Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު360މަމްސް

"360މަމްސް": މައެއްގެ ފަރާތުން މައިންނަށް އަޅާދިން ވަރުގަދަ ނެޓްވޯކެއް

7 ފެބުރުއަރީ 2023 | އަންގާރަ 08:27

2017 ވަނަ އަހަރުން ފެށިގެން ލައިވްކޮށްފައިވާ "360މަމްސް" ވެބްސައިޓަށް މަހެއްގެ މައްޗަށް ވަންނަ މީހުންގެ ޢަދަދު 5 ލައްކައާ ގާތް ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 7 ފެބުރުއަރީ 2023 | އަންގާރަ 08:27
ދަރިންގެ ސިއްހީ ކަންކަމާއި، ޒަމާނީ އުސޫލުތަކާ އެއްގޮތަށް ދަރިން ބަލާނެ އުސޫލުތައް ދެނެގަތުމުގައި ދީނާއަކީވެސް ގިނަ ގޮންޖެހުންތަކެއް ހުރަސް ކުރި މައެއް

ދަރިންގެ ސިއްހީ ކަންކަމާއި، ޒަމާނީ އުސޫލުތަކާ އެއްގޮތަށް ދަރިން ބަލާނެ އުސޫލުތައް ދެނެގަތުމުގައި ދީނާއަކީވެސް ގިނަ ގޮންޖެހުންތަކެއް ހުރަސް ކުރި މައެއް

ދަރިއަކު ބަލާ ބޮޑު ކުރުމަކީ ހީވެސް ނުކުރާ ކަހަލަ ކަންކަމާއި ހާލަތްތަކާއި ކުރިމަތި ކުރުވާ ކަމެކެވެ. ދަރިންނަކީ މާތް ﷲ ގެ ޙަޟްރަތުން ދެއްވާފައިވާ އަމާނާތަކަށް ވާ ހިނދު، އެ ދަރިންނާ މެދު ފަރުވާތެރިވާންޖެހެއެވެ. ވަކިން ހާއްސަކޮށް، އެ ދަރިންގެ ފުރާނައާ ގުޅިފައިވާ ސިއްޙަތާ މެދު ހާއްސަ ސަމާލު ކަމެއް ދޭން ޖެހެއެވެ.

ޅަފަތުގެ ދުވަސްވަރަކީ ބާރު ދުވެއްޔެއްގައި ކުއްޖާ ހެދިބޮޑުވަމުން އަންނަ ދުވަސްވަރަކަށް ވާ އިރު، ސިއްހީ ގޮތުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް ވެސް ގިނައެވެ. ހީވެސް ނުކޮށް ހުއްޓާ، ކޮންމެ ފަދަ ކަމެއްވެސް ވެދާނެއެވެ. ނަމަވެސް، ކޮންމެ ފަހަރަކީ، ވަގުތުން ވަގުތަށް، ކުޑަ ކުދިންގެ ޑޮކްޓަރަކާ ހިސާބަށް ދެވޭނެ ވަޤުތަކަށްވެސް އޮންނަނީ ނުވެފައެވެ. ނަތީޖާއެއްގެ ގޮތުން، ބަވަނަވެފައިވާ އަދުގެ ދުނިޔޭގައި މައިންގެ އެންމެ ގާތް އެކުވެރިއަކަށް ވެފައި އޮންނަނީ އިންޓަރނެޓްއެވެ. ނަމަވެސް، އެގޮތަށް ލިބޭ މަޢުލޫމާތަކީ ގިނަ ފަހަރަށް، އެންމެ ސައްހަ މައުލޫމާތު ކަމަށް އޮންނަނީ ނުވެފައެވެ.

އިންޓަރނެޓުން ލިބެން ހުންނަ ސައްހަކަން ބޮޑު، ގިނަ މައުލޫމާތަކީ އިނގިރޭސި ބަހުން، ހުޅަނގުގެ އާދަކާދައަށް ފެތޭ ގޮތަށް ލިޔެފައި ހުންނަ ލިޔެކިއުންތަކެއް ކަމީ، މައިންނަށް ކުރިމަތިލާންޖެހޭ އިތުރު ތަކުލީފަކަށް އޮންނަނީ ވެފައެވެ. ޢަރަބި ދުނިޔޭގެ މައިންނަށް މިކަމުގައި ހައްލެއް ހޯދާދިން އެކަކީ ޢުރުދުންއަށް ނިސްބަތްވާ، 2 ދަރިންގެ މަންމަ، ދީނާ ޢަބްދުލްމަޖީދުއެވެ. ދަރިންގެ ސިއްހީ ކަންކަމާއި، ޒަމާނީ އުސޫލުތަކާ އެއްގޮތަށް ދަރިން ބަލާނެ އުސޫލުތައް ދެނެގަތުމުގައި ދީނާއަކީވެސް ގިނަ ގޮންޖެހުންތަކެއް ހުރަސް ކުރި މައެކެވެ.

އެގޮތުގައި މާ ގިނަ ދުވަސްތަކެއް ހޭދަ ކުރާކަށް ދީނާގެ ހިތެއް ނުރުހުނެވެ. އިސާހިތަކު، "360މަމްސް" ގެނަމުގައި، ޢަރަބި ބަހުން، ވެބްސައިޓްއަކާއި އެޕްލިކޭޝަނެއް ލޯންޗްކުރިއެވެ. މަޤްޞަދަކަށް ވީ ކުޑަކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ސިއްހަތުގެ އިތުރުން، ޒަމާނީ އުސޫލުތަކާ އެއްގޮތަށް ދަރިން ބަލާނެ ގޮތުގެ ސައްހަ މައުލޫމާތު، ސީދާ ޢަރަބި ބަހުން ފޯރުކޮށްދިނުމެވެ.

ދީނާގެ "360މަމްސް" ނެޓްވޯކްގައި 300 އަށް ވުރެ ގިނަ ތަޖުރިބާކާރުންނާއި ޑޮކްޓަރުންވެސް ހަރަކާތްތެރިވެއެވެ. ބެލެނިވެރިންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމުގައި އެ ޓީމުންވެސް ހަރަކާތްތެރި ދައުރެއް އަދާ ކުރެއެވެ.

2017 ވަނަ އަހަރުން ފެށިގެން ލައިވްކޮށްފައިވާ "360މަމްސް" ވެބްސައިޓަށް މަހެއްގެ މައްޗަށް ވަންނަ މީހުންގެ ޢަދަދު 5 ލައްކައާ ގާތް ކުރެއެވެ. 2020 ވަނަ އަހަރު ލޯންޗްކުރި އެޕްލިކޭޝަނަށް އިޝްތިރާކު ދެއްކި މީހުންގެ ޢަދަދު 60000 އަށް އަރައެވެ.

"360މަމްސް" ޤަވައިދުން ބޭނުން ކުރަމުން އަންނަ އެކަކީ ބާނާ ބަތާއިނީއެވެ. 2 ދަރިންގެ މަންމަ، ބާނާއަށްވެސް "360މަމްސް"ގެ ސަބަބުން ލިބޭ ލުއި ފަސޭހަކަން ބޮޑެވެ.

ވާނުވާ ނޭނގިގެން އުޅެން ޖެހޭ ޖެހުމަށްވެސް ހައްލު ލިބެއެވެ.

"360މަމްސް" ފަރުމާ ކޮށްފައި ވަނީ ބައެއް ޚިދުމަތްތައް، އެއްވެސް އަގަކާ ނުލާ ހޯދޭ ގޮތަށެވެ. ވަށާ ޖެހޭ ޚިދުމަތެއް ހޯދުމަށް، ކަނޑައަޅާފައިވާ ވަކި އަގެއް، އިޝްތިރާކުގެ ގޮތުގައި ދައްކަން ޖެހެއެވެ.

360މަމްސް

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

26 މެއި 2020

ސަލްމާން ޚާންގެ ފަރާތުން އީދު ހަދިޔާއެއް!

26 މެއި 2020
ސަލްމާން ޚާންގެ ފަރާތުން އީދު ހަދިޔާއެއް!
24 މެއި 2020

ސަލްމާން ޚާންގެ ފަރާތުން ފޭނުންނަށް ސަޕްރައިޒެއް

24 މެއި 2020
ސަލްމާން ޚާންގެ ފަރާތުން ފޭނުންނަށް ސަޕްރައިޒެއް
11 ޑިސެމްބަރު 2019

މިމީގައި ކްރިތީ ފެނިގެންދަނީ ސަރޮގޭޓް މަންމައެއްގެ ރޯލުން

11 ޑިސެމްބަރު 2019
މިމީގައި ކްރިތީ ފެނިގެންދަނީ ސަރޮގޭޓް މަންމައެއްގެ ރޯލުން
13 އޮކްޓޯބަރު 2019

ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ބިހާރު މީހުންނަށް އަމީތަބްގެ ފަރާތުން ފަސް މިލިއަން

13 އޮކްޓޯބަރު 2019
ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު ބިހާރު މީހުންނަށް އަމީތަބްގެ ފަރާތުން ފަސް މިލިއަން
29 ނޮވެމްބަރު 2017

އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން

29 ނޮވެމްބަރު 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ކަރަންގެ ފަރާތުން: ވަރުން ދަވަން
30 ޖޫން 2017

ޑޮމިނޯސްގެ ފަރާތުން ލޮޓާ ޗޮކާ ޕިއްޒާ ތައާރަފުކޮށްފި

30 ޖޫން 2017
ޑޮމިނޯސްގެ ފަރާތުން ލޮޓާ ޗޮކާ ޕިއްޒާ ތައާރަފުކޮށްފި
15 މެއި 2017

އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ

15 މެއި 2017
އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކަރީނާގެ ފަރާތުން: ސޮހާ
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
22 އެޕްރީލު 2017

އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް

22 އެޕްރީލު 2017
އަންހެން ޑައިރެކްޓަރުންގެ ފަރާތުން އާ ކަންތައްތަކެއް ދަސްވޭ: ޝާހުރުކް
08 މާރިޗު 2017

ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ

08 މާރިޗު 2017
ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް