Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތް އޭޝިއަން ގޭމްސް

ސައުތް އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޒުވާން ފުޓުބޯޅަ ޓީމު ނޭޕާލަށް ފުރައިފި

އަނިޔާގެ ސަބަބުން މުބާރާތުގައި މުހިންމު ގިނަ ކުޅުންތެރިންނަށް ނުކުޅެވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 28 ނޮވެމްބަރު 2019 | ބުރާސްފަތި 03:40
23 އަހަރުންދަށުގެ ފުޓުބޯޅަ ޓީމު

23 އަހަރުންދަށުގެ ފުޓުބޯޅަ ޓީމު

ޑިސެމްބަރު މަހު ނޭޕާލުގައި ފެށުމަށް ހަމަޖެހިފައިވާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު ނޭޕާލަށް ފުރައިފިއެވެ.

މިފަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖެއިން ލައްވައިލައިފައިވަނީ އިންޑިއާއާއި އެއް ގްރޫޕެއްގައެވެ. މި ގްރޫޕްގައި ދެން ހިމެނިފައިވަނީ ސްރީލަންކާއެވެ. އެންމެ ފަހުގެ ގޭމްސްގައި ވެސް ރާއްޖެއިން ލައްވައިލައިފައިވަނީ މި ދެޓީމާއި އެއް ގްރޫޕެއްގައެވެ.

ގޭމްސްއަށް ފުރުމުގެ ކުރިން މީޑިއާ އާއި ވާހަކަދައްކަމުން ރާއްޖެ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނީ އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންނަށް މި މުބާރާތުގައި ބައިވެރިނުވެވޭ ކަމަށާއި ނަމަވެސް ގޭމްސްއަށްދާ ސްކޮޑަކީ ވަރުގަދަ އަދި ނަތީޖާ ނެރެވޭނެ ސްކޮޑެއް ކަމަށެވެ.

މި މުބާރާތުގެ ގްރޫޕް "އޭ" ގައި ހިމެނިފައިވަނީ މުބާރާތް ބާއްވާ ގައުމު ނޭޕާލް، ބަންގްލަދޭޝް އަދި ބޫޓާނެވެ.

13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓްގެ ކުޅުން ފަށާނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި ބަންގްލަދޭޝްއެވެ.

މި މުބާރާތުގެ ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މިއަހަރުގެ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ފިރިހެން ފުޓުބޯޅަ ޓީމުގެ އިތުރުން އަންހެން ފުޓުބޯޅަ ޓީމުވެސް ބައިވެރިވާނެއެވެ. އެގޮތުން އަންހެން ފުޓުބޯޅަ އިވެންޓްގައި ވާދަކުރާނީ ރާއްޖޭގެ އިތުރުން ނޭޕާލް، އިންޑިއާ އަދި ސްރީލަންކާ އެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި
25 މާރިޗު 2017

އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ

25 މާރިޗު 2017
އޭޝިއަން ކަޕް ކޮލިފައިން: ރާއްޖެއާ ދެކޮޅަށް ކުޅުމަށް ފަލަސްތީން ޓީމު ރާއްޖެ އަތުވެއްޖެ
19 މާރިޗު 2017

ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި

19 މާރިޗު 2017
ޒުވާން ކުޅުންތެރިންތަކާއެކު ފަލަސްތީން މެޗަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި
17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
15 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި

15 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގައި ވާދަކުރުމަށް ޓީސީ ބަންގްލަދޭޝް އަށް ފުރައިފި
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު