Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން

އެމްޑީޕީއަށް ގުޑުވާނުލެވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ އަޅުގަނޑު: ރައީސް ޔާމީން

ހުރިހާ ސިޔާސީ ލީޑަރުން މިވަގުތު އެމްޑީޕީއާއެކު އެތިބީ އެލީޑަރުން ނިގޫ ފިތިފައިތިބީމަ ކަމަށް ރައީސް ޔާމީން ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ނޮވެމްބަރު 2019 | އާދީއްތަ 20:48
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

މިހާރު މިފެންނަ ސިޔާސީ ލީޑަރުންގެ ތެރެއިން އެމްޑީޕީއަށް ގުޑުވާނުލެވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ރައީސް ޔާމީން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އަށް އަލަށް މެމްބަރުންތަކެއް ގުޅިގެން އެކަން ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖެ އުފެއްދިކަމަށް ބުނާ ހުރިހާ ސިޔާސީ ލީޑަރުން ކޮބައިތޯ ސުވާލު އުފައްދަވާފައެވެ. އަދި އެހުރިހާ ސިޔާސީ ލީޑަރުން މިވަގުތު އެމްޑީޕީއާއެކު އެތިބީ އެލީޑަރުން ނިގޫ ފިތިފައިތިބީމަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ތަކުރާރުކޮށް ވަނީ އެމަނިކުފާނަށް ކުރަނީ ސިޔާސީ ދައުވާއެއް ކަަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުތައްވެސް އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މައްސަލައަކީ 2015 ވަނަ އަހަރު ފެންމަތިވެގެން އައި މައްސަލަ އެއް ކަމަށެވެ. އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހާއި 15 ވަނަ ދުވަހު ވަން އެޗެކުގެ މައްސަލަ މާފަހުން ކޯޓަށް ވައްދައިގެން އުޅެނީ ކީއްވެތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ރައީސް އޮފީހުގެ ތެރެއިން އެމަނިކުފާނަށް ފާރަލާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެމައްސަލައަކީ ޞައްހަ މައްސަލައެއް ކަމުގައިވާނަމަ އޭރު އެމްޑީޕީން އެމަނިކުފާނު ވެރިކަމުން އަޒުލުކުރުމަށް މަސައްކަތް ނުކުރީ ކީއްވެތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނާ އެއް މިލިއަން ޑޮލަރު ދައުލަތުން ޝަރީޢަތަށް ހުށަހަޅާފައިވާ ހިސާބުތަކަށް ބަލާލުމުން ފެންނަން ނެތްކަމަށެވެ. އެ ލިޔުންތައް އަތަށް ލިބުނީ އިބްތިދާޢީ އަޑުއެހުމުގެ މަރުހަލާ ނިމުނުފަހުން ކަމަށާއި އެހިސާބުތައް ލިބުނުއިރު ބެލިބެލިމުން ހިސާބުތަކުން ދައްކަނީ 19000 ޑޮލަރުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މިމައްސަލާގައި ދައުލަތުގެ ވަކީލު ބުނާ ވާހަކަ ފިޔަވައި އެއީ ކޮރަޕްޝަންގެ ފައިސާ ކަމެއް އެނގޭ ތަހުގީގެއް ކޮށްފައިނުވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަންކަން ކުރިން ހިނގައިދިޔަ ޝަރީޢަތުގެ މަޖިލީހުގެ އަޑުއެހުންތަކުން އެނގޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. މީގެއިތުރުން މިމައްސަލައަކީ އަލުން އުފަންކޮށްގެން އުޅޭ މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން އޭސީސީން މައްސަލަ ބަލާނިންމިއިރު ނެތް ކަންތައްތަކެއް އުފަންކުރުވީ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަން އެނގިގެންދިޔައީ ހެކިން ހާޒިރުކުރާ ހިސާބަށް ދިޔައީކަމަށާއި އެގޮތުން އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ހެކި ބަސް ނުދޭނެކަމަށް ވިދާޅުވި ކަމަށެވެ. ނުދޭނެ ސަބަބު ލުތުފީ ހާމަކުރައްވާފައި ވާކަމަށާއި ލުތުފީ އަތުން ހެކިބަސް ހޯދި ގޮތް ޝަރީޢަތުގެ މަޖިލީހަށް ލުތުފީ ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެކަން ރައްދުވާ މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އެކަން ދޮގުނުކުރައްވާކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ލުތުފީ ލައްވާ ސޮއިކުރުވީ ލުތުފީ އަށް ބިރު ދައްކައިގެންކަމަށާއި ނަމަވެސް އޭސީސީގެ ނައިބު ރައީސް ކަމުގައި ހުންނެވި މުއައްވިޒް އޭގައި ސޮއިކުރީ ބިރު ދައްކައިގެން ކަމެއް ނުވަތަ ހަދިޔާއެއް ދީގެންކަމެއް އެނގިވަޑައި ނުގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވި އެެވެ.

ރައީސް ޔާމީން ވިދާޅުވީ މިމައްސަލަ މައްސަލައަކަށް ދައުލަތުން ހަދައިގެން އުޅެނީ ލުތުފީ އާއި މުއައްވިޒު އޭގައި ސޮއިކުުރުމުންކަމަށާއި އެހެން ނޫންނަމަ މިއީ އެއްވެސް މައްސަލައެއް ނޫންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު