Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމަނީޝާ ކޮއިރަލާ

އެންމެ ހިތްވަރުގަދަ މީހުންނަކީ ކެންސަރާ ހަނގުރާމަކުރާ މީހުން: މަނީޝާ

މިއީ ކެންސަރާއި ކުރި ހަނގުރާމައިގެ މައްޗަށް ލިޔެފައިވާ ފޮތެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 ޖެނުއަރީ 2019 | ބުރާސްފަތި 14:00
މަނީޝާގެ \'ހީލްޑް\' ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މަނީޝާގެ \'ހީލްޑް\' ފޮތް ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބޮލީވުޑުގެ ތަރިންގެ ތެރޭގައި ހިމެނޭ ސޮނާލީ ބެންޑްރޭ، ރިޝީ ކަޕޫރު، ރާކޭޝް ރޯޝަންއަކީ މި ވަގުތު ވެސް ކެންސަރުގެ ތަފާތު ބަލިތަކަށް ފަރުވާ ހޯދަމުންދާ ތަރިންނެވެ.

އެ ގޮތުން ނޭޕާލްއަށް އުފަން ބޮލީވުޑުގެ މަޝްހޫރު ތަރި މަނީޝާ ކޮއިރަލާއަކީ ވެސް ކެންސަރުގެ ބައްޔަށް ފަރުވާ ހޯދާފައިވާ ފަރާތެކެވެ. 2012 ވަނަ އަހަރު އޯވަރީއަށް ޖެހުނު ކެންސަރަށް ފަރުވާ ހޯދާފައިވާއިރު އޭނާ ބުނީ އެންމެ ހިތްވަރުގަދަ މީހުންނަކީ ކެންސަރާ ހަނގުރާމަކުރާ މީހުން ކަމަށެވެ.

އެގޮތުން ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުން ސަންޖޫ އަދި ލަސްޓް ސްޓޯރީން ފެނިފައިވާ މަނީޝާ ބުނީ މި ފިލްމުތަކުގައި ދެއްކިފައި ވަނީ ވަރަށް ރަނގަޅު ޕާފޯމެންސެއް ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މަނީޝާ ބުނީ ކެންސަރާ ހަނގުރާމަ ކުރި ދުވަސްވަރަކީ ވަރަށް ހިތްވަރުކުރަން ޖެހުނު ދުވަސްވަރެއް ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ތަޖްރިބާތަކެއް ވެސް ކުރެވިއްޖެ ކަމަށެވެ. އަދި މިހާރު ކޮންމެ ކަމެއް ވެސް ވަރަށް ސީރިއަސްކޮށް ނެގޭ ކަމަށް އޭނާ ބުންޏެވެ.

އުމުރުން 47 އަހަރުގެ އެކްޓްރެސް ބުނެފައި ވަނީ ކެންސަރާ ހަނގުރާމަ ކުރި ގޮތުގެ މައްޗަށް މިހާރު ފޮތެއް ލިޔެފައިވާނެ ކަމަށާއި މިއީ ވެސް އެ ދުވަސްތައް މަތިން ހަނދާން ނައްތާލުމަށްޓަކައި ކުރި ކަމެއް ކަމަށެވެ.

އެގޮތުން "ހީލްޑް" ނަމުގައި މިހާރު ޗާޕްކޮށްފައިވާ މިފޮތުގައި ވަރަށް ގިނަ ވާހަކަތަކެއް ވަނީ ހިމަނާފައެވެ. ޕެންގުއިން ހައުސް އިން ޗާޕްކޮށްފައިވާ މިފޮތް ބާޒާރަށް ނެރުނު ހަފްލާގައި ބޮލީވުޑުގެ ގިނަ ފަންނާނުން ވަނީ ބައިވެރިވެފައެވެ.

މަނީޝާގެ ދެން އެންމެ އަވަހަށް ފެނިގެންދާނީ "ޕްރަސްތަނަމް" އިން ސަންޖޭ ދަތުގެ އަންހެނުންގެ ރޯލުންނެވެ. މިފިލްމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

އިތުރަށް ކިޔާލަން

12 އެޕްރީލު 2024

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

12 އެޕްރީލު 2024
ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
15 އެޕްރީލު 2023

ޓަޔަރު ހަމުގައި، އޮއިބާރު ކޯރު ހުރަސްކުރާ ހިތްވަރުގަދަ ޓީޗަރުންނަށް ސެލިއުޓް ހައްގު!

15 އެޕްރީލު 2023
ޓަޔަރު ހަމުގައި، އޮއިބާރު ކޯރު ހުރަސްކުރާ ހިތްވަރުގަދަ ޓީޗަރުންނަށް ސެލިއުޓް ހައްގު!
27 ޑިސެމްބަރު 2022

މިއަދު ނެތި ދާ ގަސްގަހާގެއްސަކީ ކެންސަރާއި ކޮވިޑްގެ މާދަމާގެ ފަރުވާއަށްވެސް ވެދާނެއެވެ.

27 ޑިސެމްބަރު 2022
މިއަދު ނެތި ދާ ގަސްގަހާގެއްސަކީ ކެންސަރާއި ކޮވިޑްގެ މާދަމާގެ ފަރުވާއަށްވެސް ވެދާނެއެވެ.
06 ނޮވެމްބަރު 2018

ކެންސަރު ބައްޔާއި ހަނގުރާމަކުރާ ފަރާތްތަކަށް ތައްޔަރުކުރި 'އާފެށުން' ލަވަޔަށް ބޮޑު ތަރުހީބެއް!

06 ނޮވެމްބަރު 2018
ކެންސަރު ބައްޔާއި ހަނގުރާމަކުރާ ފަރާތްތަކަށް ތައްޔަރުކުރި 'އާފެށުން' ލަވަޔަށް ބޮޑު ތަރުހީބެއް!
03 ޖުލައި 2017

އިމްރާން ހާޝިމީ: ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށައިފި

03 ޖުލައި 2017
އިމްރާން ހާޝިމީ: ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު