Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުއްތަމަ ފަނޑިޔާރުގެ ބަޔާން

ސުޕްރީމް ކޯޓުގެ ޑިރެކްޓަރ އާތިކާއާމެދު ފިޔަވަޅުއެޅުމުން އުއްތަމަ ފަނޑިޔާރު ކަންބޮޑުވެވަޑައިގަންނަވައިފި

13 ނޮވެމްބަރު 2019 | ބުދަ 08:40

ކޯޓެއްގެ މުވައްޒަފެއްގެ މައްސަލައެއް އޮތްނަމަ ފުރަތަމަ ބަލާނީ އެ ކޯޓަކުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 13 ނޮވެމްބަރު 2019 | ބުދަ 08:40
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ

ތަހުގީގުކުރަމުން އަންނަ މައްސަލަތަކަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ޑިރެކްޓަރު އާތިކާ އިބްރާހިމް ސަސްޕެންޑް ކުރުމުން ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ކަންބޮޑުވުން ފާޅު ކުރައްވާ ބަޔާނެއް ނެރުއްވައިފި އެވެ.

އާތިކާ ސަސްޕެންޑްކޮށްފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން، އަންގާރަ ދުވަހު އެވެ. އާތިކާ ސަސްޕެންޑް ކޮށްފައިވާއިރު، އުއްތަމަ ފަނޑިޔާރާއެކު، އެ ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ 51 މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ދަނީ ތަހުގީގު ކުރަމުން ނެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ގުޅޭ 18 މައްސަލައެއް ހިމެނެ އެވެ.

Advertisement - newsAdvertisement

އެނގިފައިވާ ގޮތުގައި އާތިކާއަކީ ކުރިން އުއްތަމަ ފަނޑިޔާރުގެ ޕާސަނަލް އެސިސްޓަންޓް (ޕީއޭ)ގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ.

ޑީޖޭއޭއިން އާތިކާ ވަޒީފާއަށް ނުކުތުން ވަގުތީ ގޮތުން މަނާ ކޮށްފައިވާކަމަށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަށް ސިޓީއަކުން އަންގާފައިވާ އެންގުމާއި ގުޅިގެން، ދިވެހި ރައްޔިތުންނަށް ކަމުގެ ހަގީގަތް ހާމަކޮށް އެރުވުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު ނެރުއްވާފައިވާ ބަޔާނުގައި ވަނީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 އަށް ހަވާލާ ދެއްވައި، މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ، މުވައްޒަފަކާ ގުޅޭ އިދާރީ މައްސަލައެއް، އެއީ މުވައްޒަފަކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ޚިލާފުވުމުގެ މައްސަލައެއް ވިޔަސް، އަދި މުވައްޒަފަކު ހުށަހަޅާ ޝަކުވާގެ މައްސަލައެއް ވިޔަސް، ޑީޖޭއޭއަށް ބެލޭނީ، އެމައްސަލައެއް އެންމެ ފުރަތަމަ އެމުވައްޒަފު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުންނާ ބެހޭ އިސް ވެރިޔާ ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން އެކަން ބެލުމަށްފަހު ކަމާއި، އަޅަންޖެހޭ އިސްލާހީ ފިޔަވަޅުވެސް އެންމެ ފުރަތަމަ އަޅާނީ ވެސް އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ކޯޓުގެ ނުވަތަ އިދާރާގެ މުވައްޒަފުންނާބެހޭ އިސްވެރިޔާ ނުވަތަ އޭނާ އެކަމަށް ކަނޑައަޅާފައިވާ ފަރާތުން ކަމަށެވެ.

މީގެއިތުރުން، މުވައްޒަފަކާ ގުޅޭގޮތުން ބެލެމުންދާ މައްސަލައެއްގައި، އެ މުވައްޒަފަކު ވަޒީފާއަށް ނުކުތުން މަނާ ކުރުމުގެ އިޚްތިޔާރު ޑީޖޭއޭއިން ބޭނުން ކުރަންވާނީ ކޯޓުގެ ނުވަތަ އިދާރާގެ މަޝްވަރާއާއެކު ކަމުގައި ވެސް، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ހަވާލާ ދެއްވައި އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވެއެވެ.

ބަޔާން ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓުގެ އެއްވެސް މުވައްޒަފަކާ މެދު، ގާނޫނާއި ގަވާއިދުގެ ބޭރުން، އަނިޔާވެރި، އަދި ބޭއިންސާފު ގޮތެއްގައި ޣައިރު ޤާނޫނީ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ނުދޭނެ ވާހަކަޔާއި، އެއްވެސް ކޯޓަކުން ވެސް އެފަދަ ފުރުސަތެއް ނުދެއްވާނެކަމުގެ ޔާގީންކަން އޮތް ވާހަކަ ވެސް މިފުރުސަތުގައި ދަންނަވާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
13 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި

13 ފެބުރުއަރީ 2017
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްސަލައެއް އެމްޑީޕީން އޭސީސީއަށް ހުށައަޅައިފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް