Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

މިއަދަކީ ފުޓުބޯޅަ ކެރިއަރުގައި އެންމެ ލަދުގަތް ދުވަސް: ސުޒޭން

މެޗު ލަސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 13 އެޕްރީލު 2017 | ބުރާސްފަތި 11:32
ވިކްޓްރީ ސްޕޯޓްސް ކްލަބުގެ  ކޯޗު އަލީ ސުޒޭން

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ކޯޗު އަލީ ސުޒޭން

ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގައި ވިކްޓްރީގެ ގޯލްކީޕަރު ސީރިއާގެ މަހުމޫދު އަލް ޔޫސުފް މެޗު ލަސްކުރުމަށްޓަކައި ދަނޑު މަތީގައި ވަގުތު ދުއްވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ފުޓުބޯޅަ ކެރިއަރުގައި ދުވަހަކު ވެސް ލަދު ނުގަންނަ ވަރަށް ލަދު ގަނެފައިވާ ކަމަށް އެޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ސުޒޭން ބުނީ މި މެޗުގައި މަހުމޫދުގެ ފަރާތުން ފެނުނު ކަންތައްތަކަށް ބެލުންތެރިންނާއި ފުޓުބޯޅަ އަށް ލޯބިކުރާ ފަރާތްތަކުގެ އަރިހުން މާފަށް އެދޭ ކަމަށެވެ.

ސުޒޭން ބުނި ގޮތުގައި ކީޕަރަށް އަނިޔާ ވެގެން އެހާ ގިނަ ވަގުތު އޭނާ ދަނޑުމަތީގައި ބާއްވައިގެން ފަރުވާދޭން ޖެހޭ ނަމަ އެންމެ ރަނގަޅު ގޮތަކީ ކީޕަރު ބަދަލުކުރުމެވެ. އެހެން ނަމަވެސް ދެ ފަހަރެއްގެ މަތިން މަހުމޫދު ދަނޑު މަތީގައި ވެއްޓިފައި އޮތްއިރު ވެސް އޭނާ ބަދަލު ނުކުރުމުން ސުޒޭން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

"މީ މިކަހަލަ ކީޕަރަކާ ދިމާވި މިއީ ފުރަތަމަ ފަހަރު، މިއުޅެނީ އޭނަ ދަނޑު މަތީގަ ދައްކާ ޝޯއެއް ބަލަން ދަނޑަށް މީހުން އައިސްގެނެއް ނޫން، ނޫނީ އެހެން މީހެއް ވިޔަސް، މިތަނަށް ކޮންމެ މީހަކުވެސް އަންނަނީ ރީތި ފުޓުބޯޅަ މެޗެއް ބަލަން، ކޮންމެހެން މީހަކު ވަގުތު ބޭކާރު ކުރާތަން ބަލާކަށް ނޫން." ފާއިތުވި ސީޒަންގައި މާޒިޔާ އަށް ކޯޗުކޮށްދިން ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މެޗަކުން މޮޅުވާން ދަނިކޮށް ތިން ޕޮއިންޓް ހޯދުމުގެ ބޭނުމުގައި ދަނޑުމައްޗަށް ވެއްޓިގެން އޮވެ ވަގުތު ދުއްވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެގޮތަށް ހޯދާ ޕޮއިންޓަކީ އޭނާ ބޭނުން އެއްޗެއް ވެސް ނޫން ކަމަށެވެ.

މެޗަކަށް ނުކުންނަ އިރު ކުޅުންތެރިން އެރުވުމާއި ބޭލުން އޮންނަނީ އެޓީމެއްގެ ކޯޗެއްގެ އަތް މަތީގަ އެވެ. އެހެން ކަމުން ޓީމުގެ ކުޅުންތެރިއަކު ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އެ ކުޅުންތެރިޔާ ބަދަލުކުރުމުގެ ފުރިހަމަ އިހްތިޔާރު ކޯޗަށް ލިބިގެންވެ އެވެ.

އެހެން ނަމަވެސް ރޭގެ މެޗުގައި ދިމާވި ކަންތަކާ ގުޅިގެން ސުޒޭން ވާހަކަ ދެއްކިއިރު ކުޅުންތެރިން އަރުވާ ބޭލުމުގެ ޒިންމާ އޭނާ އަށް ލިބިފައި ނުވާކަން ފާހަގަ ކުރެވުނެވެ.

"ނޫން އެ ޑުރާމާ އަޅުގަނޑު ބޭނުމެއް ނޫން، ބަދަލުކުރަން އަޅުގަނޑަށް އެނގޭ ބަދަލު ނުކުރާނެ ކަންވެސް، ކޮންމެ ގޮތެއް ވިޔަސް މި ޑްރާމް މިދަނޑަކު މިހާރަކު ބޭނުމެއް ނޫން." ސުޒޭން ބުންޏެވެ.

ސުޒޭން ވަނީ ކުޅުންތެރިން މެޗު ލަސްކުރުމަށް ކުރަމުން ގެންދާ ކަންތަކަށް ފާޑު ކިޔައި މިހާރަށް ވުރެން ބޮޑަށް މިކަންތައްތައް ރަނގަޅު ކުރުމަށް ރެފްރީންނަށް ގޮވާލާފަ އެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ

09 މާރިޗު 2017
އެންމެ ދެކެން ބޭނުންވަނީ ވޯލްޑްކަޕް ތަށި ރާއްޖޭ ފަސްގަނޑުގައި ބެހެއްޓޭ ދުވަސް: ނިޒާމްބެ
07 މާރިޗު 2017

ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް

07 މާރިޗު 2017
ޓީސީން ހޯދީ ބޮޑު ކާމިޔާބީއެއް، އޭގެ ފައިދާ ދިވެހި ފުޓުބޯޅައަށް ކުރާނެ: ސްޓެވާޓް
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

02 ފެބުރުއަރީ 2017
ޗެލްސީގެ ލެޖެންޑު ލަމްޕާޑް 21 އަހަރަށް ފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު