Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޗައިނާއާއެކުވެފައިވާ އެއްބަސްވުންތައް

ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއެކުވެފައިވާ އެއްބަސްވުންތައް ކޮބާ!

ޑިސެމްބަރު 7، 2017 ގައި އެކަނިވެސް 12 އެއްބަސްވުމެއްގައި ސޮއި ކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2019 | އަންގާރަ 10:37
ދިވެހިރާއްޖެއާއި ޗައިނާ އާދެމެދު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ޗައިނާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

ދިވެހިރާއްޖެއާއި ޗައިނާ އާދެމެދު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ޗައިނާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ވަރަށް ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އެއްބަސްވުމަކީ ޗައިނާއާއެކުވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމެވެ. "ފްރީ ޓްރޭޑް އެފްރީމަންޓް ބިޓްވީން ދަ ގަވަރންމަންޓް އޮފްދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑްދަ ގަވަރންމަންޓް އޮފްދަ ރިޕަބްލިކް އޮފް މޯލްޑިވްސް" އަކީ ރައީސް ޔާމީންގެ ސަރުކާރުން ޑިސެމްބަރު 7، 2017 ގައި ޗައިނާއާއެކު ވެފައިވާ އެއްބަސްވުމެކެވެ.

ފްރީ ޓްރޭޑް އެގްރިމެންޓްގައި ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތަކީ ޗައިނާއަށް ދިވެހި ސަރުކާރުގެ ބޮޑު ވަފުދެއް ވަޑައިގެން ބޭއްވި ރަސްމިއްޔާތެކެވެ. އެ ރަސްމިއްޔާތުގައި ފްރީ ޓްރޭޑްގެ އެއްބަސްވުމުގެ އިތުރުން، އިތުރު 11 އެއްބަސްވުމެއްފައި ސޮއި ކޮށްފައިވެއެވެ.

އެ އެގްރީމެންޓްތަކުގައި ސޮއިކުރުމަށްފަހު، ރައީސް ޔާމީންގެ ސަރުކާރުން، އެ އެއްބަސްވުމަށް އަމަލުކުރުމުގެގޮތުން ކުރެއްވީ ކޮންކަމެއްތޯ ސުވާލު އުފެދެ އެވެ. އެ އެގްރީމަންޓްތަކުގެ ތެރޭގައި ފްރީ ޓްރޭޑް އެގްރީމަންޓާއި މެރިޓައިމް ސިލްކް ރޯޑް އެގްރީމަންޓްތަކަކީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުމުގެ އިތުރުން ބައިނަލްއަގްވާމީ އަދި ސަރަހައްދީގޮތުން ވެސް ކަންބޮޑުވުން އޮތް އެގްރީމަންޓްތަކެކެވެ.

އެ އެގްރީމަންޓްތަކުގައި އޮތް އެއްޗެއް ދިވެހި ރައްޔިތުންނަށް ނޭނގެ އެވެ. އެ އެގްރީމަންޓްތައް އޮތީ ރައީސް ޔާމީންގެ ސަރުކާރުން ސިއްރުކޮށްފަ އެވެ.

ފްރީ ޓްރޭޑް އެގްރީމަންޓް އެއްބަސްވުމަށް ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދުމަށް ހުށަހަޅައި، އެ މައްސަލަ ދިރާސާ ކުރަން ބޭއްވި ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފައިވާއިރު، އެކޮމެޓީއަށް ހާޒިރު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އޭނާ އެ އެގްރީމަންޓް ގުޅޭގޮތުން ދެއްކެވި ވާހަކައެއް ދެއްކެވުމަށްފަހު، އެކޮމެޓީގެ ބައްދަލުވުން އެންމެ 10 މިނެޓްގެ ތެރޭގައި ވަނީ ދިރާސާކޮށް ނިންމާލައި، މަޖިލީހުންގެ ތަޅުމަށް ފޮނުވުމަށް ފާސްކޮށްފަ އެވެ.

އޭފޯ ރީމަކަށްވުރެ ބޮޑު، އެގްރީމަންޓް ކިޔާލި މެމްބަރެއް ނެތެވެ. އޭގައި އޮތްއެއްޗެއް އެނގޭ މެމްބަރަކުވެސް ނެތެވެ. ނަމަވެސް އޭރު މަޖިލީހުގެ ކަންކުރަމުން އައި ގޮތަކީ ސަރުކާރުން ހުށަހަޅާ ކޮންމެ އެއްޗެއް، އެހުށަހެޅި ގޮތަކަށް ފާސްކޮށްލުމެވެ. އޭގައިވާ އެއްޗެއް ބެލުމަކީ އެއީ ވަގުތު ބޭކާރުކޮށްލުން ކަމަށް ބައެއް މެމްބަރުން ދެކުނެވެ. އަދި އެ އެގްރީމަންޓްތައް ބެލުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭރު މެމްބަރުންގެ ނުހުރެ އެވެ. ސަރުކާރުން މެމްބަރުންނަށް އިންތިހާއަށް ފައިސާދޭކަން، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ މައްސަލަތަކުން އެނގެ އެވެ. ފައިސާ ގޯނިގޯނީގައި މެމްބަރުން އަރިހަށް ހިނގެވި ބޭފުޅުން އެބައްތިއްބެވި އެވެ. އެހެންކަމުން ސަރުކާރުން ހުށަހަޅާ ކޮންމެ އެއްޗެއް، އެ އޮތްގޮތަށް ފާސްކުރުން ނޫންކަމެއް ނިމިދިޔަ 18 ވަނަ މަޖިލީހުން ކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ ފްރީ ޓްރޭޑް އެއްބަސްވުމާއެއްގޮތަށް އެ ސަރުކާރު ނިމިގެން ދިޔައިރުވެސް އެއްވެސް ކަމެއް ކޮށްފައިވޭތޯ އެވެ. އަދި ދެންއޮތް 11 އެގްރީމަންޓާ އެއްގޮތަށް ކުރިމަކީ ކޮބައިތޯ އެވެ. ޗައިނާގެ އެހީގައި ސަރުކާރު ދަމަހައްޓަން ކުރި މަސައްކަތް ފެނަށްދިޔައިރު، އެގްރީމަންޓްތަކާ އެއްގޮތަށް ރައީސް ޔާމީންގެ ސަރުކާރުން އަމަލުކޮށްފައިވާ ތަނެއް ނުފެނެއެވެ. އަދި އަމުދުން އެ އެގްރީމަންޓްތަކުގައި ވާއެއްޗެއް ދިވެހި ރައްޔިތުންނަށް ސާފުވާން އެބަޖެހެ އެވެ.

މިހާރު މިއޮތީ، ރައީސް ޔާމީންގެ ސަރުކާރެއް ނޫނެވެ. ރައީސް ޔާމީންގެ ސަރުކާރު ދަމަހައްޓަން އެ ސަރުކާރުން ޗައިނާގެ ސަރުކާރާއެކު ވެފައިވާ އެގްރީމަންޓްތަކެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮންމެހެން ދަމަހައްޓަން ޖެހޭތޯ އެވެ. އެންމެ ފުރަތަމަ އެ އެގްރީމަންޓްތައް ރައްޔިތުންނަށް ހާމަކޮށްދޭން ޖެހެއެވެ. އަދި ރައްޔިތުންގެ މަޖިލީހާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު އެފައިވާ އެއްބަސްވުންތަކާމެދު ދެކޭގޮތެއް ހާމަ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ރައީސް ޔާމީންގެ ސަރުކާރުން ހިންގެވީކީ، ރައްޔިތުންނަށް ފައިދާވާގޮތަށް ބަލައިގެނެއް ނޫނެވެ. އެމަނިކުފާނުގެ އަމިއްލަފުޅު އެދުންފުޅުގެ ބޭނުމަށް ވަރަށް ގިނަ ކަންކަން ވަނީ ކުރައްވާފަ އެވެ. އޭގެ އެއް ހެއްކަކީ އެމްއެމްޕީއާރުސީއާއި ސަރުކާރުގެ ކުންފުނިތަކުން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކެވެ. އަދި މަނީ ލޯންޑަރިންގެ މައްސަލައެއް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާއިރު، މަނީ ލޯންޑަރ ކުރުމުގެ އިތުރު ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެކަން ބައިނަލްއަގްވާމީ މީޑިއާއެއްކަމަށްވާ އަލްޖަޒީރާއިން އިންވެސްޓްގޭޝަނެއް ހިންގާ ތައްޔާރުކުރި "ސްޓީލިންގ ޕެރަޑައިސް" އިންވެސް އެނގެ އެވެ.

ޗައިނާ- މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓަކީ ދިވެހި ވިޔަފާރިތައް އޭގެން ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފާނެ ކަމެކެވެ. އެއީ ޚިދުމަތާއި މުދާ އިމްޕޯޓް އަދި އެކްސްޕޯޓް ކުރުމަށް ޗައިނާގެ ކުންފުނިތަކަށް ހުޅުވާލުމާ ގުޅިގެން ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް ފުރުސަތު ވަރަށްބޮޑަށް ހަނިވެ، ރާއްޖޭގެ ޑޮމެސްޓިކް މާކެޓްގެ ފުލް ކޮންޓްރޯލް ޗައިނާގެ ކުންފުނިތަކަށް ލިބިގެންދިމުގެ ފުރުސަތު އޮތް، ބިރު ބޮޑު އެއްބަސްވުމެކެވެ.

މީގެއިތުރުން، 1970ގެ އަހަރުތަކުގައި އިންޑިއާގެ މަޝްހޫރު ވޯރާ ވިޔަފާރިވެރިންތައް ރާއްޖޭގެ ޑޮމެސްޓިކް މާކެޓްގެ ވިޔަފާރި ކޮންޓްރޯލް ނަގާފައިވަނިކޮށް ދިވެހި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއްކޮށް ދިވެހި ވިޔަފާރީގެ މާކެޓް ދިވެހިންނަށް އަނބުރާ ފޯރުކޮށް ދެއްވާފައިވަނިކޮށް، އެފަދަ އެގްރީމެންޓެއް ވުޖޫދަށް އައުމަކީ އަލުން ތާރީހު އިއާދަވެ، ދިވެހި ވިޔަފާރިވެރިން އަނދަވަޅަށް ވައްޓާލުންފަދަ ކަމެކެވެ.

ދުނިޔޭގެ ދޭދޭ ގައުމުތަކުގެ މެދުގައި ފްރީ ޓްރޭޑް އެގްރީމެންޓް ހަދަނީ އިގްތިސާދީ ގޮތުން ހަމަހަމަ ގައުމުތަކުގެ މެދުގައެވެ. ޗައިނާއާއި ދިވެހިރާއްޖެއަކީ އެއްވެސް ގޮތަކުން ހަމަހަމަ ދެ ގައުމެއް ނޫނެވެ. ޗައިނާއަކީ އިގްތިޞާދީގޮތުން ކުރިއަރާފައިވާ ދުނިޔޭގެ ބޮޑު ބާރެކެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމުތަކުތެރޭގައި ހިމެނޭ ފާހަގަ ކޮށްލެވޭ ގައުމެކެވެ.

ދިވެހި ސަރުކާރުތަކުން އެންމެ އިސްކަންދޭ ސިޔާސަތަކީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށްބުނާއިރު، ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ ބޮޑު ފުރުސަތު އޮތް ވިޔަފާރީގެ 64 ދާއިރާއިން (ޓެކްސް އޭޖެންޓުން ފެށިގެން ރިއަލް އިސްޓޭޓް) ރާއްޖޭގެ ޑޮމެސްޓިކް މާކެޓް ޗައިނާގެ ކުންފުނިތަކަށް ހުޅުވާލުމަކީ ދިވެހި ސަރުކާރުތަކުން ދައްކާ ވާހަކައާއި އަމަލާ ދިމާނުވާކަމުގެ ހެއްކެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ހަދާފައިވާ އެގްރީމަންޓްތައް ބަލާ ދިރާސާ ކުރަން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު