Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުލިގަމަށް އަންނަ ޔޮޓް ފަހަރު މަދުވުން

ގަވާއިދަށް ގެނައި ބަދަލާއެކު އުލިގަމަށް އަންނަ ޔޮޓްތަކުގެ އަދަދު ވަރަށް ބޮޑަށް މަދުވެއްޖެ: އުލިގަމް ކައުންސިލް

1 ޑިސެމްބަރު 2019 | އާދީއްތަ 19:06

ކްރޫޒްލައިނާއި ސެއިލާސްގެ ގޮތުގައި ދެމަރިން އަންނަ ޔޮޓުން ވެސް ފީ ނެގުމުގައި އެއް ހަމައެއް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ޑިސެމްބަރު 2019 | އާދީއްތަ 19:06
މަޖިލީހުގެ އިގްތިޞާދީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހއ. އުލިގަމް ކައުންސިލާ ބައްދަލު ކުރައްވަނީ-

މަޖިލީހުގެ އިގްތިޞާދީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ހއ. އުލިގަމް ކައުންސިލާ ބައްދަލު ކުރައްވަނީ-

ރާއްޖޭގައި ޔޮޓް ފަހަރު ބަނދަރުކުރުމާއި ގުޅުން ހުރި ޤަވާއިދުތަކަށް ގެނެވުނު ބަދަލުތަކެއްގެ ސަބަބުން ރާއްޖެއާއި، ވަކިން ޚާއްޞަކޮށް ހއ. އުލިގަލަށް އަންނަ ޔޮޓް ފަހަރުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އުލިގަމު ކައުންސިލުންނާއި ޔޮޓް ފަހަރުގެ އެޖެންޓުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެފި އެވެ.

މި ފަރާތްތަކުން މިކަން ޙިއްސާކޮށްފައިވަނީ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަމުންނެވެ.

Advertisement - newsAdvertisement

ރާއްޖޭގައި ޔޮޓް ފަހަރު ބަނދަރުކުރުމާއި ގުޅުން ހުރި ސަރުކާރުގެ ޤަވާއިދުތަކާއި އުޞޫލްތަކައް ގެނައި ބަދަލުގެ އުލިގަމުގައި ޔޮޓް ބަނދަރުކުރުން މިހާރު މަދުވެފައިވާކަން ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން، އުލިގަމު ކައުންސިލާއެކު ބޭއްވި ބައްދަލުމުގައި ވާހަކަ ދައްކަވަމުން އުލިގަމު ކައުންސިލުގެ ރައީސް އަޙްމަދު މުއާޒު މުހައްމަދު އަދި ކައުންސިލް މެމްބަރު އިމާދު އަބްދުﷲ ވިދާޅުވީ، އުލިގަމުގައި ޒަމާނުއްސުރެން ކޮންމެ ދުވަހަކު އެތައް ޔޮޓްފަހަރެއް ބަނދަރު ކުރާކަމަށާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޚިދުމަތް ހޯދަމުންދާ ރަށަކަށްވެސް އުލިގަމު ވާނެ ކަމަށެވެ. ނަމަވެސް ޤައިވާދަށާއި އުޞޫލްތަކަށް ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން މިހާރު ޔޮޓް ފަހަރު އުލިގަމަށް އަންނަ މިންވަރު މަދުވެފައިވާ ކަމަށެވެ.

އުލިގަމު ކައުންސިލާއެކު، އެބައްދަލުވުމުގައި ބައިވެރިވި، އުލިގަމުގައި ޔޮޓް ފަހަރުގެ ލޯކަލް އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަސަދުﷲ މުޙައްމަދު ވިދާޅުވީ، ޔޮޓް ފަހަރު ބަނދަރުކުރުން ބޮޑުތަނުން މަދުވެފައިވަނީ ވޭތުވެދިޔަ ސަރުކާރުތަކުން ޤައިވާދަށާއި ފީނެގުމުގެ އުޞޫލުތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުތަކަށް އެކަމުގައި ހުރި ގޮތްޖެހުންތައް ޙިއްސާކުރި ކަމަށެވެ. އެހެންނަމަވެސް އެމީހުންގެ ފާޅުކުރި ކަންބޮޑުވުންތަކަށް ވޭތުވެދިޔަ ސަރުކާރުތަކުން ދިނީ ބީރު ކަންފަތެއް ކަމަށެވެ.

އަސަދުﷲ ވިދާޅުވީ، އެންމެބޮޑު ގޮންޖެހުމަކީ، ޤަވާއިދު ހަދާއިރު، ބޮޑެތި ކުރޫޒްލައިނާ ފަދަ އުޅަނދުތަކަށް ޢަމާޒުކޮށްގެން ޤަވާއިދު ހެދުމުން ޔޮޓް ފަހަރު ނުވަތަ ސެއިލަރސްގެ ގޮތުގައި ރާއްޖެ އަންނަ ކުދި އުޅަނދު ފަހަރަށް ދިމާވާ ގޮންޖެހުންތައް ކަމަށެވެ. އެގޮތުން ކެޓަގަރީ ނުކޮށް، ބޮޑެތި ކުރޫޒު ލައިނާ ފަދަ އުޅަނދުތަކާއި ސެއިލަރސްގެ ގޮތުގައި އަންނަ ކުދި އުޅަނދު ފަހަރުތަކުގެ އަތުން ނަގާ ފީ އެއް ހަމައެއްގައި ނެގުމަކީ އެއީ ހަމަޖެހޭ އުޞޫލެއްކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

އެގޮތުން އޭނާ ވިދާޅުވީ، ބޮޑެތި ކުރޫޒް ލައިނާ ފަދަ އުޅަނދުތަކަކީ ގިނަ ޢަދަދެއްގެ ފަތުރުވެރިން ގޮވައިގެން ދުނިޔޭއެކި ކަންކޮޅުތަކަށް ދަތުރުކުރާ އުޅަނދުތަކަށްވެފައި، އެއީ ކުރޫޒްލައިނާއިން ކުރާ ވިޔަފާރިއެއް ކަމަށެވެ. ނަމަވެސް ޔޮޓް ފަހަރާއި ސެއިލަރސްގެ ގޮތުގައި އަންނަ ފަތުރުވެރިންނަކީ، އެމީހުންގެ ހިތްހަމަޖެހުމަށް އަމިއްލަ އުޅަނދުގައި ރިޓަޔަރ ކޮށްފައި ތިބޭ ދެމަފިރިން ނުވަތަ ދެތިން މީހަކު، ވަރަށް ކުޑަ ބަޖެޓެއްގައި ކުރަމުންދާ ދަތުރުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކްރޫޒް ލައިނާއިން 5،000ރ ނަގާފައި، ސެއިލަރސްގެ ގޮތުގައި އަންނަ ކުދި އުޅަނދު ފަހަރުން 5،000ރ ނެގުމަކީ ހަމަޖެހޭ ކަމެއްގެ ގޮތުގައި ޤަބޫލު ނުކުރެވޭ ކަމަށް ވެސް އަސަދުﷲ ވިދާޅުވި އެވެ.

އަސަދުﷲ ވިދާޅުވީ ސެއިލަރސްގެ ގޮތުގައި އަންނަ ޔޮޓް ފަހަރުތައް މައިގަނޑު ގޮތެއްގައި އުލިގަމަށް ބަނދަރު ކުރަނީ އެމީހުންނަށް ބޭނުންވާ ކާނާއާއި ތެލާ ފެންފަދަ ތަކެތި ބަރުކުރުމަށާއި، ކުދިކުދި މަރާމާތު ކޮށްލުމަށް ކަމަށެވެ. އަދި އެމީހުންނަކީ ފަތުރުވެރިންގެ ގޮތުގައި މާނަ ކުރުމަށްވުރެ، އެމީހުންނަކީ ދަތުރުވެރިންގެ ގޮތުގައި، ޤަވާއިދު ހަދާއިރު މާނަ ކުރުމުން ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމަށް ވެސް އަސަދުﷲ ވިދާޅުވި އެވެ.

މީގެއިތުރުން އަސަދުﷲ ވިދާޅުވީ، އުލިގަމުގައި ބަނދަރުކުރާ ޔޮޓް ފަހަރު ބަނދަރު ކުރުމާއި ފުރުވާލުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދައުރެއް އޮތްއިރު، މިހާތަނަށް އުލިގަމުގައި އެމްޕީއެލްގެ އިދާރާއެއް އަދި އެއްވެސް މުވައްޒަފަކު ނުހުންނާތީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހި، ޚިދުމަތް ދިނުމުގައި އުނދަގުލާ ކުރިމަތިލާންޖެހި، ޚިދުމަތް ހޯދާ ޔޮޓް ފަހަރުތަކުގެ ޝަކުވާ އިންތިހާއަށް ލިބެމުންދާ ކަމަށެވެ. ނަމަވެސް އެމްޕީއެލްއަށް ދައްކަންޖެހޭ ފީ ބަރާބަރަށް ދައްކަން ޖެހޭ ކަމަށްވެސް އަސަދުﷲ ވިދާޅުވި އެވެ.

އަސަދުﷲ ވިދާޅުވީ ސަރުކާރުގެ އޮފީސްތަކުން ހޯދަންޖެހޭ ލިޔެކިޔުންތައް ނުވަތަ ހުއްދަތައް ލިބުމުގައި ދަތިތައް ދިމާވާތީ، ބުރާސްފަތި ދުވަހު ހެނދުނު އަންނަ ޔޮޓް ތެލާއި ފެނާއި ކާބޯތަކެތި އަރުވައިގެން ހަމަ އެދުވަހުގެ ހަވީރު ފުރަން ބަލާއިރު، ފުރޭގޮތް ނުވެ، އަދި ހަފުތާ ބަންދާ ދިމާވެއްޖެ ޙާލަތެއްގައި، ދެން އެ ޔޮޓް ފުރުމުގެ އިންތިޒާމު ހަމަޖައްސައިދެވެނީ ހޯމަ ދުވަހު ކަމަށެވެ.

"އަވަށްޓެރި ސްރީލަންކާ އާއި ތައިލޭންޑް އަދި މެލޭޝިއާ ފަދަ ޤައުމުތަކުގައި ޔޮޓް ބަނދަރުކުރާތާ، އެއްގަޑި އިރުގެ ތެރޭގައި ކްލިއަރެންސް ހޯދައިގެން، އެމީހުން ބޭނުންވާ ޚިދުމަތެއް ހޯދައިގެން ފުރޭ، ކީއްވެތޯ ރާއްޖޭގައި އެ ޚިދުމަތް ނުދެވެންވީ،" އަސަދުﷲ ވިދާޅުވި އެވެ.

އަސަދުﷲ ވިދާޅުވީ، ޤަވާއިދުތަކާއި އުޞޫލުތައް އެގޮތަށް ހުންނާތީ، ޔޮޓް ދަތުރުފަތުރު ކުރާ ފަރާތްކާއި، އެމީހުންގެ އެޖެންޓުން ކަންބޮޑުވާ ކަމަށާއި، އެފަދަ ބައެއް ޝުޢޫރުތައް ނުވަތަ ކޮމެންޓުތައް ދުނިޔޭގެ މަޝްހޫރު ބައެއް ވެބްސައިޓްތަކުގައި ލިޔެފައި ހުންނަ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
14 ފެބުރުއަރީ 2017

ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ

14 ފެބުރުއަރީ 2017
ތެލަސީމިއާ ކުދިން ބޭނުން ކުރާ އަސުންރާ ބޭސް ފުވައްމުލަކުން ހުސްވެފައި، އަންނަ ހަފްތާގައި އެކަން ހައްލުވާނެ: އެސްޓީއޯ
08 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް

08 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންނަށް އަންނައުނެއް ނުދޭ: ވަކީލް
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް