Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޖީ ބިޝާމް

ޕީޖީ ބިޝާމް މަޤާމުން އިސްތިއުފާ ދެއްވައިފި

28 ނޮވެމްބަރު 2019 | ބުރާސްފަތި 06:19

އިސްތިއުފާދެއްވީ ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ނޮވެމްބަރު 2019 | ބުރާސްފަތި 06:19
ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޖީ ބިޝާމްގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށާއި، އެކަމަނާގެ ޚިދުމަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި އެކަމަނާއަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަޤާމުން އިސްތިއުފާ ދެއްވުމުގެކުރިން ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މަގާމުން ވަކިކުރަން، މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފައްޓަވާފައިވާ އިޖުރާއަތުތަކަކީ އިހުލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ގާނޫނުއަސާސީގެ ނައްޞާއި ރޫހާއެއްގޮތަށް ކުރިއަށް ގެންދަވާ އިޖުރާއަތުތަކެއްކަމުގައި ގަބޫލުނުކުރެވޭކަމަށެވެ.

ބަޔާނުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ، މަގާމުން ވަކިކުރުމުގެ މައްސަލައެއް ޖުޑީޝަރީ ކޮމެޓީން މަޖިލީހުގެ ރައީސަށް ފޮނުއްވުމުން މަޖިލީހުގެ ރައީސް އެ މައްސަލަ މަޖިލީހުގެ ތަޅުމަށް އިއްވަމުން ވިދާޅުވި ވާހަކަފުޅާއި، އެމައްސަލަ ކޮމެޓީއަށް ދިރާސާ ކުރުމަށް ފޮނުއްވުމުން، ކޮމެޓީން އެމައްސަލާގައި އަމަލު ކުރާގޮތް ތަފާތު ކަމަށެވެ. އެކަން ފާހަގަކުރައްވާ ޕީޖީ ބިޝާމްގެ ބަޔާނުގައި ވަނީ، އޭނާ މަގާމުން ވަކިކުރެއްވުމުގެ މައްސަލަ މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާއަށް އިއްވަމުން ވިދާޅުވެފައިވަނީ، މީހުން މެރުމާއި، ވަގަށް ނަގުމަށްފަހު، މަރާލެވިފައިވާ، އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލަތަކުގެ ރިޕޯޓްތަކަށް މަޖިލީހަށް ހުށަހެޅި މެމްބަރުން ބަހުސް ކުރައްވާއިރު، އަދި ވައްކަމާއި ފަސާދައާއި އަނިޔާއާއި ޓެރެރިޒަމްގެ އަމަލުތަކާއި ހައްދުފަހަނަ އެޅުމުގެ އަމަލުތަކާއި، މީގެން އެއްވެސް ކަމަކާ ގުޅޭގޮތުން ޕްރޮސެކިއުޝަނެއް އެކަށީގެންވާ ގޮތުގައި ހިނގާފައިވާތަން މެމްބަރުން ގަބޫލު ނުކުރައްވާކަން މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ދައްކަވާ ވާހަކަތަކުންނާއި ބައްދަލުވުންތަކުން އެނގޭ ކަމަށެވެ. އެހެންކަމުން ގާނޫނުއަސާސީގެ 228 ވަނަ މާއްދާގެ (ހ) ގައި ބުނާ ހާލަތަށް ރިއާޔަތްކޮށް، މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ޕީޖީ ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް ދަންނަވާފައިވާ ކަމަށް ބިޝާމްގެ ބަޔާނުގައިވެއެވެ.

ބިޝާމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެގޮތަށް ވިދާޅުވެ، އޭނާ މަގާމުން ވަކިކުރެއްވުމަށް، ޖުޑިޝަރީ ކޮމެޓީއަށް ފޮނުއްވުމުން، އެކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެ ކޮމެޓީގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާއަށް ރިޔާއަތްކޮށް، ޕީޖީގެ މަގާމުން އޭނާ ވަކިކުރުމުގެ ސަބަބެއް ކަމަށެވެ.

ބިޝާމް ވިދާޅުވަނީ، އޭނާ މަގާމުން ވަކިކުރުމުގެ ސަބަބެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި ވިދާޅުވުމާއި، ޖުޑީޝަރީ ކޮމެޓީން ފާހަގަކުރާ ސަބަބުތަކާ އެއްގޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ޕީޖީ ބިޝާމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި މީހުން މެރުމާއި، ބޮޑެތި ޖަރީމާތައް ރާއްޖޭގައި ހިނގާދިޔައިރު، ވެސް އެމަގާމުގައި ހުންނެވި ފަރާތެވެ. އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލައި، މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ޖަލަށްލިއިރުވެސް ޕީޖީގެ މަގާމުގައި ހުންނެވީ ބިޝާމް އެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އާ ރަންވޭގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 ފެބުރުއަރީ 2017
އާ ރަންވޭގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
22 ފެބުރުއަރީ 2017

ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި

22 ފެބުރުއަރީ 2017
ބިޝާމްއާ މެދު ހިތްހަމަނުޖެހިގެން ޕީޖީގެ ފުންނާބު އުސް ދެ ވަކީލަކު އިސްތިއުފާ ދީފި
22 ފެބުރުއަރީ 2017

އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި

22 ފެބުރުއަރީ 2017
އުމަރު ނަސީރަށް ރައީސް މައުމޫން ރައްދު ދެއްވައިފި
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް