Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓި ކޮރަޕްޝަނުގެ ދުވަސް

ދަޢުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އެއްވެސް ޝަރުތެއްނެތި ދައުލަތަށް ލިބެންޖެހޭ: އޭސީސީ

9 ޑިސެމްބަރު 2019 | ހޯމަ 14:04

ސީސީގެ ތަސައްވުރަކީ ދިވެހި މުޖުތަމަޢުއަކީ ކޮރަޕްޝަނުގެ ޢަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަމަޢަކަށް ހެދުން

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 9 ޑިސެމްބަރު 2019 | ހޯމަ 14:04
އެންޓިކޮރަޕްޝަން ކޮމިޝަންގެ ބައެއް މެމްބަރުން، ރައީސް ސޯލިހާއެކު

އެންޓިކޮރަޕްޝަން ކޮމިޝަންގެ ބައެއް މެމްބަރުން، ރައީސް ސޯލިހާއެކު

ކޮރަޕްޝަން ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އިންސާފުވެރި ޝަރީޢަތެއްކޮށް, އަދަބު ދިނުމުގެ އިތުރުން ދަޢުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އެއްވެސް ޝަރުތެއްނެތި ދައުލަތަށް އަނބުރާ ލިބެންޖެހޭކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

ފަސާދައާ ދެކޮޅަށް މަސައްކަތްކުރުމުގެ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި، ފަސާދައާ ދެކޮޅަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ ދަންނަވައި ދުވަހުގެ މުނާސަބާގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ދެއްވި ހިތާބުގައި ވިދާޅުވީ ފަސާދައާ ދެކޮޅަށް މަސައްކަތް ކުރުމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ވަކި ދުވަހެއް ފާހަގަކުރަމުން ދިޔަނަމަވެސް، ކޮރަޕްޝަން ނައްތާލުމަށް ކުރާ މަސައްކަތަކީ ކޮންމެ ދުވަހަކުވެސް ކުރެވޭ މަސައްކަތެއްކަމަށެވެ. ފަސާދައިގެ ޢަމަލުތަކަކީ މުޖުތަމަޢު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާ ކަމެއްކަން ފާހަގަކުރައްވައި ޝިއުނާ ވިދާޅުވީ މިފަދަ ޢަމަލުތަކުގެ ސަބަބުން، ވަކި ދާއިރާއެއް ނުވަތަ ވަކި ފަރާތެއް އިސްތިސްނާވުމެއްނެތި އެކަމުގެ ނޭދެވޭ އަސަރު ކުރާކަމީ ދެބަސްވެވެން ނެތް ޙަޤީޤަތެއްކަމަށެވެ.

Advertisement - newsAdvertisement

ޝިއުނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތަކީ ގިނަ ބަޔަކު ފަހުރުވެރިވާ މަސައްކަތެއް ނަމަވެސް، މަދު ބަޔަކު ނަފްރަތުކުރާ މަސައްކަތެއްކަމަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތަތްކަށް ތަފާތު ފާޑުކިޔުންތައް އަމާޒުވާކަމަށެވެ.

ޝިއުނާ ވަނީ ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާ ފަރާތްތަކަށް ހަރުކަށި އަދަބު ދެވިގެން ނުދިއުމަކީ ނުވަތަ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ލަސްވެގެން ދިއުމަކީ އޭސީސީއަށް ފާޑުކިޔުންތައް އަމާޒުވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އޭސީސީންވެސް ޤަބޫލުކުރާ އިންސާފު ހިއްސާކޮށް ޝިއުނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އެކަށީގެންވާ ނަތީޖާއެއް ފެންނަންޖެހޭކަމަށާއި އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އިންސާފުވެރި ޝަރީޢަތެއްކޮށް އަދަބު ދިނުމުގެ އިތުރުން ދަޢުލަތަށް ގެއްލިގެންދާ މުދަލާއި ފައިސާ އެއްވެސް ޝަރުތެއްނެތި ދައުލަތަށް އަނބުރާ ލިބެންޖެހޭކަމަށެވެ.

ހިތާބުގައި ޝިއުނާ ވަނީ ދިވެހިރާއްޖޭގައި ފަސާދައިގެ ޢަމަލުތައް ހުއްޓުވުމާއި މަނާކުރުމަށް ޤާނޫނަކުން ވަކި މުޢައްސަސާއެއް ކަނޑައަޅާފައިވީނަމަވެސް، މި މަސައްކަތްތަކުގައި އޭސީސީއާއެކު އެއް ވިސްނުމެއްގައި ކޮރަޕްޝަނުގެ ޢަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ފަރުދުން ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި ކޮރަޕްޝަނުގެ ޢަމަލުތަކަށް ޖާގަ ނުދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުން އަޒުމް ކަނޑައަޅަންޖެހޭކަމަށާއި މިފަދަ ޢަމަލުތަކުގެ ސަބަބުން ގެއްލިގެންދާ ޙައްޤުތަކާއި މުދަލާއި ފައިސާއަށް އެކަށީގެންވާ އިންސާފު ހޯދުމުގައި ކަމާ ގުޅުންހުރި މުޢައްސަސާތަކުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް މުޅި ނިޒާމް އެކީގައި އެއް ވިސްނުމެއްގައި މަސައްކަތް ކުރެވެންޖެހޭކަމަށް ހިތާބުގައި ޝިއުނާ ވަނީ ފާހަގަކުރައްވާފައެވެ.

ޤައުމުގެ ތަފާތު ދާއިރާތަކުގައި އެކި ފެންވަރުގައި ޒިންމާ އުފުލަން މާދަމާގައި ތިބޭނީ މިއަދުގެ ދަރިވަރުންކަން ފާހަގަކޮށް ޝިއުނާ ވިދާޅުވީ އެންމެ ތުއްތު ޢުމުރު ފުރައިން ތަޢުލީމީ ހަޔާތް ނިމި މުޖުތަމަޢުގެ ތެރެއަށް ނުވަތަ ވަޒީފާގެ މާހައުލަށް ނުކުތުމުގެ ކުރިން ކޮންމެ ދަރިވަރަކީވެސް ނަޒާހަތްތެރި ދަރިވަރަކަށް ވާންޖެހޭކަމަށެވެ. އަދި އެ އައުޒުމުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިން ގެ ޒިންމާ ވަރަށް ބޮޑުކަމަށާއި ގޭތެރޭގައި އުޅޭއުޅުމުގައި ނަޒާހަތްތެރި ސިފަތަކަށް ދަރިން ލޯބި ޖެއްސުމުގެ އިތުރުން ގެއިން ބޭރުގައި އުޅޭއުޅުމުގައިވެސް ދަރިންނަށް ފާރަވެރިވާންޖެހޭކަމަށް ޝިއުނާ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ދަރިވަރުންގެ ތަޢުލީމީ ހަޔާތުގެ ދުވަސްވަރުގައި އެ ދަރިވަރުންގެ ކިބައިގައި ނަޒާހަތްތެރިކަމުގެ ސިފަ އަށަގެންނެވުމަށް މުދައްރިސުންގެ ޒިންމާ ބޮޑުކަން ފާހަގަކޮށް ޝިއުނާ ވިދާޅުވީ ނަޒާހަތްތެރިކަމުގެ ނަމޫނާ ބަޔަކަށް މުދައްރިސުން ވާންޖެހޭކަމަށައި މައިންބަފައިންނާއި މުދައްރިސުންގެ އެންމެ އިސް ވާޖިބަކަށް ވާންޖެހޭނީ، އެ ދަރިވަރުންނަކީ ޤައުމު ފަހުރުވެރިވާ ނަޒާހަތްތެރި ދަރިންތަކަކަށް ހެދުމަށްކަމަށެވެ. ޝިއުނާ ވިދާޅުވީ އޭސީސީގެ ތަސައްވުރަކީ ދިވެހި މުޖުތަމަޢުއަކީ ކޮރަޕްޝަނުގެ ޢަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަމަޢަކަށް ހެދުންކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް