Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފާރިސްއަށް ގޮވާލި ގޮވާލުން

މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ގޮވާލާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 19 މާރިޗު 2017 | އާދީއްތަ 22:35
ފާރިސް މައުމޫން ރާއްޖެޓީވީގެ ފަލަ ސުރުޚީގައި

ފާރިސް މައުމޫން ރާއްޖެޓީވީގެ ފަލަ ސުރުޚީގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އެންމެ އިސްކޮށް އުޅުއްވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު މިއަދުގެ ސަރުކާރަށް އެއްބާރުލުން ދެއްވުމަށާއި މަސީހު ބޭރުކުރުމުގެ މަސައްކަތް ހުއްޓާލުމަށް ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފިއެވެ.

ދިއްގަރު ކައުންސިލްގެ އިދާރާއިން އާދީއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ސަރުކާރާއި ދެކޮޅަށް ކުރިޔަށް ގެންދަވާ ކަންތައްތަކާއި މެދު އެކައުންސިލާއި ދިއްގަރުގެ އެންމެހާ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށެވެ. އެބަޔާނުގައި ބުނެފައިވާ ގޮތުގައި ފާރިސް އަކީ އެކައުންސިލުން ނުހަނު އިޙްތިރާމް ކުރާ ފަރާތަކަށްވެފައި، މި އަދުގެ ސަރުކާރުން އެ ދާއިރާގެ ރައްޔިތުންނާއި ގުޅިވަޑައިގެން ކުރެވުނު ބުރަ މަސައްކަތުން އެ ދާއިރާގެ ގޮނޑި ފާރިސްއާ ޙަވާލުކުރީ ވަރަށް ބޮޑަށް އިތުބާރުކޮށް، ސަރުކާރުގެ ތެރެއިން އެކައުންސިލްގެ އުއްމީދުތައް ޙާސިލް ކުރެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއިއެކުގައި ކަމަށެވެ. ނަމަވެސް މިއަދު ފާރިސްގެ މަސައްކަތް ހުރި ގޮތަށް ވިސްނާއިރު، ކުރިއަށްވަޑައިގަންނަވަމުން ގެންދަވަނީ ދާއިރާގެ ރައްޔިތުންގެ އިހުސާސްތަކާއި ސީދާ ދެކޮޅަށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. "މަނިކުފާނު ސަރުކާރާއި ދެކޮޅަށް ތިކުރައްވާ މަސައްކަތްތައް ވަގުތުން ހުއްޓަވާލައްވައި ދާއިރާގެ ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ސަރުކާރަށް އެއްބާރުލުން ދެއްވައި ދާއިރާގެ ރައްޔިތުންގެ ފިކުރާއި އިހްސާސްތަކާއި އެއްގޮތަށް މަޖިލީހުގައި މަސައްކަތް ކޮށްދެއްވުމަށް އިޚުލާސްތެރިކަމާއެކު ދަންނަވަމެވެ." ބަޔާނުގައި ބުނެފައިވެއެވެ. ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެދާއިރާގެ ގޮނޑިޔެކޭ އެއްފަދައިން މިއަދުގެ ސަރުކާރަކީވެސް އެދާއިރާގެ ރައްޔިތުންގެ ނުހަނު ބުރަ އަދި މިންނެތް މަސައްކަތާއި ހިތްވަރުން ގެނެސްފައިވާ ސަރުކާރެއް ކަމަށާއި މި ސަރުކާރުން ދާއިރާއަށާއި މުޅި ގައުމަށް ގެނެސް ދެއްވަމުންދާ ތަރައްގީގައި ދާއިރާގެ މެންބަރުންގެ ބައިވެރިވުން ނެތުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. ވަކިން ޚާއްޞަކޮށް އިދިކޮޅުފަރާތްތަކާއި ގުޅިވަޑައިގެން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެންގެވުމަށް މިހާރު ކުރައްވާ މަސައްކަތަކީ އެއްގޮތަކަށްވެސް ޤަބޫލު ކުރާ ކަމެއްކަމުގައި ނުވާތީ، މި ފަދަ އެންމެހާ ކަންކަމުން ދުރަށް ޖެހިވަޑައިގެން އެކައުންސިލާއެކު މިއަދުގެ ސަރުކާރަށް އެއްބާރުލުންދެއްވައި ދާއިރާއަށް ތަރައްޤީ ގެނެސްދެއްވުމަށް މަސައްކަތްޕުޅު ފައްޓަވައި ދެއްވުމަށް އިލްތިމާސް ކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ފާރިސް ކުރިން ވިދާޅުވެފައިވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓު ކައިރިވި ވަރަކަށް ކަންކަން ކުރިމތިވާނެ ކަމަށާއި އެކަމުގައި އެބޭފުޅާވެސް އިސްތިސްނާ ނުވާނެ ކަމަށެވެ. ނަމަވެސް ފަހަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އިރާދަ ކުރެއްވިއްޔާ އެވޯޓު ކާމިޔާބު ކުރައްވާ ރައްޔިތުންގެ އަޑު އަހަން ސަރުކާރަށް ޖައްސަވާނެކަމަށެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު