Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ މެޖޯރިޓީ ލީޑަރު އާޒިމް

އާޒިމް، ޖަމީލަށް: މަޖިލީހުގެ ކަންކަމާނުބެހި ގޭގައި ހުރެބަލަ!

11 ޑިސެމްބަރު 2019 | ބުދަ 09:04

ޖަމީލު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާފައި، އަދި އެ އިންތިހާބުން ވަނީ ފެއިލްވެވަޑައިގަންނަވާފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 11 ޑިސެމްބަރު 2019 | ބުދަ 09:04
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ކަންކަމާ ނުބެހި ހުންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދަށް ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް، ޖަމީލަށް އެގޮތަށް ގޮވާލެއްވީ، ޖަމީލު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާއި މަޖިލީހުގެ މެންބަރުންތަކެއް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ފޮޓޮއަކާއެކު ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރީ ޕްރޮޓޮކޯލް އޮންނަ ގޮތް ކިޔާ ނުދެނީބާ؟ އޭ ވިދާޅުވެ ސުވާލެއް އުފައްދަވާފަ އެވެ. އަދި ބަސް އަހާތޯ ބަލަން މަޖިލީހުގައި އަޞްލުވެސް ޕްރިންސިޕަލެއް ހުންނަންޖެހޭ ކަމަށް ޖަމީލު ވިދާޅުވެފައި ވެއެވެ.

Advertisement - newsAdvertisement

ޖަމީލުގެ އެޓްވިޓަރ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ތިޔައީ ރައްޔިތުންގެ ތާޢީދެއް ލިބުނު ބޭފުޅެއް ނޫންކަމަށާއި، މަޖިލީހަށް ކުރިމަތިލެއްވީމައި ލިބިލެއްވީ 40 ވޯޓު ކަމަށެވެ. އަދި މަޖިލީހުގެ ކަންކަމާ ނުބެހި ގޭގައި ހުންނެވުމަށްވެސް އާޒިމް ގޮވާލައްވާފައި ވެއެވެ.

އާޒިމްގެ އެ ޓްވީޓާ ގުޅިގެން ޖަމީލު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ، އާޒިމްގެ ހަނދާން މާބަލި ކަމަށެވެ. މި ވެރިކަން އައިގޮތާއި ހިޔަނި ކެބިނެޓެއް ހަދާ، އެމްޔޫއޯގެ ލީޑަރުގެ ފަހަތަށް އެރީ ކީއްވެބާ؟ އޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ. އެންމެ ވޯޓެއް ނުލިބޭ މީހާއަށްވެސް މަޖިލީހުގެ ކަންތަކާ ބެހެވޭނެ ކަމަށާއި، ތިހާ ދުވަސްވީއިރު، އެވަރު ނޭނގޭ ކަމަށް ވިދާޅުވެ ޖަމީލު ވަނީ ސުވާލު އުފައްދަވާފަ އެވެ. އަދި މުސާރަ ތިޔަ ނަންގަވަނީ ރައްޔިތު މީހާގެ ޖީބުން ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ.

ޖަމީލުގެ އެޓްވީޓާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ހިޔަނި ކެބިނެޓް ހަދާ، ލީޑަރެއްގެ ފަހަތަށް އެރީ އޭނާގެ އަތުގައި ހުރިކަން ދެކިގެން ކަމަށާއި އަސްލު މި އެނގުނީ ގޮނޑިއަށް ކުރިމަތި ލެއްވީމާ ދެއްތޯއޭ ވިދާޅުވެ އާޒިމްވެސް ވަނީ ސުވާލު އުފައްދަވާފަ އެވެ.

ޖަމީލާއެކު އޭރުގެ އިދިކޮޅު ފަރާތްތަކުން މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނަމުގައި ހަރަކާތްތައް ފެށީ ނައިބު ރައީސް ކަމުގެ މަޤާމުން ޖަމީލު ވަކި ކުރުމާއި ގުޅިގެން ނެވެ. އަދި އެމްޔޫއޯގެ ލީޑަރުކަމަށް ޖަމީލު ހަމަޖައްސި ނަމަވެސް މާގިނަ ދުވަހު އިދިކޮޅު ފަރާތްތަކާއެކު އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ގޮނޑިއަށް ޖަމީލު ވާދަ ކުރެއްވި ނަމަވެސް، ވަނީ ބޮޑު ނާކާމިޔާބަކާ ކުރިމަތިވެ، ފެއިލް ވެވަޑައިގަންނަވާފަ އެވެ. ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޖަމީލާ ވާދަކޮށް، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވި އަހުމަދު އުޝާމެވެ.

އިންތިޚާބުން ފެއިލްވެވަޑައިގެންނެވުމާއެކު، ޖަމީލު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަރިހުގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް