Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔާޔާ ޓޫރޭ

އެފްއޭއެމެ ހިންގާ ކޮމިޓީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ޔާޔާ ޓޫރޭއާއެކު ކިޑްސް ފެސްޓިވަލްއެއް ބާއްވައިފި

ޓޫރޭ ރާއްޖެ އައީ ބުދަ ދުވަހު

ލީވާން އަލީ
ލީވާން އަލީ | 21 ނޮވެމްބަރު 2019 | ބުރާސްފަތި 15:16
ޔާޔާ ޓޫރޭ ރާއްޖޭގެ ޒުވާން ކުޅުންތެރިންނާއެކު

ޔާޔާ ޓޫރޭ ރާއްޖޭގެ ޒުވާން ކުޅުންތެރިންނާއެކު

ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ހިންގާ ކޮމިޓީގެ އަހަރީ ދުވަސް ފާހަނގަކުރުމުގެ ގޮތުން އައިވަރީ ކޯސްޓްގެ ލެޖެންޑް ޔާޔާ ޓޫރޭއާއެކު ކިޑްސް ފެސްޓިވަލްއެއް ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި މި ފެސްޓިވަލްގައި 600 އެއްހާ ކުދިން ބައިވެރިވެފައިވާއިރު، މި ފެސްޓިވަލްގައި ޔާޔާ ޓޫރޭއާއެކު ފުޓުބޯޅައިގެ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެކުދިންނަށް ވަނީ ލިބިފައެވެ.

އުމުރުން 18 އަހަރުގައި ޕްރެފެޝަނަލް ފުޓްބޯޅަ ބެލްޖިއަމްގެ ބެވްރެން އިން ފެށި ޓޫރޭ ވަނީ ކެރިއަރު ނިންމާލުމުގެ ކުރިން ހަތް ކްލަބަކަށް ކުޅެފައެވެ.

ދެހާސް ހަތަރު ވަނަ އަހަރު އައިވަރި ކޯސްޓުގެ ގައުމީ ސްކޮޑްގައި ހިމެނި ޓޫރޭ ވަނީ އެ ޓީމަށް ތިން ވޯލްޑް ކަޕްގައި ކުޅެފައެވެ. އެއީ އެ ޓީމު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވި 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުގެ އިތުރުން 2014 ވަނަ އަހަރުއެވެ. ޑިޑިއޭ ޑޮރޯގްބާއަށް ފަހު އައިވަރީ ކޯސްޓުގެ ކެޕްޓަންކަމާއި ޓޫރޭ ހަވާލުވެފައި ވަނީ 2014 ވަނަ އަހަރެވެ.

ގައުމީ ޓީމަށް ކުޅުން ޔާޔާ ޓޫރޭ ހުއްޓާލީ 2016 ވަނަ އަހަރުގެ ސެޕްޓަމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އައިވަރީ ކޯސްޓުގެ ގައުމީ ޓީމަށް އޭނާ ވަނީ 20 ގޯލް ކާމިޔާބު ކޮށްދީފައެވެ.

ޓޫރޭގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ ގިނަ ދުވަސް ހޭދަކޮށްފައި ވަނީ މެންޗެސްޓަރ ސިޓީގައެވެ. އެ ކްލަބުގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި ޓޫރޭ ވަނީ އެ ކްލަބަށް ތިން ޕްރިމިއާ ލީގާއި އެފްއޭ ކަޕާއި ދެ ލީގުގެ އިތުރުން އެއް ކޮމިއުނިޓީ ޝީލްޑް ހޯދައިދީފައެވެ.

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

މޮރާޓާގެ އެނބުރި އައުމަށް މަހަކަށްވުރެ ގިނަ ދުވަސް ނަގާނެ

03 އޮކްޓޯބަރު 2017
މޮރާޓާގެ އެނބުރި އައުމަށް މަހަކަށްވުރެ ގިނަ ދުވަސް ނަގާނެ
04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
21 މެއި 2017

ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި

21 މެއި 2017
ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި
23 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް

23 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބުގައި އެފްއޭއެމްގެ އެންޑޯސްމަންޓް ޝަވީދަށް
17 އެޕްރީލު 2017

އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު

17 އެޕްރީލު 2017
އޮލިމްޕިކް ކޮމިޓީގެ އިންތިހާބު އަންނަމަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު