Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޚަޝޯގީގެ މަރު

ޚަޝޯގީގެ މަރު: ސަޢޫދީ ސަރުކާރާއި ދެކޮޅަށް ބޭނުންކުރެވޭ ސިޔާސީ ހަތިޔާރަކަށް؟

މައްސަލާގައި ސަޢޫދީ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވޭ

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2019 | ހޯމަ 11:04
ޖަމާލް ޚަޝޯގޯ ޕޯސްޓަރެއް

ޖަމާލް ޚަޝޯގޯ ޕޯސްޓަރެއް

ނިމިދިޔަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެ ސިއްސުވާލި ޙާދިސާއަކީ ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސަޢުދީ އަަރައްބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި ސަޢޫދީ ނޫސްވެރިއެއްކަމަށްވާ ޖަމާލް ޚަޝޯޤީ މަރާލި ޙާދިސާއެވެ. ސަޢޫދީ ޝާހީ އާއިލާއަށް ފާޑުކިޔާ ވޮޝިންޓަން ޕޯސްޓްގައި މަހަކު އެއް ފަހަރު ކޮލަމެއް ލިޔަމުން ދިޔަ ޚަޝޯގީގެ މަރާއިއެކު، ސަޢޫދީ ޝާހީ އާއިލާއަށް ތުހުމަތުގެ އިނގިލި ދިއްކުރެވިގެން ދިޔައެވެ. ޚާއްސަކޮށް ޚަޝޯގީގެ ލިޔުންތަކުގައި އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވި ސަޢޫދިއަރަބިއްޔާގެ ވަލީޢަޙުދު އަމީރު މުހައްމަދު ބިން ސަލްމާނަށް ތުހުމަތުގެ އިނގިލިތަކެއް ދިއްކުރެވުނެވެ.

އެއާއިއެކު ސަޢޫދީ ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔައިރު، ނިޒާމުގެ ތެރޭގައި މައްސަލަތަކެއް ހުރިކަން ސަޢޫދީ ޝާހީ އާއިލާއަށްވެސް ވިސްނުނެވެ. މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން އެމައްސަލައިގައި ހިމެނޭ އަސްކަރީ އަދި ޖާސޫސީ އިދާރާތަކުގެ އިސްވެރިންނާއި ސަރުކާރުގެ އެހެން އިސްވެރިން ހައްޔަރުކޮށް، މަޤާމުން އެކަހެރި ކުރެވުނެވެ. އަދި ދައުލަތުގެ އެކި އިދާރާތަކުގެ އިސްވެރިން ބަދަލުކޮށް، އިސްލާހީ ފިޔަވަޅުތަކެއް އެޅިކަން ހާމަކުރިއެވެ.

މިމައްސަލައިގައި ސަޢޫދީ ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކުގެ ހިޔަނީގައި ސަޢޫދީ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރާ ހުޅަނގުގެ ފަރާތްތަކުން ސިޔާސީ ހަތިޔާރަކަށްވެސް މި ޙާދިސާ ބޭނުންކުރިކަން ފާހަގަކުރެވުނެވެ. އެގޮތުން އދގެ ސްޕެޝަލް ރެޕަޓުއަރ އެގްނަސް ކަލަމާޑް އަކީ މިމައްސަލައިގައި ސަޢޫދީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔަމުންދާ މީހުންގެ ތެރެއިން އެކެކެވެ. ޙާދިސާ ހިނގިތާ 3 ވަނައަށް ވީ ދުވަހު ޖަމާލް ޚަޝޯޤީ މަރާލީ ސަޢޫދީ ސަރުކާރުންކަމަށާއި، ވަލީޢަހުދު މުހައްމަދު ބިން ސަލްމާންގެ އޯޑަރަށްކަމަށް ދޭހަވާފަދަ މޭރުމަކުން ކަލަމާޑް ޓްވީޓްކުރައްވަން ފެއްޓެވުމުން އޭނާއަށް ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި އޭގެ ފަހުން ބައިނަލްއަޤުވާމީ މުޖްތަމަޢުން ޚަޝޯޤީގެ މައްސަލައިގައި ނެރުނު ގިނަ ބަޔާންތަކާއި ރިޕޯޓުތަކުގައި ކަލަމާޑްގެ ބަހަށް ހަވާލާދީފައިވުމުން، އެޤައުމުތަކުންނާއި ޖަމާޢަތްތަކުން ނެރުނު ބަޔާންތަކާއި ރިޕޯޓުތަކުގައިވާ މައުލޫމާތުގެ ޞައްޙަކަމާއިމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު އެބައޮތެވެ.

ކޮންސިއުލޭޓަށް ޚަޝޯޤީ ވަނުމަށްފަހު ނުނިކުންނަކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކުރުމުން ސައޫދީ ސަރުކާރުން އެކަން ދޮގުކުރިއެވެ. އަދި އޭނާ ނިކުމެގެން ދިޔަކަމަށް ރަސްމީކޮށް ބުންޏެވެ. އެހެންނަމަވެސް އޭނާ ނުނިކުންނަކަން ފަހުން ހާމަވުމުން، ސަޢުދީ ސަރުކާރުން ވަނީ އެމައުލޫމާތު ހާމަކުރީ ކޮންސިއުލޭޓާއި، ކަމާއި ގުޅުން ހުރި އިދާރާތަކުން ދިން މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށް ބުނެފައެވެ. މިކަން މިމަގުން ހިނގާފާނެކަމަށް ޤަބޫލު ނުކުރެވެންވީ ސަބަބެއްވެސް ނެތެވެ. މުހައްމަދު ބިން ސަލްމާނުގެ ފުށުން ފައިދާތަކެއް ލިބިދާނެކަމަށް ބަލައި، ވަލީއަހުދަށް ފާޑުކިޔާ މީހަކު މަރާލަން ބަޔަކު ކުރި މަސައްކަތުގެ ތަފްސީލު ސަޢުދީ ޝާހީ އާއިލާއަށް ނޭނގިދާނެއެވެ.

މިމައްސަލައިގެ ތަހުޤީޤު ނިމި، ޝަރީޢަތް ކުރިއަށްދާއިރު، އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރު 5 ޤައުމަށާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަށް ޝަރީޢަތް ކުރިއަށްދާ ގޮތް ބެލުމުގެ ފުރުޞަތު ސަޢުދީ ސަރުކާރުން ވަނީ ދީފައެވެ. އެހެންނަމަވެސް، މިމައްސަލައިގައި ސަޢުދީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް ޤައުމުކަމަށްވާ ތުރުކީން ސަޢުދީއަށް ދޭން ޖެހޭ އެއްބާރުލުން ނުދޭކަމަށް ބުނެ ސަޢޫދީއިން ތަކުރާރުކޮށް ތުހުމަތުކޮށްފައެވެ. އަނެއްކޮޅުން ފާހަގަކޮށްލެވޭ އެއް ކަމަކީ ޖަމާލް ޚަޝޯޤީ މަރާލީ ސަޢުދީ ސަރުކާރުން ނޫންކަން އެނގިވަޑައިގަންނަވާކަމަށް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވިކަމެވެ. އުރުދުޣާން ވިދާޅުވީ އެކަން ކުރީ ސަޢުދީގައި އޮތް އަނދިރި ދައުލަތަކުން ކަމަށެވެ. މިއީ ސައުދީ ސަރުކާރުންވެސް ބުނާ ވާހަކައެވެ. އެމީހުންވެސް ބުނަނީ ޚަޝޯޤީ މަރާލީ ސަރުކާރުގެ ތެރޭގައި ތިބި ބަޔަކު، އަމިއްލައަށް އިސްނަގައިގެން، ޝާހީއާއިލާ ނުވަތަ ސަރުކާރުގެ އޯޑަރެއް ނެތިކަމަށެވެ.

ސަޢުދީގެ ވެރިއެއްގެ ހައިސިއްޔަތުން ޚަޝޯޤީގެ މަރުގެ ޒިންމާ ނަންގަވާކަމަށާއި، އެހެންނަމަވެސް އެޢަމަލު ހިންގަން އެއްވެސް އިރުޝާދެއް ދެއްވާފައިނުވާނެކަމަށް ދާދިފަހުން އަމީރު މުހައްމަދު ބިން ސަލްމާން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، މި ހާދިސާ އަދިވެސް ވެފައިވަނީ ސަޢުދީ ޝާހީ އާއިލާއާއި ދެކޮޅު ފަރާތްތަކަށް ލިބިފައިވާ ސިޔާސީ ހަތިޔާރަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު