Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތް އޭޝިއަން ގޭމްސް

ސައުތު އޭޝިއަން ގޭމްސް: ކުޅުނު ދެވަނަ މެޗުން ވެސް ބަލިވެ އަންހެން ހޭންޑް ބޯޅަ ޓީމު މުބާރާތުން ކަޓައިފި

ޕާކިސްތާނާއި ވާދަކޮށް ދިވެހި ޓީމު ބަލިވީ 32 ލަނޑު 27 ލަނޑުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2019 | ބުރާސްފަތި 14:42
ޕާކިސްތާނު އަދި ރާއްޖެ ބައްދަލުކުރު މެޗުގެ ތެރެއިން

ޕާކިސްތާނު އަދި ރާއްޖެ ބައްދަލުކުރު މެޗުގެ ތެރެއިން

އަންހެން ޤައުމީ ހޭންޑް ބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

ރާއްޖެ ހިމެނޭ ގުރޫޕްގައި ހިމެނެނީ ރާއްޖޭގެ އިތުރުން މިސަރަހައްދުގެ ގަދަ ދެ ބާރު ކަމުގައިވާ އިންޑިއާއާއި ޕާކިސްތާންއެވެ.

ރާއްޖެއިން ގުރޫޕްގެ ފުރަތަމަ މެޗުގައި ބުދަ ދުވަހު އިންޑިއާ އާ ވާދަކޮށް ބަލިވެފައި ވާއިރު، މިގުރޫޕްގެ ފަހު މެޗުގައި ބުރާސްފަތި ދުވަހު ޕާކިސްތާނާއި ވާދަކޮށް ދިވެހި ޓީމު ބަލިވީ 32 ލަނޑު 27 ލަނޑުންނެވެ.

މިމެޗުން މޮޅުވެގެން އަންހެން ޤައުމީ ހޭންޑް ބޯޅަ ޓީމަށް ސެމީއަށް ދިއުމުގެ ފުރުސަތު އޮތެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ޕާކިސްތާނު ޓީމުގެ ފާރާތުން އަވަސް ކުޅުމެއް ފެނިގެންދިޔައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޕާކިސްތާނުންވަނީ 16 ލަނޑު ޖަހާފައެވެ. އަދި ފުރަތަމަ ހާފުގައި ރާއްޖެއަށް ޖެހުނީ 12 ލަނޑެވެ. މެޗުގައި ރާއްޖެއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ ޕާކިސްތާނުގެ ޑިފެންޑަރުންނެވެ. 4 ލަނޑުގެ ތަފާތުން ދިވެހިރާއްޖެ ފުރަތަމަ ހާފުގައި ބަލިވިނަމަވެސް، ދެވަނަ ހާފުގައި ރާއްޖޭންވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަމަވެސް ޕާކިސްތާނުގެ ހަށިގަނޑުން ވަރުގަދަ ކުޅުންތެރިންވަނީ ރާއްޖޭގެ ކުޅުންތެރިން ކުޅެމުންދިޔަ އެޓޭކިންގ ގޭމު ހުއްޓުވައިފައެވެ. މެޗުގެ ދެވަނަ ހާފުގައި ދިވެހި ޓީމުން ވަނީ ފުރަތަމަ ހާފަށް ވުރެ ރަނގަޅަށް ކުޅެފައެވެ.

މިބައްޔާއެކު ރާއްޖޭގެ އަންހެނުންގެ ހޭންޑް ބޯޅަ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު