ދިނުމުން އަމިއްލަ ދަރިފުޅަށް އެ ހަމަލާ އަމާޒުނުވާނެކަމުގެ ޔަގީންކަން އޮންނާނީ ކާކަށްތޯއެވެ؟

މި ދެ ހަމަލާގެ ވެސް އެންމެ ހެއްވާ ކަމަކީ މި ދެ ހަމަލާ ވެސް ދީފައި ވަނީ ފުލުހުން އާންމު ގޮތެއްގައި ހަރަކާތްތެރިވާ ދެ ސްކޫލެއްގެ ކައިރީގައި ކަމަށް ވާތީއެވެ. ތާޖުއްދީން ސްކޫލާ އިންވެގެން އެހުރީ ފުލުހުންގެ މަރުކަޒެކެވެ. ދަރުމަވަންތަ ސްކޫލް ކުއްޖާއަށް ހަމަލާދިން އިރު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވިކަން އަޅުގަނޑުމެންނަށް އެނގިގެންދަނީ އެ ކުއްޖާއަށް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިނީ ވެސް ފުލުހަކަށްވާތީއެވެ. އަދި އެއީ ގްރީން ޒޯނެކެވެ.

ވާނެ ގޮތެއް ވެ ނިމިއްޖެއެވެ. ސްކޫލް ފެށޭ ގަޑިއާ ސްކޫލް ނިމޭ ގަޑީގައި ތޫނު އެއްޗަކުން ހަމަލާދިނަސް އަނިޔާ ނުލިބޭ ފަދަ ވެސްޓް އަޅައިގެން ފުލުހުން ހަރަކާތްތެރިވާން ޖެހުމުން އެކަމުން އަޅުގަނޑަށް ސާފު ވަނީ އެންމެ ކަމެކެވެ. ފުލުހުންނަކީ ޕްރޯ އެކްޓިވް ބައެއް ނޫން ކަމެވެ. ފުލުހުންނަކީ ރިއެކްޓިވް ބައެއް ކަމެވެ. މާނައަކީ ފުލުހުން ފިޔަވަޅު އަޅަނީ ކުށްކޮށް ނިމުމުން ކަމެވެ. ހަމަގައިމު ވެސް މާލެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ބޮޑެތި އޮޕަރޭޝަންތައް ހިންގޭ ނަމަ މިފަދައިން ކަންކަން ނުހިނގާނެއެވެ.

އެއްވެސް ހާލެއްގައި މިއީކީ ހަމައެކަނި ފުލުހުންގެ އިހުމާލުން ހިނގާފައިވާ މާރާމާރީތަކެއް ވެސް ނޫނެވެ. މި މާރާމާރީތައް ހިނގުމުގައި މައިންބަފައިންނާއި މުޖްތަމައު އާއި ހަމަ އެ ކުދިންގެ އިހުމާލެއް ވެސް އެބައޮތެވެ. އެހެން ނަމަވެސް އަޅުގަނޑުމެން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ތެދު ހަގީގަތަކީ ފުލުހުންގެ މުއައްސަސާއަކީ ދިވެހި ރައްޔިތުންގެ ފައިސާ އިން އެތަކެއް މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުށް މަދުކޮށް، ކުށް ހުއްޓުވުމަށް ހާއްސަ ކުރެވިފައިވާ މުއައްސަސާއެއް ކަމެވެ. އަޅުގަނޑުމެން ފަރުދުންގެ ޒިންމާއަކީ އެކަމުގައި ފުލުހުންނަށް އެއްބާރުލުން ދިނުމެވެ.

ދިވެހި ރައްޔިތުންގެ ފައިސާއިން ފުލުހުންގެ ކާރުތަކާއި ސައިކަލްތަކަށް ޕެޓްރޯލް އަޅައިދޭއިރު ފިނި ބުރު ޖަހަން ދުއްވުމަކީ ހައްލު ކަމުގައި ނުދެކެމެވެ. ދެ އިރު ދެ ދަޅައަށް އަތްވެއް ވާރެޔެއް ހޫނެއް ފިންޔެއް ބެލުމެއް ނެތި އެއްގަމު އުޅަނދުތަކުގައި ސްޓިކާ ޖަހަމުން ދުވުމަކީ ޒިންމާ އަދާކުރުން ހެއްޔެވެ؟ އިދިކޮޅު ސިޔާސީ ހަރަކާތެއް ހިންގާ ނަމަ އެކަން ހުއްޓުވުން އެއީ ޒިންމާ އަދާކުރެވުނީތޯއެވެ؟ ސަރުކާރާއި މެޑަމް ބައްވާ ހަފްލާތައް ފަޅުފިލުވައިދީ ސެކިއުރިޓީ ބެލެހެއްޓުމުން ޒިންމާ އަދާކުރެވުނީތޯއެވެ؟ ފޮޓޯ ނަގާފައި ކޮންމެ ގަޑިއިރަކުން ޓްވީޓު ކުރުމުން ޒިންމާ އަދާކުރެވުނީ ހެއްޔެވެ؟

ފުލުހުންގެ މުއައްސާސާއަކީ މަދަނީ މުއައްސާސާއެކެވެ. ފުލުހުންގެ ޒިންމާ އަދާކުރެވުނު ކަމަށް ރައްޔިތުން ބަލައިގަންނާނީ އެމީހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފުލުހުންނަށް ކަށަވަރު ކޮށްދެވިގެންނެވެ. ކޮންމެ ދުވަހަކު ހެދުނު ގުޑް މޯނިން ޓްވީޓް ކުރެއްވިޔަސް ޒިންމާ އަދާކުރެވުނީކީ ނޫނެވެ. ރައްޔިތުން ބޭނުން ވަނީ ގުޑް މޯނިން ޓްވީޓެއް ނޫނެވެ. ބޭނުންވަނީ ރައްޔިތު މީހާ ހޭލާ އިރު މާހައުލު އަމާންވެފައި އޮތުމެވެ. އާއިލާތަކުން ބޭނުން ވަނީ މޯނިން ކިޔައިގެން ހެނދުނު ގެއިން ބޭރަށް ދާ މީހުންނާއި ދަރިން އެ ސަލާމަތްތެރިކަމާ އެކު ގުޑް ނައިޓް ކިޔަން ވެސް ގެއަށް އާދެވޭނެ ފަދަ ރައްކާތެރި މާހައުލެއް ގާއިމުވެފައި އޮތުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ޓްރެކް ސަރަހައްދު ކުނިން ފުރިފަ، ޒިންމާ ނަގާނެ ފަރާތެއް ނެތް!

މުޅި ޓްރެކް ސަރަހައްދު ކުނިން ފުރިފަ، ޒިންމާ ނަގާނެ ފަރާތެއް ނެތް!

29 އެޕްރީލު 2018
ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

ނަސަންދުރަ މައްސަލައިގައި އަދީބު ނަގަންޖެހޭ ޒިންމާއެއް ރައީސް ޔާމީން ވެސް ނަގަންޖެހޭ

11 އެޕްރީލު 2018
ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.

ގާނޫނު އަސާސީ ބަދަލުކުރިޔަސް، އިލާހީ ގާނޫނަށް ބަދަލެއް ނުގެނެވޭނެއެވެ.

13 މާރިޗު 2018
ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް

ފުލުހުންނާއި ސިފައިން: ނަމުން ޒިންމާދާރު، ކަމުން ހަމައެއް ލަމައެއް ނެތް

12 ފެބުރުއަރީ 2018
އިންވެސްޓްމަންޓް ފޯރަމް: މޮޅުތަކެއްވާނެ ކަމަށް ހީކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު ފޯރަމެއް

އިންވެސްޓްމަންޓް ފޯރަމް: މޮޅުތަކެއްވާނެ ކަމަށް ހީކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު ފޯރަމެއް

14 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު