Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންޑަން ބްރިޖު ހަމަލާ

ލަންޑަން ބްރިޖު ހަމަލާ: އާންމުންގެ 2 މީހަކު މަރުވެ 3 މީހަކު ޒަހަމްވެފައިވޭ

ބްރިޖް މަތީގައި ވަނީ ބަޑީގެ ހަމަލާތަކެއް ފޮނުވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 29 ނޮވެމްބަރު 2019 | ހުކުރު 23:12
ލަންޑަން ބްރިޖު

ލަންޑަން ބްރިޖު

ހުކުރު ދުވަހު ލަންޑަން ބްރިޖު މަތީގައި ހިނގި ހާދިސާގައި އާންމުންގެ 2 މީހަކު މަރުވެ 3 މީހަކު ޒަހަމްވެއްޖެއެވެ.

ލަންޑަންގެ މެޓްރޮޕޮލިޓިއަން ޕޮލިސް ކޮމިޝަނަރ ކްރެސިޑާ ޑިކް އާއި ހަވާލާދީ ބީބީސީގައި ރިޕޯރޓްކޮށްފައިވަނީ ، މި ހާދިސާއަކީ ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށާއި، ފުލުހުންނަށް ހާދިސާގެ ރިޕޯރޓް ލިބުނުތާ 5 މިނެޓް ތެރޭގައި އެތަނަށް ގޮސް ހަމަލާދިން މީހާ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށެވެ. އެގޮތުން އޭނާ ހުރީ ގައިގައި ބޮން ހަރުކޮށްގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އާންމުންގެ ތެރެއިން 2 މީހެއްގެ ގަޔަށް އޭނާ ވަޅިން ހަމަލާދީ މަރާލާފައިވާއިރު، އެ ސަރަހައްދުގައި އެވަގުތު އޮކްސްފޯރޑްގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި އާންމުން ތިބި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ޑިކް އާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ މި ހާދިސާ ހިނގި ގޮތުގެ ފުރިހަމަ ތަހުޤީޤެއް ހިންގާނެ ކަމަށާއި، މި ހަމަލާގައި އިތުރު މީހެއްގެ ބައިވެރިވުމެއް އޮތްތޯ ބަލަމުންދާ ކަމަށެވެ. އަދި މަރުވި މީހުން ދެނެގަތުމުގެ މަސައްކަތް އޮފިސަރުން ކުރަމުންދާ ކަމަށް ޑިކް ބުނެފައިވެއެވެ.

މި ހާދިސާއާއި ގުޅޭގޮތުން އާންމުވެފައިވާ ވީޑިއޯއިން އާންމުންގެ ތެރެއިން ބަޔަކު އޭނާއާއި ކުރިމަތިލާ މަންޒަރު ފެނިފައިވާއިރު، މި ހާދިސާގައި އާންމުންގެ ފަރާތުން ދެއްކި ހިތްވަރަށް އެ ޤައުމުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަންވެސް ވަނީ ތައުރީފު ކުރައްވާފައެވެ.

ލަންޑަންގައި ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅޭއިރު، ލަންޑަން ބުރިޖާ ދިވެހިން ކައިރިނުވާން އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެންބަސީން ވަނީ އިލްތިމާސް ކޮށްފައެވެ.

މިހާދިސާއާ ގުޅިގެން އެންބަސީން ބުނީ އެއްވެސް ދިވެއްސަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށާއި، ހާލަތުގެ ގޮތުން އެއްވެސް ދިވެއްސެއް ލަންޑަން ބުރިޖާއި ގާތް ނުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު