Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
މާސްޓަރމައިންޑް

ވަރުގަދަ ކާސްޓަކާއެކު "މާސްޓަރމައިންޑް"!

އެ ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ އައްޑޫގައި

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2019 | ބުދަ 13:31
ސަލްސާ ރޯޔަލްގައި ފިލްމުގެ ތަރިންނާއެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު

ސަލްސާ ރޯޔަލްގައި ފިލްމުގެ ތަރިންނާއެކު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތު

ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅިން އާ ފިލްމު ކުންފުންޏެއް ކަމަށްވާ "މައި މޯލްޑިވްސް ޕްރޮޑަކްޝަން" ގެ ފުރަތަމަ ފިލްމު "މާސްޓަރމައިންޑް" ލޯންޗުކޮށް ފިލްމުގެ ކާސްޓުންނާއެކު ސޮއިކޮށްފިއެވެ.

އެ ފިލްމަކީ އިންޑިއާގެ ޑައިރެކްޓަރަކު ދިވެހި ފިލްމީ ތަރިން ހިމަނައިގެން ގެނެސްދޭ ފުރަތަމަ ފީޗަރ ފިލްމެވެ. "މާސްޓަރމައިންޑް"ގެ ތަރިން ފިލްމަށް ސޮއިކުރީ ސަލްސާ ރޯޔަލް ރެސްޓޯރެންޓުގައި ބުދަ ދުވަހުގެ ހަވީރު ބޭއްވި ހަފުލާއެއްގައެވެ.

އެ ހަފުލާގައި ވާހަކަދައްކަމުން ފިލްމުގެ ތަރިއެއް ކަމަށްވާ އަމަން އަލީ (ޓޮމް) ބުނީ، ފިލްމުގައި ފެނިގެންދާ ހުރިހާ އެކްޓަރުންގެ އެކްޓިންވެސް އެ ފިލްމުގައި ބޮޑުވެފައި ފުރިހަމަވާނެ ކަމަށެވެ.

އެ ފިލްމަކީ ލޯބީގެ ބައިވެސް ހިމަނައިގެން ހަދާ ސަސްޕެންސް ފިލްމެކެވެ.

"މާސްޓަރމައިންޑް"ގައި ފެނިގެންދާނީ ދިވެހި ފިލްމު އިންޑަސްޓްރީގެ ފުންނާބު އުސް ތަރިންނެވެ. އޭގެ ތެރޭގައި ޝަމީލް، ލަހުފާ، ޔޫއްޕެ، ރިޝްފާ، ޝީލާ، މަނިކު، ޝަހުޒާ، ދޮން އައްޔަ އަދި އަމަން ފަދަ ތަރިން ފެންނާނެއެވެ. އޭގެ އިތުރުން ކުރިން ދިވެހި ފިލްމުތަކުން ފެނުނު މަރިޔަމް ރަޝީދާ ވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެއެވެ.

ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރި މުހުތާރު ޔޫސުފް ބުނީ، އެ ފިލްމަކީ އޭނާގެ އަންހެނުން ބޭނަޒިރުގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި ދެމީހުން ވާހަކައެއް ތައްޔާރުކޮށް ފިލްމެއްގެ ސިފައިގައި ބެލުންތެރިންނަށް ގެނެސްދޭން މަސައްކަތްކުރާ ކަމަށެވެ. ފިލްމާއި މެދު ފިލްމުގެ ޓީމުން ކުރާ އުންމީދު ބޮޑުކަން ފާހަގަކޮށްލެވެއެވެ.

ފިލްމާއި ދޭތެރޭ ތަރިންގެ އުންމީދުވެސް ބޮޑުވެފައިވާއިރު ހުރިހާ ތަރިންވެސް ތިބީ ބޭރުގެ ޑައިރެކްޓަރެއްގެ ޑައިރެކްޝަނެއް ދަށުން މަސައްކަތް ފަށަން ކެތްމަދުވެފައެވެ. ފިލްމުގެ ޝޫޓިން އަށް ބުދަ ދުވަހުގެ ރޭ ފިލްމުގެ ބައެއް ތަރިންނާއި ޓީމުން އައްޑޫ ސިޓީއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މުޅި ފިލްމު ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ.

"މާސްޓަރމައިންޑް" ގެ ހުރިހާ މަސައްކަތެއް ނިމި ބެލުންތެރިންނަށް ގެނެސްދޭނެ ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"360މަމްސް": މައެއްގެ ފަރާތުން މައިންނަށް އަޅާދިން ވަރުގަދަ ނެޓްވޯކެއް

"360މަމްސް": މައެއްގެ ފަރާތުން މައިންނަށް އަޅާދިން ވަރުގަދަ ނެޓްވޯކެއް

07 ފެބުރުއަރީ 2023
މިޞްރުގެ ފުރަތަމަ އަންހެން މެޓްރޯ ޑްރައިވަރުންގެ ފޮނި އުއްމީދާއި އެއްވަރަށް އަޒުމުވެސް ވަރުގަދަ!

މިޞްރުގެ ފުރަތަމަ އަންހެން މެޓްރޯ ޑްރައިވަރުންގެ ފޮނި އުއްމީދާއި އެއްވަރަށް އަޒުމުވެސް ވަރުގަދަ!

05 ސެޕްޓެމްބަރު 2022
"ހުވާ" 2 ގެ ވަރުގަދަ ރޯލު ތަކަށް މުއާ އާއި އަޒޭ!

"ހުވާ" 2 ގެ ވަރުގަދަ ރޯލު ތަކަށް މުއާ އާއި އަޒޭ!

07 ނޮވެމްބަރު 2019
"ގޯނާ" އާއި "ކަޅަކި": ނިއުމާގެ ވަރުގަދަ ދެ ފިލްމެއް!

"ގޯނާ" އާއި "ކަޅަކި": ނިއުމާގެ ވަރުގަދަ ދެ ފިލްމެއް!

17 އޮކްޓޯބަރު 2019
އެންމެ ހިތްވަރުގަދަ މީހުންނަކީ ކެންސަރާ ހަނގުރާމަކުރާ މީހުން: މަނީޝާ

އެންމެ ހިތްވަރުގަދަ މީހުންނަކީ ކެންސަރާ ހަނގުރާމަކުރާ މީހުން: މަނީޝާ

10 ޖެނުއަރީ 2019

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު