Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް އާއި ބައްސާމް

ބައްސާމް އާއި އެފްއޭއެމް ބަދުނާމުކުރުމަށް ހިންގާ އަމަލު އެ އިދާރާ އިން ކުށްވެރިކޮށްފި

ބައްސާމްގެ ނަމުގައި ފޭކް ޓުވިޓާ އެކައުންޓެއް އެބަ ދައުރުވޭ

ލީވާން އަލީ
ލީވާން އަލީ | 21 މެއި 2017 | އާދީއްތަ 11:26
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލު ބަދުނާމުކޮށް ފުޓުބޯޅަ އާއިލާ ތެރޭގައި ފިތުނަވެރިކަމާއި ނަފްރަތު އުފެއްދުމަށް ސޯޝަލް މީޑިއާގައި ބަޔަކު މީހުން މަސައްކަތްކުރަމުން އަންނަ ކަމަށާއި، އެ އަމަލު ކުށްވެރިކުރާ ކަމަށް އެފްއޭއެމް އިން ބުނެފި އެވެ.

އެފްއޭއެމް އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެފްއޭއެމް އާއި ބައްސާމްގެ އިތުބާރު ގެއްލޭގޮތަށް، ބައްސާމްގެ ނަމުގައި އަސްލުނޫން "ފޭކް" އެކައުންޓެއް ޓްވިޓާގައި ދަނީ ހަރަކާތްތެރިވަމުން ކަމަށާއި، މި އަމަލަކީ ބަޔަކު މީހުން ހިންގާ ފިނޑި އަމަލެއް ކަމަށެވެ.

އެފްއޭއެމް އިން ބުނީ އެ އިދާރާއަކީ އަބަދުވެސް މަސައްކަތްކުރަނީ ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށާއި، ދިވެހި ކުޅުންތެރިންނާއި ދިވެހި ކްލަބްތަކުގެ ފާގަތި މަންފާއަށް ކަމަށެވެ. އެގޮތުން މިހާތަނަށް ދިވެހި ފުޓުބޯޅަ އައުމުގައި އެ ކުޅިވަރަށް ބައިނަލްއަގުވާމީ ފެންވެރުގަ އާއި ގައުމީ ފެންވަރުގައި ކުޅެ އެތައް ކާމިޔާބީތަކެއް ހޯދައި ދެއްވާފައިވާ ފަރާތްތަކުގެ އަގު އެއްވެސް ތަފާތުކުރުމެއް ނެތި އެ އިދާރާއިން އަދާކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން އެ ކާމިޔާބީ ހޯދައިދިން ފަރާތްތަކުގެ މިންނެތް މަސައްކަތުން ދިވެހި ފުޓުބޯޅަ އަށް ލިބިފައިވާ ކާމިޔާބީތަކަށް އެފްއޭއެމް އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި އެއްވެސް ބޭފުޅެއްގެހިދުމަތާއި، އަބުރަށް އުނިކަން ލިބޭފަދަ އެއްވެސް އަމަލެއް އެފްއޭއެމްގެ ވެރިޔަކު އަދި މުވައްޒަފަކުވެސް ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އެ އިދާރާއިން ވަނީ އަރުވާފައެވެ.

ބައްސާމްގެ ނަމުގައި އެފްއޭއެމް އިން އަސްލުނޫން އެކައުންޓަކުން ޓުވީޓްކޮށްފައިވާއިރު، އެ ޓުވީޓުގައި ވަނީ "ކޯޗެއް 17 އަހަރު ކުޅެވިގެންތަ ތިއުޅެނީ" މިހެންނެވެ. އެހެންނަމަވެސް މާގިނައިރުތަކެއް ނުވަނީސް މި ޓުވީޓް ޑިލީޓްކޮށްލާފައިވާއިރު، ސޯޝަލް މީޑިއާގައި ވަނީ އެ ޓުވީޓުގެ ސްކްރީންޝޮޓްތައް އާންމުވެފައެވެ.

ބެލެވޭ ގޮތުގައި މި ޓުވީޓް އަމާޒުކޮށްފައިވަނީ ނިއުގެ ކެޕްޓަން އިމްރާން މުހައްމަދު އަށެވެ. އެފްއޭއެމް އިން ދާދި ފަހުން ވަނީ އިމްރާން ދެ މެޗަށް ސަސްޕެންޑުކޮށް ޖޫރިމާނާކޮށްފައެވެ. އެފްއޭއެމް އިން އިމްރާން ސަސްޕެންޑުކުރީ އީގަލްސްއާ ދެކޮޅަށް މާލޭ ލީގުގައި ހިނގި ހަމަނުޖެހުންތަކަށް ފަހުއެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
17 ޖެނުއަރީ 2017

އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ

17 ޖެނުއަރީ 2017
އެފްއޭއެމް އެވޯޑު ދީފައި ވަނީ ވަރަށް ރަނގަޅު ސިސްޓަމެއްގެ ތެރެއިން: ފެސްކޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު