Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މިނިވަން މުއައްސަސާތަކަށް އެންމެ ގާބިލު ބޭފުޅުން ކަނޑައެޅުމުގައި ކޮމިޓީއަށް ހުރަސްތަކެއް

މިހާރު ގަވާއިދުގައިވާ ގޮތުން ކޮމިޓީގެ ތިންބައި ކުޅަ ދެ ބައިގެ އަޣްލަބިއްޔަތު ލިބިގެން ނޫންގޮތަކަށް ނަމެއް ތަޅުމާ ހަަމައަަށް ނާދޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ޑިސެމްބަރު 2019 | ހޯމަ 13:04
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު މިހާރު އޮތް ގޮތުން މިނިވަން މުއައްސަސާތަކަށް މެންބަރުން ޢައްޔަނުކުރުމުގައި އެންމެ ޤާބިލު ފަރާތްތަކުގެ ނަންތައް ތަޅުމާ ހަމައަށް އައުމުގައި ހުރަސްތަކެއް ކުރިމަތިވާކަމަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި މީގެކުރިން އޮންނަނީ މިނިވަން މުއައްސަސާތަކަށް މެމްބަރުން ޢައްޔަނު ކުރުމަށްޓަކައި ކޮމިޓީން މާކްސްދޭ ގޮތަށެވެ. އަދި އެއަށްފަހު ކޮމިޓީން އިސްކަންދޭ ތަރުތީބުން މަޖިލީހުގެ ތަޅުމަށް ހުރިހާ ނަންތައް ފޮނުވާގޮތަށެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުން ޤަވާއިދަށް ގެނައި އިޞްލާޙާއެކު ޤަވާއިދުގެ 201 ވަނަ މާއްދާގެ ޅ ގައި ބުނަނީ މަޤާމުގެ ޝަރުޠުހަމަވާ ކަމަށް ކޮމިޓީއަށް ނަން ހުށަހަޅާފައިވާ ކޮންމެ ފަރާތެއް އެ މަޤާމަށް ޢައްޔަނުކުރުމާމެދު ނުވަތަ ރުހުން ދިނުމަށް ފެންނަކަމާމެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓު ނަގަންވާނެކަމަށެވެ. އަދި މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްވާނީ ކޮމިޓީގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްވާ ނަންތަކެވެ. އަދި ކޮމިޓީ ރިޕޯޓުގައި އެކަން ފާހަގަކުރަންވާނެ އެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި ތިއްބަވަނީ 12 މެމްބަރުންނެވެ. އެކޮމިޓީގެ އަޣްލަބިއްޔަތަކީ 8 މެމްބަރުންނެވެ. ހޯމަ ދުވަހުގެ ޖަލްސާއަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް އައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު އެރިޕޯޓު ހުށަހަޅުއްވަމުން ރޮޒައިނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންތަކުގެ ތެރެއިން ހުރިހާ ނަމެއް މަޖިލީހުގެ ތަޅުމަށް މަޖިލީހުގެ މެމްބަރުން އެއާދޭތެރޭ ގޮތެއް ނިންމުމަށް ގެނެވޭގޮތަށް މަޖިލީހުގެ ޤަވައިދުގައި ނެތުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެއީ މިހާރު މަޖިލީހުގެ ޤަވާއިދު އޮންނަގޮތުން ކޮމިޓީގެ މެމްބަރުން ވޯޓު ދެއްވާ ވޯޓުގެ އަޣްލަބިއްޔަތު ނުލިބޭ ފަރާތަކީ ކިތަންމެ ޤާބިލު ފަރާތެއް ކަމުގައިވިޔަސް އެނަމެއް ތަޅުމާ ހަމައަށް އައުމުގެ ފުރުޞަތު ނޯންނާތީކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެގޮތަށް އެކަން އޮތުމުގެ ސަބަބުން އެންމެ މެންބަރަކަށް މުޅި ކޮމިޓީގެ ނިންމުން ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެގޮތަށް ދިމާވާ ސަބަބު ހާމަކުރައްވަމުން ރޮޒައިނާ ވިދާޅުވީ ތިން ބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްކުރަން ބަލާއިރު އިންޓަރވިއު ކުރާއިރު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ހާޒިރުވެވަޑައިގެން ތިއްބަވަނީ އެކި މިންވަރަށްކަމަށެވެ. 8 މެމްބަރުން ތިއްބަވާ ވަގުތެއްގައި އެންމެ މެމްބަރަކު ވޯޓު ނުދިންކަމުގައި ވިޔަސްވެސް އެބޭފުޅެއްގެ ނަން ތަޅުމާ ހަމައަށް އައުމުގެ ފުރުޞަތު ގެއްލޭއިރު 12 މެމްބަރުން ތިއްބަވައިގެން އިންޓަރވިއު ކުރާ ގަޑިއެއްގައި އެއް މެމްބަރަކަށް އަދި ނުފެނުނު ކަމުގައިވިޔަސް އެފަރާތެއްގެ ނަން ތަޅުމަށް އައުމުގެ ފުރުޞަތު ލިބިގެންދާތީ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

އަދި މިއީ އެންމެ އިންސާފުން މިކަން ހިނގާގޮތްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ މިގޮތަށް މިކަން ހިނގާތީ މިކަން ބަދަލުކުރުމަށް ޢާންމު ކޮމިޓީއަށް ފޮނުވާފައިވާކަމަށާއި ޤަވާއިދަށް ވީ އެންމެ އަވަހަކަށް ޢާންމު ކޮމިޓީން ބަދަލު ގެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރޮޒައިނާގެ މިކަންބޮޑުވުންތަކަށް ތާޢީދު ކުރައްވާ ވާހަކަ ދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިހާރު ޢަމަލުކުރަމުންދާ އިންތިޒާމުތަކުގެ ތެރެއިން ޢަދުލުވެރިކަމާއެކު މިކަން ކުރިޔަށް ދިޔުމުގެ ފުރުޞަތު ކުޑަކަމުގައި ވަނީނަމަ އެއަށް ބަދަލު ގެންނަންޖެހޭ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކަށް މެމްބަރުން ޢައްޔަނުކުރުމުގައި މަޖިލީހުގެ ދައުރެއް އޮތުމުގެ އެންމެ ބޮޑު މަޤުޞަދަކީ ރައީސް އޮފީހުން އެކަން ކުރެއްވުމަށްވުރެ ބޮޑަށް ޢަދުލުވެރިކަން ގެނައުން ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި މިކަމުގައި ރަނގަޅަށް އިންޓަވިއު ކުރެވިގެން އެންމެ ރަނގަޅު މީހަކު ހޮވޭނެ ގޮތަށް އުޞޫލު އޮންނަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކަށް މެންބަރުން ޢައްޔަނުކުރުމުގައި ޢަމަލުކުރަމުންދާ ގޮތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރ އަދި އެމްޑީޕީގެ ޕީޖީ ލީޑަރު ޢަލީ އާޒިމް ވަނީ ތަފާތު ޚިޔާލެއް ފާޅުކުރައްވާފަ އެވެ. އެގޮތުން އާޒިމް ވިދާޅުވީ ފާއިތުވި 7 އަހަރު މިނިވަން މުއައްސަސާތަކަށް މެންބަރުން ޢައްޔަނުކުރުމުގައި މަޖިލީހުން ގެންގުޅުނު އުޞޫލު ފެެއިލްވެފައިވާކަން ފާއިތުވި 7 އަހަރު މިނިވަން މުއައްސަސާތައް މަސައްކަތް ކޮށްފައިވާ ގޮތުން އެނގިގެންދާ ކަމަށެވެ. ފާއިތުވި ދެ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާކަމަށް ވިދާޅުވެ އާޒިމް ވިދާޅުވީ އޭރު ވަރަށް މަތިން ކޮމިޓީން މާކްސް ލިބޭ ފަރާތްތައް ތިއްބާ އެއަށްވުރެ ދަށްކޮށް މާކްސް ލިބޭ ފަރާތްތަކުގެ ނަންތައް ތަޅުމަށް ގެނެސްގެން ހޮވާފައި އެބަހުރި ކަމަށެވެ.

އެހެންކަމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތްކުރީ ޤަވާއިދަށް ބަދަލުގެނެސްގެން އެކަން ރަނގަޅު ކުރުމަށްކަމަަށް އާޒިމް ވިދާޅުވި އެވެ. މިހާރު މިއޮތްގޮތްވެސް ބަދަލު ކުރެވިދާނެ ކަމަށާއި ނަމަވެސް މިވަގުތަށް މިހާރު ޤަވާއިދުގައިވާ ގޮތަށް އެކަން ތަޖުރިބާ ކުރުމަށް އެދިވަޑައިގަންނަވާކަމަށް އާޒިމް ވިދާޅުވި އެވެ.

ބްރޯޑްކޮމްއަށް ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތަކުގެ ތެރެއިން އެއް ލިސްޓުގައިވާ ނަންތަކަށް ކޮމިޓީގެ އަޣްލަބިއްޔަތު ނުލިބިގެން ތަޅުމާ ހިސާބަށް އެއްވެސް ނަމެއް އައިސްފަ އެއް ނުވެއެވެ. އަނެއް ދެ ލިސްޓުން ކުރީގައި އުޅެނީ ޝިފްލާ އިބްރާހީމް އާއި އަހުމަދު ގައިސް އާއި މަރިޔަމް ވަހީދާ އަދި އައިމިނަތު އަމީނާ(އަނާ) އެވެ. މިނަންތަކަށް އަންގާރަ ދުވަހު އޮންނަ ޖަލްސާގައި ވޯޓަށް އަހާނެއެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
27 ޖެނުއަރީ 2017

ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

27 ޖެނުއަރީ 2017
ނާޒިމް މިނިވަންކުރުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
26 ޖެނުއަރީ 2017

ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި

26 ޖެނުއަރީ 2017
ނާޒިމް މިނިވަންކޮށް ބަދަލުދޭން އދ. އިން ސަރުކާރަށް އަންގައިިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު