Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

އިބޫއާ ދެކޮޅަށް ދެއްކޭނެ ވާހަކަތައް ހުސްވީތަ؟

އިބޫއާ ބެހޭ ގޮތުން ފަތުރާ ދޮގު ވާހަކަތައް ވެސް ރައީސް ގެންދަވަނީ ޖަލްސާތަކުގައި ދައްކަވަމުން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 29 އޯގަސްޓު 2018 | ބުދަ 13:53
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ކޮޅުނބުގައި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގެ ކޮޅުނބުގައި

ފުރަތަމަ ބުނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލި (އިބޫ) އަކީ ނުކިޔަވާ ސަންގޯރެއް ކަމަށެވެ. ގްރޭޑް ހަތެއް ނިންމާފައި ހުރި މީހަކަށް ގައުމު ހިންގޭނީ ކިހިނެއްތޯ ދިޔައީ ސުވާލު ކުރަމުންނެވެ. ދައުލަތުގެ އެޑްމިނިސްޓްރޭޓިވް ވަޒީފާއެއް ދުވަހަކު ވެސް އަދާކޮށްފައި ނުވާ މީހަކަށް ގައުމެއް ހިންގޭނީ ކިހިނެއްތޯ ވެސް ސުވާލު އުފެއްދިއެވެ. އެވަރުން ނުވެގެން ދެން ފެށީ އިބޫގެ އާއިލާގައި ތިއްބެވި ލޯފާން ބޭފުޅުންނަށް މައްލަވަކުރަންށެވެ. އެ ބޭފުޅުން ގުރުއާން ހިތުދަސްކުރެއްވި އިރު އިބޫ އަށް އެކަން ނުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި އުޅުއްވުމުން ކަމަށް ރައީސް ޔާމީނަށް ތާއީދުކުރާ އެތައް ބަޔަކާއި އަންޑަގްރައުންޑް އޮންލައިން ނޫސްތަކުގައި ވެސް ދިޔައީ ލިޔަމުންނެވެ.

މިދެން ތަންކޮޅެއް ބޮޑުވަރެވެ. އެންޓި ކެމްޕެއިން ކުރުމަށް ވެސް ހުދޫދެއް އޮންނަންވާނެއެވެ. އިބޫގެ ފަސް ބައިގައި ހަޑިއެއް ފެންނަން ނެތުމުން މާތް ﷲ އިންސާނާ އުފެއްދުމުގައި ދެއްވި ނުކުޅެދުންތެރިކަމަށް މަލާމާތްކުރުމުކީ އެކަލާނގެ އަށް ވެސް މަލާމާތް ކުރުމެވެ. ސިޔާސީ ބޭނުމަށްޓަކައި ވެސް ކޮށްފައި ނުކުރާނެ ކަންކަން ހުންނާނެއެވެ. އެއީ އެފަދަ ކަމެކެވެ.

އިބޫގެ މާޒީން ކުނިކޮޅެއް ވެސް ފެންނަން ނެތުމުން ކައިރީގައި އުޅުއްވާ ބޭފުޅުންނާއި އެކުވެރިންނާއި ތިމާގެ މީހުންނާއި ޕާޓީގައި އެކުގައި މަސައްކަތް ކުރައްވާ އަދި މާ ކުރިން އެކުގައި އުޅުއްވި ބޭފުޅުންގެ ފަސްބައިގައި ހުރި ހަޑިތައް ނަގައިގެން އިބޫ އަށް ހަމަލާ ދިނުމަކީ ވަރަށް ފިނޑި ކަމެކެވެ.

ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީނު އިންތިޚާބު ކުރުމަށް ފޫގަޅާލައިގެން ތިބި ފަރާތްތަކުން ބައެއް ފަހަރު ކުރާ ކެމްޕެއިނުން މި ފަހަރުގެ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރައްވަނީ އިބޫއާތޯ އެ މީހުންނަށް ވެސް އޮޅިގެން އުޅޭ ކަހަލައެވެ. އިބޫގެ އުނި ސިފަތައް ދެއްކެން ނެތުމުން ކައިރީގައި އުޅުއްވި ބޭފުޅުން ކުރެވޭ ތުހުމަތުތަކުގެ ވާހަކަ ދައްކައިގެން މިހާރު ކުރިއެއް ނުލިބޭނެއެވެ. މީސްމީޑިއާ ވަރުގަދަކަން ބޭނުން ކޮށްގެން އެންޓި ކެމްޕެއިން ކުރިޔަސް ހަމަ އ މީސްމީޑިއާގެ ބޭނުން ކޮށްގެން އެކަންކަމުގެ ހަގީގަތް އޮޅުން ފިލުވުމުގެ ބާރު ވެސް އެބަ އޮތެވެ.

ނޫސްތަކުގެ ހެޑްލައިންތައް ބަދަލުކޮށް މީސްމީޑިއާގައި ޕޯސްޓްކުރުމުން ވެރިމީހާ އޭގެ މަޅީގައި ޖެހި މޮޔަހެދުނެއް ކަމަކު ގިނަ ރައްޔިތުންނަކީ މިއަދު ވަރަށް ހޭލުންތެރި ބައެކެވެ. އެފަދަ ޕޯސްޓްތައް ފެނި ބޮލަށް ފިތިގެން އުޅޭ ތާވަޅައެއް ހެން މަޖިލީހުގެ ބައެއް މެންބަރުން އުޅުއްވިއެއް ކަމަކު ގިނަ ދިވެހިންނަކީ މިއަދު ކަންކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް ބަލާ ބައެކެވެ. ނޫހަކުން ވިޔަސް ޓީވީއަކުން ވިޔަސް އަދި ހާއްސަކޮށް މީސްމީޑިއާގައި މިހެން ދެކެވޭ ވާހަކަތައް ގިނަ ރައްޔިތުން ގަބޫލުކުރަނީ އެކަމުގެ ދެކޮޅު ބެލުމަށް ފަހުއެވެ. މީސްމީޑިއާ އިން އެޑިޓް ކޮށްފައިވާ ހެޑްލައިނެއް ހަމަ ފެންނަ އިރަށް އެއީ ހަގީގަތެއް ކަމަށް ބަލައިގެން އެ ޝެއާކުރަނީ ރައީސް ޔާމީނުގެ އަވާގައި ޖެހި ލޮލަށް މިރުސް އެޅިގެން އުޅޭ މަދު ބައެކެވެ. ގިނަ މީހުން އަވަހަށް ބަލަނީ އެ ހެޑްލައިންގެ ލިންކް ފެނޭތޯއެވެ.

ރާއްޖޭގެ ބޮޑެތި މީޑިޔާތައް ބޭނުން ކޮށްގެން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ކުރަމުން ގެންދަނީ ބޮޑުވެގެންވާ ކުށެކެވެ. އެއީ އެ މީޑިއާތަކުގެ އަގު ވައްޓާލުމަށް ހިންގޭ ޖަރީމާއެކެވެ. އަދި ގިނަ ފަހަރަށް އެ ހެޑްލައިންތައް ނުވަތަ ފޭކް ނިއުސްތައް އެޑިޓްކޮށްފައި ހުންނަނީ އެ މީޑިއާތަކުގައި ހުންނަށް އިސްތިހާރުތަކާ ވެސް އެކީގައެވެ. ރަނގަޅު އިންސާފުވެރި ނިޒާމެއް ގާއިމުކުރެވިފައި އޮތް ގައުމެއް ނަމަ އެ ޕޯސްޓައް ހަދައި އަދި މީސްމީޑިއާގައި ފަތުރާ މީހުންނާ މެދު އެ ކުންފުނިތަކަށް ދައުވާ ކުރެވޭނެއެވެ.

އިބޫ ނުދައްކަވާ އެތައް ވާހަކަތަކެއް ހިމެނޭ ގޮތަށް ނޫސްތަކުގެ ހެޑްލައިންތައް ހަދަމުންދާ މީހުން އެކަން ކުރުމުގައި އެންމެ ބޮޑަށް ޓާގެޓްކުރަނީ ސަރުކާރާއި ކުންފުނިތަކުގެ މުވައްޒަފުންގެ ބޯކާލުމަށެވެ. އޭގެ އިތުރުން ދީން ހަތިޔާރަކަށް ހަދައިގެން ވެސް ދަނީ ޕޯސްޓްތައް ކުރަމުންނެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ޕޯސްޓަކީ ވެމްކޯއާ ގުޅޭ ގޮތުން ފެތުރި ދޮގު ޚަބަރެވެ. އިބޫ ވިދާޅުވި ކަމަށް ހަދައި އެޑިޓް ކޮށްފައިވާ އެ ބޭފުޅުންގެ ވެރިކަމެއްގައި ވެމްކޯ އުވާލާނެ ކަމަށެވެ. މި ބޮޑު ބުހުތާނު ދޮގު އެއީ ތެދެއް ކަމަށް ގަބޫލު ކޮށްގެން މީސްމީޑިއާގައި ފެތުރީ ހަމައެކަނި ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އެ މަނިކުފާނުގެ ފަޅީގައި ތިއްބެވި މަޖިލިސް މެންބަރުން އެކަންޏެއް ނޫނެވެ. ރަށަކަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައި އެ މަނިކުފާނު ވެސް ވަނީ އިބޫ އެހެން ވިދާޅުވިކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. ނުވަތަ ފޭކް ޚަބަރެއްގެ މަޅީގައި ޖެހިވަޑައިގެންފައެވެ.

އާންމު ފަރުދަކު ވެސް ދޮގު ޚަބަރު ފެތުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ނަމަވެސް އެއަށް ވުރެ ވެސް ބޮޑު ގޯހަކީ ގައުމުގެ ވަލީއްޔުލް އަމުރު އެފަދަ ވާހަކައެއް ދައުލަތުގެ މީޑިއާ އިން ލައިވްކުރި ޖަލްސާއެއްގައި ވިދާޅުވުމެވެ. ހައިރާނެއް ފަހެ ނުވާނެ ހެއްޔެވެ؟ ވާދަވެރި ކެންޑިޑޭޓުގެ ފަސްބައިގައި ކިލަނބު ކަމެއް ފެންނަން ނެތުމުން ކުނި އުކައިގެން ވިޔަސް ފަސްބައި ހަޑިކުރައްވަން ގައުމުގެ ވެރިޔާ މަސައްކަތްކުރުމަކީ ލަދުވެތި ކަމެކެވެ.

އިބޫގެ މާޒީއާ ބެހޭ ގޮތުން ދެއްކޭނެ ނުރަނގަޅު އެއްވެސް ވާހަކައެއް ނެތެވެ. އެހެންކަމުން އެމަނިކުފާނަށް ރައްޔިތުން ކުރާ ތާއީދު ގެއްލުވާލުމަށްޓަކައި ރައީސް އާއި ރައީސް ގެ އައުވާނުން ދައްކަވަނީ އިބޫގެ ކައިރީގައި އުޅުއްވާ ބޭފުޅުން މިވެނި ކަމެއް ކުރެއްވިޔޭ ކިޔައިގެންނެވެ. އެވެނި ބޭފުޅަކު މި ވެނި ކަމެއް ކުރައްވާފައި އޮތުމުން އިބޫ އަށް ވޯޓު ދޭން ނުޖެހޭ ކަމަށެވެ. ނަމަވެސް މިއީ ތަހުޒީބީ ޒަމާނެއްގައި ކެމްޕެއިން ކުރަން ވަރަށް "އައްޗި" ގޮތެކެވެ. އެންޓި ކެމްޕެއިން ވެސް ކުރަންވާނީ ސިޔާސަތާ ދެކޮޅަށެވެ. އިބޫގެ ފާޑުކިޔަން ވާނީ އިބޫ ގެންގުޅުއްވާ ސިޔާސަތަށެވެ. އެމަނިކުފާނުގެ މާޒީގެ ރެކޯޑަށެވެ. ވައްކަމެއް ކޮށްފައި އޮތް ނަމަ ދައްކަންވީ އެ ވާހަކައެވެ. މީހަކަށް އަނިޔާވެރިވެފައި އޮތް ނަމަ އެ ވާހަކަ ދައްކަންވީއެވެ. ނަމަވެސް އާއިލާގެ ވާހަކަ އާއި އެމަނިކުފާނުގެ ހަމުގެ ކުލަ ކަޅު ވާހަކަ އާއި އަތްޕުޅުގައި ޑިގްރީއެއް ނެތް ވާހަކަ ދައްކައިގެން މި ޒަމާނުގައި ކުރިއެރުމެއް ނުލިބޭނެއެވެ. ވެރިކަމަށް ވަޑައިގަންނަވާ މީހެއްގެ އަތުގައި ޑިގްރީއެއް އޮންނަންޖެހޭ ނަމަ އެކަން ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބުނާ ޝަރުތުތަކުގައި ހިމަނާފައި އޮންނާނެއެވެ. ހަމަ ގައިމު ވެސް މަޖިލީހުގައި އިބޫ ހޭދަކުރެއްވި ދުވަސްތަކުގެ ތަޖުރިބާއަކީ އޮނަރަރީ ޕީއެޗްޑީއަކަށް ވުރެ ވަކި ދަށް މަސައްކަތެއް ނޫނެވެ. ދައްކާނެ ވާހަކައެއް ނެތިއްޔާ އަމިއްލަ ސިޔާސަތުތައް ވިއްކަވާށެވެ. މުޅި ސްޕީޗް އިދިކޮޅަށް ރައްދު ދެއްވުމުގައި ހޭދަކުރައްވާ ނަމަ ލަނޑު ވަންނާނީ ބައިކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް އާރް.ކެލީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތައް، އަދިވެސް ދާއިރާގައި ކާމިޔާބުކަމާއެކު!

އަނެއްކާވެސް އާރް.ކެލީ ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކަތައް، އަދިވެސް ދާއިރާގައި ކާމިޔާބުކަމާއެކު!

12 ޖެނުއަރީ 2019
\'ފަސޭހަކުނު\'ގެ ނަން ތުރާކުނަށް ބަދަލުވީ ގޮތާއި ރަށުގެ ވާހަކަތައް!

\'ފަސޭހަކުނު\'ގެ ނަން ތުރާކުނަށް ބަދަލުވީ ގޮތާއި ރަށުގެ ވާހަކަތައް!

02 ޖެނުއަރީ 2019
މިއަދަކީ ސަރުކާރު ބަންދު ދުވަހެއް، ޑޮކްޓަރަކަށް ނުދެއްކޭނެ!

މިއަދަކީ ސަރުކާރު ބަންދު ދުވަހެއް، ޑޮކްޓަރަކަށް ނުދެއްކޭނެ!

21 ޑިސެމްބަރު 2018
އިބޫއާ އެކު ބ. އަތޮޅަށް އުއްމީދުގެ އަލިކަން

އިބޫއާ އެކު ބ. އަތޮޅަށް އުއްމީދުގެ އަލިކަން

01 އޯގަސްޓު 2018
މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

05 ޖުލައި 2018

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު