Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ހެރީ ކޭން

ރެއާލުން ކޭން ހޯދަން 250 މިލިއަން ޕައުންޑު ހުށަހަޅަނީ

ޓޮޓެންހަމްއާއެކު ކޭން ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2019 | ބުރާސްފަތި 13:59
ހެރީ ކޭން

ހެރީ ކޭން

ރެއާލް މެޑްރިޑުން ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ އިނގިރޭސި ކެޕްޓަން ހެރީ ކޭން ހޯދަން 250 މިލިއަން ޕައުންޑު ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މެއިލްއިން ބުނީ، ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް ކޭން ހޯދުމަށް ރެއާލުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާ ހޯދުމަށް 250 މިލިއަން ޕައުންޑު ހުށަހަޅަންވެސް އެ ކްލަބުން ތައްޔާރަށް އޮތް ކަމަށެވެ.

ޓޮޓެންހަމްގެ ކޯޗުކަމުން މައުރީސިއޯ ޕޮޗެޓީނޯ ވަކިކުރުމާއެކު، ކޭން އެ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. އަދި ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި އޭނާ ކްލަބް ބަދަލުކުރާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޓޮޓެންހަމްއާއެކު ކޭން ހަދާފައިވާ އެއްބަސްވުން 2024 ވަނަ އަހަރު ހަމަވާއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސް، ޖަރުމަން އަދި ސްޕެއިންގެ ކްލަބްތައް ހިމެނެއެވެ. ނަމަވެސް މީގެކުރިން ސްޕޯޓް ބިލްޑަށް ދިން އިންޓަވިއުއެއްގައި ކޭން ބުނީ ޓޮޓެންހަމްގައި ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ކަމަށާއި، މުޅި ކެރިޔަރު އޭނާ ހޭދަކުރަން ބޭންވަނީ އެ ކްލަބާއެކުގައި ކަމަށެވެ.

ޓޮޓެންހަމް އިން ކެރިޔަރު ފެށި އުމުރުން 26 އަހަރުގެ ކޭން ވަނީ މިހާތަނަށް މި ސީޒަނުގައި ޓޮޓެންހަމް އަށް ކުޅުނު 9 މެޗުގައި 7 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ޓޮޓެންހަމްގައި ހޭދަކުރި 10 ސީޒަނުގައި ކުޅުނު ޖުމްލަ 268 މެޗުން 174 ލަނޑު ކާމިޔާބުކޮށްފައެވެ.

ކޭން ވަނީ ޓޮޓެންހަމްއާއެކު 2014 ވަނަ އަހަރުގެ ސީޒަނުގައި ލީގް ކަޕްގެ ދެވަނަ ހޯދުމުގެ އިތުރުން މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކޭން ވަނީ މިދިޔަ ދެ އަހަރު އިންގްލޭންޑްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

މީގެއިތުރުން ކޭން ވަނީ އިނގިރޭސި ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 45 މެޗުގައި 32 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ އިންގްލޭންޑާއެކު ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު