Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

"ހިތްގައިމު މަސައްކަތަކަށް" މުދައްރިސްކަން ބަދަލުކުރުމަށް މިދަނީ މަސައްކަތްކުރަމުން: އެޑިޔުކޭޝަން މިނިސްޓަރ

6 ނޮވެމްބަރު 2019 | ބުދަ 06:39

ދެ ކަމަކަށް އިސްކަން ދެއްވައިގެން މަސައްކަތްތައް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ނޮވެމްބަރު 2019 | ބުދަ 06:39
އިސްކަންދަރު ސްކޫލްގައި ކިޔަވައިދެއްވާ ޓީޗަރުންތަކެއް

އިސްކަންދަރު ސްކޫލްގައި ކިޔަވައިދެއްވާ ޓީޗަރުންތަކެއް

މުދައްރިސުންގެ މުސާރަ އާއި މަސައްކަތުގެ މާހައުލު އޮތްގޮތުން މުދައްރިސް ކަމަކީ މިހާރު އެހާ ހިތްގައިމު މަސައްކަތެއް ނޫންކަމަށާއި އެހެންކަމުން ހާލަތު ބަދަލުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދާންދޫ ދާއިރާގެ މެމްބަރ ޔަޢުޤޫބް އަބްދުﷲ މުދައްރިސު ކަމަށް ސްކޫލް ނިންމާ މޮޅެތި ދަރިވަރުން ނުނިކުންނާތީ އެކަމުގެ ސަބަބާއި އެކަމަށް ހައްލު ހޯދުމަށް މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ތައުލީމީ ދާއިރާގެ ކަންކަން ބައްޓަންވެފައިވާ ގޮތުން މުދައްރިސުންނަށް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހިފައިވަނީ ސްކޫލްތަކުގައި ކަމަށެވެ. އަދި މުދައްރިސުންނަށް ގިނަ ޕްރެޝަރތަކެއް ދިމާވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement

އެގޮތުން ބެލެނިވެރިންނާއި ސްކޫލް މެނޭޖްމެންޓާއި މިނިސްޓްރީންވެސް މުދައްރިސުންނަށް ގިނަ ޕްރެޝަރތަކެއް ދިމާވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެދެވޭ ތަމްރީނު ތަކެއް މުދައްރިސުކަމަށް އަލަށް އަންނަ ކުދިންނަށާއި މުދައްރިސްކަމުގައި މިހާރު ތިބި މީހުންނަށްވެސް ނުދެވޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ކިޔެވުމަށްވެސް މުދައްރިސުން ކުރަންޖެހޭ މަސައްކަތަކީ ބުރަ މަސައްކަތެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރަށުގައި އާއިލާ ކައިރީގައި ތިބެގެން ކިޔެވުމުގެ ފުރުސަތު މުދައްރިސުންނަށް ނެތްކަމަށެވެ.

އަދި މުދައްރިސުންނާ ދޭތެރޭ މުޖުތަމަޢު ދެކޭގޮތްވެސް މިހާރު ބަދަލު ވެފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ކުރިން ގަދަރުވެރި މަސައްކަތެއްގެ ގޮތުގައި މުދައްރިސްކަން ދެކޭ ކަމަށާއި ނަމަވެސް މިހާރު އެގޮތަށް ނުދެކޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިކަންކަން ހައްލުކުރުމަށް މިނިސްޓްރީން މިހާރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އެގޮތުން ދެ ކަމަކަށް އިސްކަންދެއްވައިގެން އެ މަސައްކަތް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މުދައްރިސުންގެ ގަދަރު ދަރިވަރުންގެ ކުރިމަތީގައި މަތި ކުރުމަށް ކެމްޕޭނެއް ފައްޓަވާފައި ވާކަމަށެވެ. އޭގެ ފުރަތަމަ ޕްރޮގްރާމް މިއަހަރުގެ މުދައްރިސުންގެ ދުވަހު ހިންގާފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު ތައްޔާރުކޮށްފައިވާ ޕްރޮގްރާމްގެ ތެރެއިން އޭ ލެވެލް ނިންމާ ދަރިވަރުން ސްކޫލްތަކަށް ގެންގޮސް މުދައްރިސުންނާއި ގުޅުވައިގެން ޕްރޮގްރާމްތަކެއް ހިންގުންކަމަށެވެ. އެ ޕްރޮގްރާމްގެ ޒަރީޢާއިން މިދާއިރާއަށް އާ ކުދިން އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މުދައްރިސުން މަސައްކަތް ކުރާ މާހައުލަކީ މަސައްކަތް ކުރުމަށް އެކަށޭނެ މާހައުލަކަށް ހެދުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ސިންގަލް ސެޝަން ސްކޫލްތަކަކަށް ހުރިހާ ސްކޫލްތަކެއް ބަދަލުކޮށްގެން އެފަދަ މާހައުލެއް ގާއިމުކުރެވިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން މިސެމިސްޓަރ ގައި 22 ސްކޫލެއްގައި ސިންގަލް ސެޝަން ސްކޫލްތައް ޕައިލެޓް ކޮށްފައިވާ ކަމަށާއި އެކަމަކީ ކާމިޔާބު ކަމެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން ސްކޫލްތަކުގައި ޓީޗަރުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެގޮތުން ސްޓާފް ރޫމްތަކުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

ހެލްތު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރުންތަކެއް އޮފީސްތެރޭ ނަށާ ވީޑިއޯ އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

3

ފެނަކައިގެ ކޮރަޕްޝަން މައްސަލައިގައި ދީނާ ޖަލަށްލާން ހުކުމްކޮށްފި، ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރަން ދައުލަތުން އިންކާރުކުރޭ!

4

އަލައްބާރު އެތައް މިލިއަން ޑޮލަރެއް ދިން ކަމަށް ބުނާ "އަބްދުﷲ" އަކީ ކާކު؟

5

19 އަހަރުގެ ވެރިކަމަށް ފަހު ޔަހޫދީ ނަތަންޔާހޫގެ ސިޔާސީ ހަޔާތް ނިމުމަކަށް އަންނަނީތަ؟

އިތުރަށް ކިޔާލަން

31 މާރިޗު 2017

މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު

31 މާރިޗު 2017
މީހަކަށްވާ މީހަކު ހުރީ އަޅުގަނޑުމެންނާއެކު، މިދަނީ ބަލިކުރަން:ޝާހިދު
25 މާރިޗު 2017

އިންތިހާބުގައި ވޯޓްލާނީ، އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށް ފަހު: އަލީ ނިޔާޒު

25 މާރިޗު 2017
އިންތިހާބުގައި ވޯޓްލާނީ، އިލެކްޝަން ކޮމިޝަން ބަދަލުކުރުމަށް ފަހު: އަލީ ނިޔާޒު
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
19 މާރިޗު 2017

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު
06 މާރިޗު 2017

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ
04 މާރިޗު 2017

ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް

04 މާރިޗު 2017
ޒައިދުލް އަމީންގެ މައްސަލަ މިދަނީ ބަލަމުން: އެޗްއާރުސީއެމް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް