Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމައިކަލް ބްލޫމްބާގް

މައިކަލް ބްލޫމްބާގް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރަން ނިންމައިފި

މައިކަލް ބްލޫމްބާގް ވަނީ ނިއު ޔޯކްގެ މޭޔަރުކަން ކުރައްވާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 26 ނޮވެމްބަރު 2019 | އަންގާރަ 02:40
މައިކަލް ބްލޫމްބާގް

މައިކަލް ބްލޫމްބާގް

އެމެރިކާގެ ބިލިއަނަރ މައިކަލް ބްލޫމްބާގް އަންނަ އަހަރު އެޤައުމުގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން އިޢުލާން ކުރައްވައިފިއެވެ.

އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ވާދަ ކުރައްވަން ނިންމެވިކަން އިޢުލާން ކުރައްވަމުން ބްލޫމްބާގް ވިދާޅުވީ، ރިޔާސީ ރޭހުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިކޮށް، އެމެރިކާ އާރާސްތު ކުރުމުގެ ވިސްނުމުގައި ކަމަށެވެ.

މީގެ އިތުރުން ބްލޫމްބާގް ވިދާޅުވީ، ރައީސް ޓްރަމްޕްގެ ފަރާތުން ފެނިގެންދަނީ ޒިންމާދާރުކަން ކުޑަ ޢަމަލުތަކެއް ކަމަށާއި ޓްރަމްޕްގެ ޒިންމާދާރުކަން ކުޑަ ޢަމަލުތަކަށް އިތުރު ހަތަރު އަހަރު ދެވެން ނެތް ކަމަށެވެ. އަދި ޓްރަމްޕަށް އިތުރު ދައުރެއް ލިބިއްޖެނަމަ، އޭގެ ސަބަބުން ޤައުމަށް ލިބޭ ގެއްލުންތަކުން އެމެރިކާއަށް ދުވަހަކުވެސް އަރައިނުގަނެވިދާނެ ކަމަށް ބްލޫމްބާގް ވިދާޅުވިއެވެ.

ބްލޫމްބާގަކީ ދުނިޔޭގެ ނުވަ ވަނައަށް އެންމެ މުއްސަނދި މީހާއެވެ. އޭނާގެ މިލްކިއްޔާތު 54.4 ބިލިއަން ޑޮލަރަށް އަރައެވެ. އޭނާ ވަނީ އޭނާގެ ކެމްޕޭނުގައި ޓީވީ އިޝްތިހާރުތަކަށް ޚަރަދުކުރުމަށް އެކަނިވެސް 30 މިލިއަން ޑޮލަރު ކަނޑައަޅުއްވާފައެވެ. މިއީ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގެ އިޝްރިހާރުތަކަށް ކެންޑިޑޭޓަކު މިހާ ބޮޑު ޚަރަދެއް ކުރާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ބްލޫމްބާގް ވަނީ އެމެރިކާގެ ސިޓީ އެއް ކަމަށްވާ ނިއު ޔޯކުގެ މޭޔަރުކަން 2001 އިން 2013 އަށް ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި

23 ފެބުރުއަރީ 2017
އެމެރިކާގެ އާ އިމިގްރޭޝަން ގައިޑްލަނަށް މެކްސިކޯ ދެކޮޅު ހަދައިފި
22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު