Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނިއުމާ މުހައްމަދު

"ގޯނާ" އާއި "ކަޅަކި": ނިއުމާގެ ވަރުގަދަ ދެ ފިލްމެއް!

17 އޮކްޓޯބަރު 2019 | ބުރާސްފަތި 21:08

"ގޯނާ" ރަވީ ޑައިރެކްޓްކުރާއިރު "ކަޅަކީ" ޑައިރެކްޓްކުރާނީ ޔޫއްޕެ

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 17 އޮކްޓޯބަރު 2019 | ބުރާސްފަތި 21:08
ފިލްމީ ދާއިރާގައި 25 އަހަރު ފާހަަގަކުރުމަށް ނިއުމާ ބޭއްވި ހަފްލާގައި

ފިލްމީ ދާއިރާގައި 25 އަހަރު ފާހަަގަކުރުމަށް ނިއުމާ ބޭއްވި ހަފްލާގައި | ރާއްޖެއެމްވީ

ގިނަ ބައެއްގެ ލޯތްބާއި އިތުބާރު ލިބިފައިވާ މަޝްހޫރު ޑައިރެކްޓަރ އަދި ކުރީގެ ފިލްމީތަރި ނިއުމާ މުޙައްމަދު ގެ ފިލްމު ކުންފުނި "ނިއުޒޯ" އިން ކުރިޔަށް ގެނެސްދޭން އުޅޭ ދެ ފިލްމެއްގެ ޓީޒަރ ޓްރެއިލާ ދައްކާލައިފިއެވެ.

އެ ދެ ފިލްމަކީ "ކަޅަކި" އާއި "ގޯނާ" އެވެ.

ނިއުމާގެ ފިލްމީ ކެރިޔަރ އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެން ގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްޞަ ހަފުލާއެއްގެ ތެރެއިން އެ ދެ ފިލްމުގެ ޓްރެއިލަރ ލޯންޗް ކޮށްދެއްވީ ހަފުލާގެ ޝަރަފުވެރި މެހެމާން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހެވެ.

ފިލްމު "ގޯނާ" ގެ ޑައިރެކްޓަރަކީ ކުޅަދާނަ އެކްޓަރ ރަވީ ފާރޫގެވެ. އަދި "ކަޅަކި" ޑައިރެކްޓްކުރަން ނިންމާފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.

"ގޯނާ"ގެ ޓީޒަރ އިން ފެންނަނީ ނިއުމާގެ ދަރިފުޅު ޒޯޔާއެވެ. ޖަންގައްޖެއްގެ ތެރެއިން ހާސްވެ ބިރުން ހުރެ ޒޯޔާ ދުވެމުން އަންނަ ތަން ޓީޒަރ އިން ފެންނަ އިރު ފިލްމު ވަރަށް ޝައުޤުވެރިވާނެކަމަށް ބެލެވެއެވެ.

"ކަޅަކި"ގެ ޓީޒަރއިން ވެސް ބޮޑަށް ބެލެވެނީ އެއީ ސަސްޕެންސް ނޫނީ ބިރުވެރި ކަންތައްތަކެއް ދައްކުވައިދޭނެ ފިލްމެއް ކަމަށެވެ. ފިލްމުގެ ޓީޒަރއިން ފިލްމީ ދާއިރާގެ ސީނިއަރ ތަރިންގެ އިތުރުން އައު ތަރިން ފެނެއެވެ.

ރާއްޖެ އެމްވީއަށް ވާހަކަ ދައްކަމުން ނިއުމާ ބުނީ، ފިލްމު ފެށުމަށް ބޭނުންވާ ޢަމަލީ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރުގެ ތެރޭގައި ފިލްމުގެ މަސައްކަތްތައް ރަސްމީކޮށް ފަށައިގަންނާނެ ކަމަށެވެ. ނަމަވެސް ފިލްމުތައް ބެލުންތެރިންނާ ހަމަޔަށް އަންނާނެ ތާރީޚެއް ނިއުމާ ހާމައެއް ނުކުރެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ހަފުލާގައި ނިއުމާގެ ޓޯކްޝޯވ އެއްގެ ޓީޒަރ ވެސް ވަނީ ލޯންޗުކޮށްފައެވެ. ބައިސްކޯފާއި ގުޅިގެން ހަދާ އެ ޝޯވގެ މަސައްކަތް އަންނަ މަހު ފަށަން ނިންމާފައިވާއިރު އޭގައި ގެނެސްދޭނީ ފަންނާނުންގެ ބެލުންތެރިންނަށް ނުފެންނަ ފަރާތް ކަމަށް ނިއުމާ ބުންޏެވެ. ޝޯވްގެ ނަމަކީ ވެސް "ރީލް ޓު ރިއަލް ވިތު ނިއުމާ" އެވެ.

ނިއުމާ ފިލްމީ ދާއިރާއަށް މަސައްކަތްކުރާތާ 25 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފުލާގައި ގިނަ ޢަދަދެއްގެ ފިލްމީ ފަންނާނުން ބައިވެރިވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

16 މާރިޗު 2017

"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!

16 މާރިޗު 2017
"ބަދްރިނާތުކީ ދުލްހަނިޔާ"ގެ ކާމިޔާބީ އާއި ގުޅިގެން ބެލުނތެރިނަށް އުފާވެރި ޚަބަރެއް!
14 މާރިޗު 2017

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!
06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
13 ފެބުރުއަރީ 2017

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި
13 ފެބުރުއަރީ 2017

"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ

13 ފެބުރުއަރީ 2017
"ޕަދްމާވަތީ" ގައި ދިޕިކާ އާއި ރަންވީރު އެކުގައި ނުފެންނާނެ
12 ފެބުރުއަރީ 2017

ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް

12 ފެބުރުއަރީ 2017
ޒޯޔާ އަކްތަރްގެ "ގަލީ ބޯއީ " ގައި އާލިއާ އާއި ރަންވީރް
31 ޖެނުއަރީ 2017

"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ

31 ޖެނުއަރީ 2017
"އިއްތިފާގު" ގެ ރީމޭކިންގައި ސިދާތް އާއި ސޯނާކްޝީ
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް