Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ދަރިވަރާ ބެހޭ ތަފުޞީލީ މަޢުލޫމާތު މިމިސް އެޕްލިކޭޝަނުން ލިބޭނެ: އެޑިޔުކޭޝަން

11 ނޮވެމްބަރު 2019 | ހޯމަ 08:57

މިއީ ހަރަދަށް ލިބުނު ބޮޑު ލުޔެއް

އަމްނާ އިމާދު
އަމްނާ އިމާދު | 11 ނޮވެމްބަރު 2019 | ހޯމަ 08:57
އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިޙްސާން

އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިޙްސާން

ދަރިވަރުންގެ އަތަށް ދިން ރިޕޯޓު ފޮތަށްވުރެ މާ ތަފުޞީލީ މަޢުލޫމާތު "މިމިސް" އެޕްލިކޭޝަނުން ލިބޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙުސާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ފަލަސުރުޚީ ޕްރޮގްރާމުގައި ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިޙްސާން ވިދާޅުވީ އެޑިޔުކޭޝަންގެ ހުރިހާ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން 20 ޞަފުހާގެ ރިޕޯޓު ފޮތްތައް ތައްޔާރުކުރުމުގެ މަސައްކަތް ނިމުމަކަށް ގެނެސް އެމަސައްކަތް ޑިޖިޓަލައިޒް ކުރެވިފައިވާ ކަމަށް އިޙްސާން ވިދާޅުވިއެވެ. އިޙްސާން ވިދާޅުވީ މީގެ ކުރިން ރިޕޯޓު ފޮތް ހެދުމަށް ހޭދަކުރި ގިނަ ޢަދަދެއްގެ ކަރުދާސް މިހާރު ބޭނުން ކުރަން ނުޖެހޭ ކަމަށާއި، މިއީ ޚަރަދަށް ވެސް ލިބުނު ބޮޑު ލުޔެއް ކަމަށެވެ.

އިޙްސާން ވިދާޅުވީ މިމިސް އެޕްލިކޭޝަނުން އެދަރިވަރަކާ ބެހޭ މުހިންމު ތަފުޞީލީ މަޢުލޫމާތު ލިބޭނެ ކަމަށާއި، މާއްދާތަކުން ލިބުނު މާކްސް އާއި ރަނގަޅު ކުރަންޖެހޭ ކަންކަން ވެސް ފެންނަން ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ކުއްޖާގެ ހެދިބޮޑުވުމަށް އަންނަ ބަދަލުތަކުގެ ތަފްޞީލާއި، އިތުރު ޙަރަކާތްތަކާއި، ހޯދާފައިވާ ކާމިޔާބުތަކާއި، ކްލާހުގެ ހާޟިރީ ވެސް ފެންނަން ހުންނާނެ ކަމަށެވެ.

ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ އާދަމް ވިދާޅުވީ މިމިސް އެޕްލިކޭޝަނުން ދަރިވަރުންގެ ރިޕޯޓުކާޑު ހެދޭ ގޮތް ވުމަކީ ވަގުތު ވަރަށް ބޮޑަށް ސަލާމަތް ކުރެވުނު ކަމެއްކަމަށާއި، އޭގެ ފައިދާ ބެލެނިވެރިންނަށާއި، ޓީޗަރުންނަށް ކުރަމުން އަންނަ ކަމަށެވެ.

މޫސާ ވިދާޅުވީ އެއްގްރޭޑުން އަނެއް ގްރޭޑަށް ދަރިވަރުން ބަދަލުވާއިރު، ރިޕޯޓު ފޮތް ގެއްލޭ މައްސަލަ މީގެ ކުރިން ދިމާވެފައި އެބަހުރި ކަމަށާއި، އެހެން ވުމުގެ ސަބަބުން ދަރިވަރުން ކުރީގެ ގްރޭޑްތަކުގައި ކޮށްފައި ހުންނަ މަސައްކަތް ބެލެނިވެރިއާއަށް ބެލޭނެ ގޮތެއް ނޯންނަ ކަމަށެވެ. ނަމަވެސް މިމިސް އެޕްލިކޭޝަނާއެކު މިމައްސަލައަށް ވެސް ޙައްލު ލިބިފައިވާ ކަމަށް މޫސާ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސާ ވިދާޅުވީ ސްކޫލުގައި ރަޖިސްޓްރީވާ ކޮންމެ ބެލެނިވެރިއަކަށް އެކުއްޖާއަށް ދޭ ލޮގިންއާ ޕާސްވޯޑް ބޭނުންކޮށްގެން ކޮންމެ ވަގުތަކު އެކުއްޖާގެ މަޢުލޫމާތު ކޮންމެ ތަނެއްގައި ހުރެގެން ވެސް ބެލޭނެ ކަމަށެވެ. އަދި ވިދާޅުވީ އެޕްލިކޭޝަނުން ދުވަހުގެ ހާޟިރީ ވެސް މައިންބަފައިންނަށް ވަގުތުން ވަގުތަށް ބެލޭނެ ކަމަށެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

07 މާރިޗު 2017

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
06 މާރިޗު 2017

ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ

06 މާރިޗު 2017
ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް