Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހުގެ ވޯޓް

ތުހްމަތުތަކުގައި އެއްވެސް އަސްލެއް ހަގީގަތެއް ނެތް: މަސީހް

މަޖިލީހުގެ މަސައްކަތް ކުރައްވަނީ މެމްބަރުންގެ އަޚެއްގެ ގޮތުގައި

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 27 މާރިޗު 2017 | ހޯމަ 09:31
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ އެެއްވެސް އަސްލެއް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް، އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.

މިހާރު ހިނގަމުންދާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން، މަސީހު ވިދާޅުވީ އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ފާހަގަކޮށްފައިވާ ހަތް ނުކުތާއަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

Advertisement - newsAdvertisement

ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ މެމްބަރަކު ކިޔުއްވާފައިވާ ކަމަށް ވެސް ގަބޫލް ނުކުރައްވާ ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.

"މި ބަޔާން ހުރިހާ މެމްބަރުން ކިޔުއްވާފައި އޮތްހެން ވެސް ހިއެއް ނުވޭ. މިއީ އިޖުރާއީ ގޮތުން ބޭރުކޮށްލެވޭ ގޮތަށް ހުށަހަޅާފައިވާ މައްސަލައެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަސީހު ވިދާޅުވީ އެޖެންޑާކުރަން ބިލްތައް ހުރި ނަމަވެސް ޖަލްސާ ނުބާއްވާ ކަމަށް އިތުބާރު ނެތްކަމުގެ މައްސަލައިގައި ބުނެފައި ވިޔަސް، އެފަދަ ހާލަތެއްގައި ބިލެއް ނެތް ކަމަށެވެ.

"އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

"މަޖިލީހު ޖަލްސާއެއް އެޖެންޑާކޮށްގެން ކުރަން ހުރި މަސައްކަތް ހުރި ނެތް މިންވަރު އެނގޭނެ. މަޖިލިސް ހަލުއިކުރުމުގެ މަސައްކަތާއި މަސްއޫލިއްޔަތު ހަވާލުކޮށްފައި ވަނީ މަޖިލީހުގެ ކޮމިޓީތަކަށް. އެ މަސައްކަތް ހަލުއިކުރަން މަސައްކަތް ކުރަން."

މަޖިލީހުގެ ކޮމިޓީގައި މިހާރު އޮތީ އެންމެ ހަ ބިލް ކަމަށް މަސީހް ވިދާޅުވި އެވެ.

ސަރުކާރު ޖަވާބުދާރީކުރަން ކޮމިޓީތަކަށް މައްސަލަ ފޮނުވޭ ކަމަށާއި ކޮމިޓީތަކަށް ބޭފުޅުން ހާޒިރުކޮށްގެން ކުރިއަށް ގެންދިއުމަކީ އެ ކޮމިޓީއެއްގެ ޒިންމާއެއް ކަމަށާއި މަޖިލީހުން ނިންމަންޖެހޭ ކަންކަން ނިންމަމުން ދެވޭ ކަމަށް މަސީހު ވިދާޅުވި އެވެ.

"އެހެންވެ އެއީ ވެސް ހަގީގަތާ ހިލާފު ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހުގައި މިހާތަނަށް 52 މެމްބަރުންނާ ސުވާލު ކުރެވިފައިވާ ކަމަށް ވެސް މަސީހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ހުށަހަޅާ ބިލާއި ގަރާރުތައް މެމްބަރުންނަށް އިސްލާހު ހުށަހެޅުމަށް އެެެއްވެސް ހުރަހެއް މަޖިލީހުގެ ރިޔާސަތުން ކުރިމަތިކޮށްފައި ނުވާނެ ކަަމަށާއި ކަންކަމަކަށް ބަހުސް ކުރުމުގެ އުސޫލް މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަށެވެ.

"އެކަމުގައި މަޖިލީހުގެ ރިޔާސަތުގެ ދައުރެއް ނޯވޭ. އެހެންވެ، މިއީ އަސްލެއް ނެތް ވާހަކަތަކެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ވަކި ބާވަތެއްގެ ބިލްތައް އެއީ ސަރުކާރުން ހުށަހަޅަންޖެހޭ ބިލްތަކެއް ކަމުގައި ހަމަޖައްސާފައިވަނީ މަޖިލީހުގެ ގަވައިދުގައި އެގޮތަށް ބަޔާންކޮށްފައިވާ ކަަމަށާއި ސަރުކާރުން ހުށަހަޅާ ބިލްތަކާއި މަޖިލީހުގެ މެމްބަރުންނަށް ބިލް ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، ބިލެއް ހުށަހެޅުމުގެ ފުރުސަތު، އަދި ބަހުސްގައި ބައިވެރިވުމުގެ ފުރުސަތެއް އެ މަނިކުފާނަށް ނޯންނަ ކަމަަށް މަސީހު ވިދާޅުވި އެވެ.

"މަޖިލީހުގެ ރައީސަކީ ހަމަޖެހިފައިވާ އުސޫލާއި ގަވާއިދާ، މަޖިލީހުގެ އަޣުލަބިއްޔަތުން ކަންކަން ކުރުން. އެގޮތަށް ނިންމާ ކަމެއް ބަދަލުކުރުމުގެ ފުރުސަތު މަޖިލީހުގެ ރައީސަށް ލިބިގެނެއް ނުވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަސީހު ވިދާޅުވީ، މިއަދާ ހަމައަށް ވެސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުން ގެންދެވީ މަޖިލީހުގެ ހުރުމަތާއި ގަދަރު އަދި މަޖިލީހުގެ މެމްބަރުން އިމްތިޔާޒު ހިފެހެއްޓޭ ގޮތަށް ކަމަށެވެ. މިހާތަނަށް މަސައްކަތް ކުރަމުން ގެންދެވީ މަޖިލީހުގެ މެމްބަރުންގެ އަހެއްގެ ގޮތުން، ކުރަން ޖެހުނު އެއްވެސް ކަމެއްގައި ފަސް ޖެހުމެއް ނެތި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު