Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

އެމްޑީއެން އާއި ސަލަފު އުވާލަންޖެހޭކަމަށް ގަބޫލެއްނުކުރަން، އެއީ ނުރައްކާތެރި ވިސްނުމެއް: ރައީސް ނަޝީދު

7 ޑިސެމްބަރު 2019 | ހޮނިހިރު 18:14

އެމްޑީއެން އަދި ސަލަފު އުވާލުމަކީ ނުރައްކާތެރިކަމެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 7 ޑިސެމްބަރު 2019 | ހޮނިހިރު 18:14
މަޖިލީހުގެ ރައީސް، ރައީސް ނަޝީދު

މަޖިލީހުގެ ރައީސް، ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވަރކް (އެމްޑީއެން) އާއި ސަލަފު ޖަމްޢިއްޔާ އުވާލުކީ ވަރަށް ނުރައްކާތެރިކަމެއްކަމަށާއި، އެދެ ޖަމްޢިއްޔާ އުވާލަންޖެހޭ ކަމަށް ޤަބޫލުފުޅުވެސް ނުކަރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމާއި ގުޅިގެން މަޖިލީހުން ރައްޔިތުންނަށް އާސްކް ސްޕީކަރގެ ނަމުގައި މަޖިލީހުގެ ރައީސާއި ސުވާލުކުރުމަށް ފުރުޞަތު ހުޅުވައި ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކްލަބް، ޖަމްޢިއްޔާއާއި، ޕާޓީތައް އުވާލުމުގެ ވިސްނުމަކަށް ދިއުމަކީ ވަރަށް ވިޔާނުދާ ވިސްނުމެއްކަމަށާއި އެއީ ވަރަށް ނުރައްކާތެރި ވިސްނުމެއްކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ޖަމްޢިއްޔާއެއް ކުށްވެރި ނުވާނެކަމަށާއި ޤާނޫނުލްއުޤޫބާތާއި ޚިލާފު އަމަލެއް ޖަމްޢިއްޔާއެއްގައި މަސައްކަތްކުރާ ފަރާތަކުން ހިންގައިފިކަމުގައިވާނަމަ، އެ ފަރާތަކާއި މެދު ފިޔަވަޅުއަޅަންޖެހޭނެކަމަށެވެ. ޢާންމު ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވި މި ޕްރޮގުރާމުގައި ރައީސް ނަޝީދަށް ވަނީ ތަފާތު އެކި ސުވާލުތަށް ކުރިމަތިކުރުވާފައެވެ. އެގޮތުން އެމްޑީއެންއާއި ސަލަފު ޖަމްޢިއްޔާ އުވާލުމުގައި ރައީސް ނަޝީދުގެ ވިސްނުންފުޅަކީ ކޮބައިކަން ސުވާލަކަށް އައިސްފައިވާއިރު، އެ ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ ދެޖަމްޢިއްޔާވެސް އުވާލައިގެން ނުވާނެކަމަށް ވިދާޅުވެފައެވެ.

ދެތަންވެސް އުވާލައިގެން ނުވާނޭ އަޅުގަޏދުގެ ވާހަކައަކީ. ސަލަފުވެސް އުވާލައިގެން ނުވާނޭ. އެމްޑީއެންވެސް އުވާލައިގެން ނުވާނޭ. ޖަމިއްޔާއެއް ހުރެފައި ކުއްވެރިއެއް ނުވާނޭ އިނގޭތޯ. ޖަމިއްޔާގެ ހުރި ކަމެއް ކުރި މީހެއްގެ މައްޗަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭނީ. ކްލަބް ޖަމިއްޔާ ޕާޓީތައް އުވާލުމުގެ ވިސްނުމަކަށް ދިއުމަކީ ވަރަށް ވިޔާނުދާ ވިސްނުމެއް. ނުރައްކާތެރި ވިސްނުމެއް. އަޅުގަނޑަށް ފެންނަ ފެނުމުގައި ސަލަފުވެސް އުވާކުން އެއީ ރަނގަޅު ކަމެއް ނޫން. އަދި އެމްޑީއެން އުވާލުންވެސް އެއި ރަނގަޅު ކަމެއް ނޫން. ސަލަފުގެވެސް އެމްޑީއެންގެވެސް ކުށްކޮއްފިއްޔާ ކޮންމެ މީހަކަށްވެސް ހައްގު އަދަބު ދެވެން ޖެހޭނެ.

''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް (އެމްޑީއެން) ފަރާތުން ޢާންމުކުރި ރިޕޯޓުގައި މާތްﷲ އަށާއި ރަސޫލާ އަށް ފުރުއްސާރަކޮށްފައިވާތީ އެ ޖަމްޢިއްޔާ އުވާލައިފައިވާއިރު، މި ދަނޑިވަޅުގެ ބޭނުން ހިފައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ދީން އައްޑަނައަކަށް ނަގައި ވެރިކަން ވައްޓާލައި ޤައުމުގެ ޞުލްޙަ މަސްލަސްކަން ނަގާލުމަށްޓަކައި އެކި ފަހަރު މަތިން ދީން ދިފާޢުކުރުމުގެ ނަމުގައި މުޒާހަރާތަށް ބާއްވާފައެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ދީނީ ޖަމާޢަތްތަކުންނާއި، އިދިކޮޅު ބައެއް މެންބަރުންގެ ފަރާތުން ސަރުކާރުން ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތައް ފަތުރަން މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ. ރައީސް ނަޝީދު ވިދާޅުވީ ކްލަބު، ޖަމްޢިއްޔާ ނުވަތަ ޕާޓީތައް އުވާލުމުގެ ވިސްނުމަކަށް ދިއުމަކީ ވަރަށް ވިޔާނުދާ ވިސްނުމެއްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ސަލަފު ނުވަތަ އެމްޑީއެންއަށް ނިޞްބަތްވާ ފަރާތަކުންވެސް ކުށެއްކޮށްފިނަމަ، އެމީހަކަށް ޙައްޤު އަދަބު ދެވެން ޖެހޭނެކަމަށެވެ.

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް ޖަމިއްޔަތުއް ސަލަފުން ވަނީ މީގެކުރިން އިސްލާމިކް މިނިސްޓަރަށް ހުށަހަޅައިފައެވެ. ޖަމިއްޔަތުއްސަލަފުން މިނިސްޓަރު ޒާހިރަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކް (އެމްޑީއެން) އިން އިސްލާމްދީނަށާއި, ކީރިތި ރަސޫލާއަށް ފުރައްސާކޮށް ނެރެފައިވާ ''ޕްރީލިމިނަރީ އެސެސްމަންޓް އޮފް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް'' ރިޕޯޓު ދިފާޢުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް