Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެޕިޓަލް މަރކެޓް ފޯރަމް 2019

ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ބޭނުންވަނީ ކެޕިޓަލް މަރކެޓް ތަރައްގީކުރުން: ރައީސް ސޯލިހު

31 އޮކްޓޯބަރު 2019 | ބުރާސްފަތި 07:51

ކެޕިޓަލް މަރކެޓަކީ ރާއްޖޭގެ އިގްތިސާދަށް ހަކަތަ ފޯރުކޮށްދޭ މައިގަނޑު އިންޖީން: ރައީސް ސޯލިހު

އަމަން ހަލީމް
އަމަން ހަލީމް | 31 އޮކްޓޯބަރު 2019 | ބުރާސްފަތި 07:51
ކެޕިޓަލް މަރކެޓް ފޯރަމް 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ

ކެޕިޓަލް މަރކެޓް ފޯރަމް 2019 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ އިޤްތިޞާދުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކެޕިޓަލް މާކެޓް ތަރައްޤީކުރުމަކީ، ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދު މިއަށް ވުރެ މަތީ ހަރުފަތަށް ގެންދިޔުމަށްޓަކައި ވަރަށް ބޭނުންތެރި ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި އޮތް ކެޕިޓަލް މަރކެޓް ފޯރަމް އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކެޕިޓަލް މަރކެޓަކީ ރާއްޖޭގެ އިގްތިސާދަށް ހަކަތަ ފޯރުކޮށްދޭ މައި އިންޖީނު ކަމަށެވެ.

Advertisement - newsAdvertisement

ފަރުދުންގެ ފުދުންތެރިކަމާއި ތިޔާގިކަމަކީ، މުޖުތަމައެއްގެ ހަމަޖެހުމާއި ގުޅިލާމެހިފައިވާ ކަންކަން ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެހެންކަމުން ގައުމެއްގެ ހަމަޖެހުން ގާއިމްކުރުމުގައި، ކެޕިޓަލް މަރކެޓަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ކަމަށެވެ.

ގައުމީ ތަރައްގީއާ ކެޕިޓަލް މަރކެޓާ އޮތް ގުޅުމުގެ ވާހަކައަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކުގައި އަމަލީގޮތުން ކޮންމެ ފަރުދަކަށް ބައިވެރިނުވެވުނު ކަމުގައިވިޔަސް، ކެޕިޓަލް މަރކެޓް މެދުވެރިކޮށް ތަރައްގީގެ މަޝްރޫއުތަކުގައި ކޮންމެ ފަރުދަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ގައުމީ ސިނާއަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި ކެޕިޓަލް މަރކެޓްގެ ހިއްސާ ބޮޑުކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދުގެ ބޮޑު އިންސައްތައެއް ހިއްސާކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެވިޔަފާރިތައް ކުރިއަރުވާނެ މާލީ އެހީ ބޭންކިންގ ނިޒާމުގެ ތެރެއިން ލިބެން ނެތުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީވެސް ކެޕިޓަލް މަރކެޓް އެވެ. އަދި މި ޒާތުގެ ވިޔަފާރިތައް ފެށުމަށާއި، ފައިސާގެ އެހީ ފޯރުކޮށްދޭ ވަސީލަތެއްގެ ގޮތުގައި ކެޕިޓަލް މަރކެޓް ހެދިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާރުވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ސްކީމްތަކެއް ސަރުކާރުން ފަށާފައިވާއިރު، ކެޕިޓަލް މަރކެޓް ނިޒާމުގެ ތެރެއިން މި ސްކީމްތައް އިތުރަށް ފުޅާކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. މިކަމަށް ބޭޏުންވަނީ ގިނަ އިންވެސްޓަރުންގެ ބައިވެރިވުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން އެސްއެމްއީ ބޭންކެއް އުފައްދާފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ރައީސް ސޯލިހު އުފެއްދެވި ކޯޕަރޭޝަންގައި ސަރުކާރުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި މާލޭ ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓި ކައުންސިލްގެ ހިއްސާ އޮވެއެވެ. ރައީސް މި ބޭންކް އިފްތިތާހުކޮށްދެއްވީ 18 މާޗް 2019 ވަނަ ދުވަހުއެވެ.

ބަނޑޮސް އައިލެންޑުގައި މިހާރު ކުރިއަށްދާ ކެޕިޓަލް މަރކެޓް ފޯރަމް 2019 އަކީ، ކެޕިޓަލް މަރކެޓަށް ހާއްސަކުރެވިގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ފޯރަމެވެ. މި ފޯރަމްގެ ޒަރިއްޔާއިން ކެޕިޓަލް މަރކެޓް ކުރިއެރުވުމަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ، އާންމުންގެ ތެރޭގައި ކެޕިޓަލް މަރކެޓަށް އިންވެސްޓްކުރުމަށް އިތުރަށް ހޭލުންތެރިކުރުވުމުގެ މަގުފަހި ވެގެން ދާނެ ކަމަށް މި ފޯރަމް އިންތިޒާމް ކުރާ ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއިން ގަބޫލުކުރެއެވެ. މި ފަހަރުގެ ފޯރަމްގެ ޝިއާރަކީ، "އިޖްތިމާއީ ހަމަޖެހުމަށް ކެޕިޓަލް މަރކެޓް" އެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް
12 ފެބުރުއަރީ 2017

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ
06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް