Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ސަލްމާން އަށް ވަރުގަދަ ރައްދެއް ރަންބީރު ދީފި!

18 ޖޫން 2018 | ހޯމަ 10:51

ސަންޖޭގެ ރޯލް އެހެން މީހަކު ކުޅެތީ ސުވާލު އުފެދޭ ކަމަށް ސަލްމާން ވަނީ ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 18 ޖޫން 2018 | ހޯމަ 10:51
ސަންޖޫ ގެ ޕޯސްޓަރު

ސަންޖޫ ގެ ޕޯސްޓަރު

ބޮލީވޫޑްގެ ތަރި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމު "ސަންޖޫ" ގައި އޭނާގެ ރޯލް ކުޅެން ޖެހޭނީ ސަންޖޭ ކަމަށް ސަލްމާން ޚާން ބުނެފައި ވުމުން އެފިލްމްގައި ސަންޖޭގެ ރޯލް އަދާކުރާ ރަންބީރު ކަޕޫރު ރައްދު ދީފިއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސަލްމާން ބުނެފައި ވަނީ އޭނާ ގަބޫލުކުރާ ގޮތުގައި ސަންޖޭ ދަތުގެ ރޯލް އެފިލްމުގައި އަދާކުރަން ޖެހޭނީ ސަންޖޭދަތު ކަމަށާއި އަދި ޚާއްސަކޮށް ސަންޖޭގެ ހަޔާތުގެ ފަހު ދިހަ ވަރަށް އަހަރު ސަންޖޭ ކުޅެން ޖެހޭ ކަމަށެވެ. އަދި އެ ރޯލް އެހެން މީހަކު ކުޅެތީ ސުވާލު އުފެދޭ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަލްމާން ބުނެފައި ވަނީ އޭނާ އެފިލްމްގެ ޓްރެއިލާ ބެލި ކަމަށާއި ފިލްމްގެ ޑައިރެކްޓަރ ރާޖޫ ހިރާނީއަކީ ޒިންމާދާރު ކަމާ އެކު ފިލްމް އުފައްދާ މީހެއް ކަމަށެވެ. އަދި ސަލްމާންގެ ދިރިއުޅުގެ މައްޗަށް ބިނާކޮށް ބައޯޕިކްއެއް ހަދަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ސަލްމާންގެ މި ވާހަކައަށް ރައްދުދީ "ސަންޖޫ" ގައި ސަންޖޭދަތުގެ ރޯލް ކުޅެފައިވާ ރަންބީރު ކަޕޫރު ބުނެފައި ވަނީ އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ބައޯޕިކްގައި އެމީހަކު އަމިއްލައަށް އެ ރޯލް ދުވަހަކު ވެސް ކުޅެފައި ނުވާ ކަމަށެވެ. އަދި އެހެން މީހަކު އެރޯލް އަދާކުރުމުން ބަލާ މީހުންނަށް ވެސް އެހެން ފަންނާނެއް އެރޯލް ކުޅެފައި ހުރިކަން އިހުސާސް ކުރެވޭނެ ކަމަށެވެ. އެހެން ނޫން ނަމަ އަސްލު މީހާގެ އެ ކެރެޓަރ ގެއްލިގެން ދާނެ ކަމަށް ރަންބީރު ވަނީ ބުނެފައެވެ.

މީގެ އިތުރުން ރަންބީރު ބުނެފައި ވަނީ ސަންޖޭ ދަތާއި އޭނާއާ އާޅާ ކިޔާނެ ކަން އިނގޭތި އެ ރޯލް އެންމެ ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް އޭނާއަށް ދެވަނަ ސަންޖޭ ދަތަށް ނުވެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށް ރަންބީރު ވަނީ ބުނެފައެވެ.

"ސަންޖޫ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިހިނގާ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ. ސަލްމާންގެ ފިލްމް "ރޭސް 3" މިދިޔަ ހުކުރު ދުވަހު ރިލީޒް ކޮށްފައިވާއިރު އެފިލްމަށް ދަނީ ބޮޑު ކާމިޔާބެއް ލިބެމުންނެވެ. އެފިލް ރިލީޒް ކުރިތާ ތިން ދުވަހުގެ ތެރޭގައި 106 ކްރޯޑް ރުޕީޒް ވަނީ ހޯދާފައެވެ. ވިޔަފާރި ނަމަވެސް ކްރިޓިކުން ގެންދަނީ އެ ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
07 ފެބުރުއަރީ 2017

ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ

07 ފެބުރުއަރީ 2017
ސަންޖޭގެ ހަޔާތާ ގުޅޭ ފިލްމެއް ކުޅެން ރަންބީރު 13 ކިލޯ ބަރުވެއްޖެ
01 ފެބުރުއަރީ 2017

ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

01 ފެބުރުއަރީ 2017
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި
31 ޖެނުއަރީ 2017

ތައްބޫ އަށް "ގޯލްމާލް އެގެއިން" އިން ފުރުސަތު ދީފި

31 ޖެނުއަރީ 2017
ތައްބޫ އަށް "ގޯލްމާލް އެގެއިން" އިން ފުރުސަތު ދީފި
29 ޖެނުއަރީ 2017

ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި

29 ޖެނުއަރީ 2017
ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި
28 ޖެނުއަރީ 2017

"ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ބަންސާލީއަށް ހަމަލާދީފި

28 ޖެނުއަރީ 2017
"ޕަދްމާވަތީ" ގެ ސެޓަށް ބަޔަކު ވަދެ ބަންސާލީއަށް ހަމަލާދީފި
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
16 ޖެނުއަރީ 2017

އާތިފް އަސްލަމް އަންހެން ފޭންއަކަށް ހިމާޔަތް ދީފި

16 ޖެނުއަރީ 2017
އާތިފް އަސްލަމް އަންހެން ފޭންއަކަށް ހިމާޔަތް ދީފި
10 ޖެނުއަރީ 2017

ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

10 ޖެނުއަރީ 2017
ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް