Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެ ދުވަހު ނުލިބުނު އެތަށް ހައްޤެއް މިއަދު ލިބިއްޖެ!

ރައްޔިތުން ބިރުވެރިކަމާއެކު ތިބެންޖެހޭ ޖެހުމަށް ވަނީ ނިމުމެއް އައިސްފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2019 | އަންގާރަ 14:27
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ޕީޕީއެމް އޮފީސް ސަރަހައްދުގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ޕީޕީއެމް އޮފީސް ސަރަހައްދުގައި ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން

ސަރުކާރަށް އަހަރެއްވާއިރު، ހަނދާނަށް ގެންނަންޖެހޭ އެންމެ މުހިންމުކަމަކީ ސަރުކާރަށް ރައްޔިތުން ބޮޑު އަޤުލަބިއްޔަތެއް ދިން ސަބަބުތަކެވެ. އެ ދުވަސް ބަދަލުކުރުމަށް ރައްޔިތުން ތެދުވި ސަބަބުތަކެވެ.

އަބްދުﷲ ޔާމީންގެ ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުން އަތުކުރި އޮޅާލީ އެންމެ ކަމެއް، ދެކަމެއް ހާސިލްކުރުމަކަށް ނޫނެވެ. ރައްޔިތުން އެ ދުވަހު އެ ބޮޑު ނިންމުން ނިންމީ ވައްކަމާއި، ހިޔާނާތާއި، ފަސާދައިން ތަޤައްޔަރުވެފައިވާ ދައުލަތެއް ހަމަޔަކަށް އެޅުވުމަށެވެ. ނިގުޅައިގަނެފައިވާ އެތަށް ހައްޤެއް އިޔާދަކޮށް، ރައްޔިތުންގެ ވެރިކަމެއް ޤާއިމްކުރުމަށެވެ. ނިޒާމުން ނެއްޓިފައިވާ ކަންކަން ހަމައަކަށް އަޅުވާ ޤައުމު ބަދަލުކޮށްލުމަށެވެ.

އައު ސަރުކާރަށް އަހަރެއްވާއިރު މި ދެންނެވި ކަންތައްތައް ހާސިލްވެފައިވަނީ ކިހާ މިންވަރަކަށްތޯ ވަޒަންކޮށްލުމަކީ މުހިންމުކަމެކެވެ. އޭގެތެރެއިންވެސް ނިގުޅައިގަނެފައިވާ ހައްޤުތައް މިއަދު ލިބޭތޯ ސުވާލު އުފައްދާލުން މުހިންމު އެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ރައްޔިތުން ނިކަމެތިކޮށްލާފައިވާ މިންވަރަކީ ކުރާ ޓުވީޓަކުން ލިޔެލާ ލިޔެލުމަކުންވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ޖަލު ގޮޅިއަށްލާނެކަމުގެ ބިރުވެރިކަން އޮތުމެވެ. މަގަކަށް އެއްވެ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ އެއްކޮށްމެ ނިގުޅައިގަނެފަ އެވެ. ޤާނޫނު އަސާސީން ކިތަންމެ ހައްޤެއް ކަށަވަރުކޮށްދީފައިވީނަމަވެސް އެއިން ހައްޤެއް ލިބެން އޮތީ ވެރިމީހާ ރުހިވަޑައިގަތުމުން އެކަނިކަން އެއީ ދިވެހި ރައްޔިތުން އެ ދުވަހު ދުށް ހަޤީޤަތްތަކެވެ. ވަކީލެއްގެ ހައްޤު ނަމަވެސް، ޖަލުގައި ހުންނަ މީހަކު އާއިލާއާ ބައްދަލުކުރުން ނަމަވެސް، އެ ހައްޤެއް ލިބެން އޮތީ ވެރިޔަކަށް ހުންނެވި ހުދުމުތާރު ވެރިޔާގެ ރުހުން ލިބުމުން އެކަނި އެވެ. ވާޒީފާގައި ހުންނަ މިހާ ބުނާ ބަހަކުން، ނުވަތަ ހުރެވޭ ސަރަހައްދަކުންވެސް ވަޒީފާއިން ބޭރުކޮށް، ނުވަތަ ވަޒީފާ އަދާކުރާތަން ބަދަލުކޮށް އާއިލާއާއި އެކަހެރިކޮށްލުމުގެ ސަގާފަތެއް އެ ދުވަހު އޮތީ އަށަގަނެފަ އެވެ.

އެހެންގޮތަކަށް ބުނާނަމަ، ޤާނޫނު އަސާސީންނާއި، ޤާނޫނުތަކުން ދީފައިވާ ހައްޤުތަކަކީ ހަމައެކަނި ކަރުދާހުގައި ލިޔެލާފައިވާ ލިޔުމެއްގެ ގޮތުގައި އެކަންކަން އޮތީ ނިންމާލާފަ އެވެ. މި ވާހަކަތަކާއި، ހުދުމުހުތާރު ވެރިޔަކު އެ ދުވަހު ކަންތައްތައް ކުރި ގޮތަކީ މިއަދު ރައްޔިތުންނަށް އައު ވާހަކަތަކަކަށްވެސް ނުވާނެ އެވެ. އެއީ ހުރިހާ ދިވެހި ރައްޔިތުންގެ ލޯތައް ކުރިމަތީގައި ފެނިގެންގޮސްފައިވާ ހަޤީޤަތްތަކެވެ.

އައު ސަރުކާރަށް އެއް އަހަރުވެގެންދިޔައިރު، މި ދެންނެވި ކަންތައްތައް ބަދަލުވެފައިވާ މިންވަރު އިންސާފުގެ ނާޅިއަކުން މިނެ ކިރާލުމަކީ މުހިންމު ކަމެކެވެ. މިއަދުގެ ހަޤީޤަތަކީ ރައްޔިތުން އެ ދުވަހު ނިކުމެ ބުރަ މަސައްކަތުން ވެރިކަމެއް ބަދަލުކުރި އެތަށް ސަބަބެއް ހަޤީޤަތަކަށްވެފައިވާކަމެވެ. އެއްވެ އުޅުމުގެ މިނިވަންކަން ޤާނޫނުގައި ބުނާ އެންމެ ފުޅާ ދާއިރާއެއްގައި ވަނީ ދީފަ އެވެ. އެއްވާ ކޮންމެ ފަހަރަކު، ޕޭޕަރ ސްޕްރޭޖަހައި، އަނިޔާކޮށް ހަދާ މަންޒަރެއް މިއަދަކު ނުފެނެވެ. އެއްވުމެއްގައި ބައިވެރިވީތި ހައްޔަރުކޮށް 40 ނުވަތަ 30 ދުވަހު އެ މީހަކު ޖަލު ގޮޅިއަށްލާ އަނިޔާކުރާ މަންޒަރެއްވެސް މިއަދު ފެންނާކަށް ނެތެވެ. ނޫސްވެރިޔަކު ލިޔާ ލިޔެލުމަކުން އެ މީހަކު ޖަލަށް ދާންޖެހިދާނެކަމުގެ ބިރުވެރިކަން އޮތް ޒަމާން ވަނީ މާޒީވެގެންގޮސްފަ އެވެ. ކުރާ ޓުވީޓަކުން އެ މީހެއްގެ މައްޗަށް ހުކުމެއް އިއްވަފާނެކަމުގެ ބިރުވެރިކަމެއް ނެތި ޝުއޫރު ފާޅުކުރުމުގެ ފުރުސަތުތައް ވަނީ ދީފަ އެވެ.

ޤައުމުގެ ވަލިއުލް އަމުރުކަމުގައިވިނަމަވެސް، އަދި އެހެން ބޭފުޅޭއްކަމުގައިވިނަމަވެސް އެ މީހެއްގެ މައްސަލަ ބެލޭނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް މިއަދު ވަނީ ލިބިފަ އެވެ. ވެރިމިހާއާއި ދެކޮޅަށް އެއްޗެއް ބުނާ ކޮންމެ މީހަކީ ކުށްވެރިވާނެ މީހެއްކަމުގައި ދުށްދެކުން މިއަދު ވަނީ ބަދަލުކޮށްލާފަ އެވެ. ބިރުވެރިކަމެއް ނެތި އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ހަމަ ކޮންމެ ހިޔާލެއް ފާޅުކުރުމުގެ މިނިވަން މިއަދު ހަމަ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންގޮސްފައިވެއެވެ. އެކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މުޒާހަރާތަކާއި، އެއްވުންތަކަށް އެކަނި ބަލާލިނަމަވެސް އެ އޮތީ ސާފުކޮށް ފެންނާށެވެ.

އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީގެން ނުވާނެކަމަށް ވަކާލާތުކޮށް، ޤާނޫނުތައް ބަދަލުކުރި ފަރާތްތަށް ކޮންމެ ރެޔަކު ދެ ދޮރުދޭތެރޭގައި ތިބެ މުޒާހަރަތައް ކުރާއިރު، އެ މީހުންނަށް އަނިޔާކުރާނެ ފުލުހުންތަކެއް މިއަދު ނުތިބެ އެވެ. ކޮންމެ ރެޔަކުވެސް އެއް ފަތިވަަރެއް ކިޔުމަށްފަހު، އެ ފަރާތަށް އަނބުރާ އާއިލާކައިރަށް ގޮސް ނިދާލެވޭނެކަމުގެ ހިތްހަމަޖެހުން އޮތީ މި ސަރުކާރުން ކަށަވަރުކޮށްދީފަ އެވެ.

އިންސާނީ ހަައްޤުތަކަށް ބެލިނަމަވެސް ކަން އޮތީ ހަމަ މި ދެންނެވި މަގުގަ އެވެ. ޖަލުގައި ހުރި ކުށްވެރިއެއް ނަމަވެސް، އަދި ތުހުމަތެއްގައި ހައްޔަރުކުރެވޭ މީހެއް ނަމަވެސް އެ މީހަކަށް ހައްޤުތައް ނުލިބޭކަމުގެ ޝަކުވާތަކެއް މިއަދަކު އަޑެއް ނޫވޭއެވެ. އާއިލާތަކުން ހައްޤުތައް ނުލިބިގެން އެއް އިދާރާއިން، އަނެއް އިދާރާއަށް ދުވުމުގެ ސަގާފަތް ވަނީ ބޮޑުތަނުން ކުށަކޮށްފަ އެވެ.

މިހެންގޮސް، ކިތަންމެ ވާހަކައެއްވެސް ދެއްކިދާނެ އެވެ. މިއީ ހަމައެކަނި ހައްޤުތަކުގެ ދާއިރާއިން ސަރުކާރަށް އެއް އަހަރުވާއިރު، ކަން ހުރި ގޮތްތަކުގެ ހަޤީޤަތްތަކެވެ. މިކަންކަމާއިމެދު ހިޔާލު ތަފާތުވިނަމަވެސް، އިންސާފުގެ ނަޒަރަކުން ނަޒަރު ހިންގާލާއިރު، ކަން ހުރި ގޮތުގެ ހަޤީޤަތަކީ މިއީކަން ދޮގުކުރާނެ ރައްޔިތަކު މިއަދު މަދުވާނެ އެވެ. ހަޤީޤަތަކީ ސަރުކާރަށް އަހެއްވާއިރު، ސަރުކާރު ގެނައި ސަބަބުތަކުގެ ތެރެއިން ބޮޑު އިންސައްތައެއް ސަރުކާރުން ހާސިލްކޮށްފައިވާކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

މިއަދު އުރީދޫގެ ސްޓާފުންނާއި ޑިޕާޓްމަންޓްތަކުން ފެނުނީ އެހެން މަންޒަރެއް!

06 އޯގަސްޓު 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

16 ޖުލައި 2017
މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

މިއަދު އަދީބަށް ޕެނަޑޯލް ގުޅައެއް ދިއްކޮށްލަންވެސް ނިހާނުމެން ނުކުޅެދިފަ!

11 ޖުލައި 2017
ގުޅިފަޅު ޕްރޮޖެކްޓް: ހަތް އަހަރުވި އިރު ވެސް ފްލެޓެއް ނުލިބުނު!

ގުޅިފަޅު ޕްރޮޖެކްޓް: ހަތް އަހަރުވި އިރު ވެސް ފްލެޓެއް ނުލިބުނު!

09 ޖުލައި 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު