Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިޔަފާރި

ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ

ހުށަހަޅާ އިސްލާހުތަކުގެ ތަފްސީލެއް ނުދެއްވާ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 6 މާރިޗު 2017 | ހޯމަ 17:17
ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް

ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް

ކުންފުނިތަކާބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.

ދިވެހި އިންޝުއަރަންސް ކުންފުނިން އިންތިޒާމްކޮށްގެން ހޮޓެލް ޖެންގައި ކުރިއަށް ގެންދާ "ކޯޕޮރޭޓް ލައިބިލިޓީޒް ސެމިނާރ" ފެށުމުގެ ރަސްމިއްޔާތުގައި ވިސާމް ވިދާޅުވީ ގާނޫނަށް ހުށަހަޅާ އިޞްލާޙްތަކުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރެވި ރިސްކް މެނޭޖްކުރުމަށް މަގުފަހިވެ އަދި ޒިންމާދާރުކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިވާނެ ކަމަށް ޤަބޫކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް ކުންފުނިތަކާ ގުޅޭ ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ވިސާމް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު ސަމާލުކަމެއް އޮތީ ވިޔަފާރިތައް ޒަމާނީ ވިޔަފާރިތަކަށް ބަދަލުކޮށް ޒުވާނުން ބޭނުންވާ ފަދަ އިޤްޠިޞާދީ ބަދަލެއް ގެނައުމެވެ.

ވިޔަފާރިތައް އިތުރުވެ ބޮޑެތި ބަދަލުތައް އަންނަކަން ފާހަގަކުރައްވައި ވިސާމް ވިދާޅުވީ އައު ވިޔަފާރިތައްވެސް ދަނީ ފަށަމުން ކަމަށާއި ވިޔަފާރިތައް އިތުރުވަމުންދާއިރު ކުރިމަތިވަމުން އަންނަ މައްސަލަތައްވެސް ވެސް އިތުރުވާ ކަމަށެވެ.

ވިސާމް ވިދާޅުވީ ވިޔަފާރީގެ ނިޒާމަށް އަންނަމުންދާ ބަދަލުތަކާއެކު ކުރިމަތިވާ ރިސްކްތައްވެސް އިތުރު ކަމަށެވެ. ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރިތައް ކުރިއަށް ގެންދެވޭނެ ނިޒާމެއް ޤާއިމުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށާއި އަދި އެ އަމާޒު ހާޞިލުކުރުމަށް ގޮތްތަކެއް ނިންމައި ކަންތައްތަކަކަށް އެބަސްވާންޖެހޭ ކަމަށް ވިސާމް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ބިން ނުވިއްކޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅަން ފާސްކޮށްފި

22 މާރިޗު 2017
ބިން ނުވިއްކޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅަން ފާސްކޮށްފި
02 މާރިޗު 2017

އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ

02 މާރިޗު 2017
އަހަރީ ފީ ނުދައްކާ ތިން ހާހަށްވުރެ ގިނަ ކުންފުނި އުވާލުމަށް ކޯޓަށް ހުށަހަޅަނީ
02 މާރިޗު 2017

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް

02 މާރިޗު 2017
ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު