Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމް މިނިސްޓްރީ

ގަވާއިދާ ހިލާފަށް ރުއްގަސް ގެންދާނަމަ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރާނަން: އަލީ ވަހީދު

1 ނޮވެމްބަރު 2019 | ހުކުރު 07:19

އީޕީއޭއަށް ފުރިހަމަ އެއްބާރުލުން ދޭނަން

އަމްނާ އިމާދު
އަމްނާ އިމާދު | 1 ނޮވެމްބަރު 2019 | ހުކުރު 07:19
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ތަރައްގީ ކުރާ ރިސޯޓުތަކަށް ގާނޫނާއި ގަވާއިދާ ހިލާފަށް ރުއްގަސް އެތެރެކުރާކަމުގެ ރިޕޯޓު ލިބިއްޖެނަމަ ފިޔަވަޅު އެޅުމުގެ އެންމެހައި މަސައްކަތްތައް ޓޫރިޒަމް މިނިސްޓްރީން ކުރާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޑަބްލިއުޓީއެމްއަށް ފުރުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ވިދާޅުވީ، ގަވާއިދާ ހިލާފަށް އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމަކީ ސަޕޯޓު ކުރާ ކަމެއް ނޫން ކަމަށާއި، ގާނޫނާ ހިލާފަށް މިކަން ކުރާ ނަމަ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި މެންޑޭޓްގައި ހިމެނޭ ކަމަކަށްނުވާތީ މިމައްސަލައަށް ފިޔަވަޅު އެޅުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިފައިނެތް ނަމަވެސް އީޕީއޭއަށް ފުރިހަމަ ބާރު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ގަވާއިދާ ހިލާފަށް އެއްރަށުން އަނެއްރަށަށް ރުއްގަސް ގެންދާކަމުގެ ރިޕޯޓުގެ މިނިސްޓްރީއަށް ލިބުމުން ވެސް އެއީ ހިނގާކަމެއްތޯ ބެލުމަށްފަހު، އެމައްސަލަ އީޕީއޭއަށް ހުށަހަޅައި، ފިޔަވަޅު އެޅުމަށް ބާރުއަޅައި އެހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. މިފަދަ މައްސަލަތަކުގައި އީޕީއޭއަށް ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން މިނިސްޓްރީގެ ފަރާތުން ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިސަރުކާރުން ރަށެއް ވިޔަސް ފަޅެއް ވިޔަސް ތަރައްގީ ކުރުމުގައި އެންމެ ޓޮޕް ޕްރައޯރިޓީއަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުން ކަމަށާއި، އެރަށެއްގެ ގުދުރަތީ އަސާސްތައް ނުގެއްލޭ ގޮތަށް އެރަށެއްގައި ކުޅިއެއް އިންކަމުގައި ވިޔަސް މަސައްކަތް ކުރާނީ ގުދުރަތީ މުހިންމުކަން ހުރި ހުރިހާ ކަމެއް ހިމާޔަތްވާ ގޮތަށް ކަމަށެވެ. އަދި އެނޫން ގޮތަކަށް މިސަރުކާރުން ފަތުރުވެރިކަން ކުރިއަށް ނުގެންދާނެ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ސަރުކާރުން އަލަށް ޓޫރިޒަމްއަށް ނެރޭ ރަށްތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިހާރު ރަށްތައް ކަނޑައަޅާ ނިމިފައިވާ ކަމަށާއި، މިމަހު އެއީ ކޮން ރަށްތަކެއްކަން އިއުލާން ކުރާނެ ކަމަށެވެ. އަދި އެއަށްފަހު ރަށްތައް ތަރައްގީ ކުރުމަށް ބިޑިން ޕްރޮސެސްއާ މިހުރިހާ ކަމެއް ހާމަކުރަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
13 މާރިޗު 2017

ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ

13 މާރިޗު 2017
ބިރުގަންނަންޖެހޭ ހާލަތަކަށް ނުދޭ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންވީ: އެޗްޕީއޭ
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް