Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުން: ޔުމްނާ

31 އޮކްޓޯބަރު 2019 | ބުރާސްފަތި 02:19

މިންތީގެ ހަމަހަމަކަން ގާއިމްކުރަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 31 އޮކްޓޯބަރު 2019 | ބުރާސްފަތި 02:19
ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ

ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ

ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ހިއްސާ އިތުރުކޮށް އިގްތިސާދީ ގޮތުން ބާރުވެރިކޮށް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތުމަތު ޔުމްނާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޔުމްނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިވެރިކަމުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރާ ކަމަށާއި، މިންތީގެ ހަމަހަމަކަން ގާއިމް ނުކުރެވެނީ އާންމުންގެ ވިސްނުން ބަދަލުކޮށްގެން ކަމަށެވެ. ޔުމްނާ ވިދާޅުވީ ގާނޫނުގައި ވަރަށް ގިނަކަންކަން ލާޒިމްކުރާއިރު، މިންތީގެ ހަމަހަމަކަން ގާއިމް ނުކުރެވެނީ ގާނޫނު ނެތިގެން ނޫން ކަމަށެވެ.

Advertisement - newsAdvertisement

ޔުމްނާ ވިދާޅުވީ މިންތީގެ ހަމަހަމަކަން ގާއިމްކޮށް، ތަންފީޒު ކުރެވޭނެ ގޮތެއް ހޯދުމަށް ޕަބްލިކް ކުންފުނިތަކާއި، ވަކިވަކިން އަންހެން މުއައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. ގާނޫނީ ގޮތުން ހުރި ދަތިތަކާއި، ދިމާވާ ގޮންޖެހުންތައް އޮޅުންފިލުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ވަޒީފާގެ ކުރިއެރުމަށް ހުރި ގޮންޖެހުންތަކާއި، ވަޒީފާގެ މާހައުލު ރަނގަޅު ނުވުމާއި، ޖިންސީ ފުރައްސާރަ ކުރުމުގެ ތަފާތު މައްސަލަތައް އަންހެން މުއައްޒަފުން ހިއްސާފައިވާ ކަމަށް ޔުމްނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޔުމްނާ ވިދާޅުވީ ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ވެސް ތަފާތު ގިނަ މަސައްކަތްތައް ކުރާ ކަމަށާއި، މަދު ދާއިރާތަކުގައި ވަކި އަދަދެއް ކަނޑައެޅުމަށްފަހު އަންހެނުންނަށް ވަޒީފާއިން ފުރުސަތު ދޭންޖެހޭ ގޮތަށް އުސޫލު ކަނޑައެޅުން މުހިންމު ކަމަށެވެ. ޔުމްނާ ވިދާޅުވީ އެންމެ ބޮޑު މާކެޓްއޮތް ޓޫރިޒަމް ދާއިރާގައި އަންހެނުން މަސައްކަތް ކުރަނީ ވަރަށް މަދުން ކަމަށެވެ.

އަދި ޓޫރިޒަމްގެ ދާއިރާގައި މަސައްކަތުގައި އުޅޭ އަންހެނުންގެ ޕަސެންޓަކީ 07 ކަމަށާއި، އޭގެތެރެއިން 02 ޕަސެންޓަކީ ދިވެހި އަންހެނުންކަން އޭނާ ފާހަގަކުރެއްވިއެވެ.

ޔުމްނާ ވިދާޅުވީ އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކޮށް ޓޫރިޒަމް ދާއިރާގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމުގެ ގޮތުން ބ.އަތޮޅު ރީޖަންއަކަށް ނެގުމަށްފަހު، ޓޫރިޒަމް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މިދާއިރާގައި އަންހެނުން އިތުރުކުރުމާ ބެހޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ސްޓްރެޖެޓިކް އެކްޝަން ޕްލޭންއަށް އަލިއަޅުއްވާލައްވާ ޔުމްނާ ވިދާޅުވީ ޖެންޑަރ މިނިސްޓްރީގެ މެންޑިޑޭޓްގައި ހުރިކަންކަން ތަންފީޒު ކުރެވޭނެ ކަމަށާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމުން ނަތީޖާ ފެންނާނެ ކަމަށެވެ. މިޕްލޭންގެ ދަށުން ފުދުންތެރި އާއިލާތަކެއް މުޖުތަމައުގައި ބިނާވެގެންދިއުމާއި، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަށަވަރުކުރެވިގެންދިއުން ހިމެނޭ ކަމަށެވެ. އަދި މިއީ ގައުމުގެ ހަގީގީ ތަރައްގީ ކަމަށް އޭނާ ޔުމްނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި

11 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި
10 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީއާ ހިއްސާ ކޮށްފި

10 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރި މައްސަލަ އެމްނެސްޓީއާ ހިއްސާ ކޮށްފި
08 މާރިޗު 2017

ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން

08 މާރިޗު 2017
ސަރުކާރަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކޮށްދިނިމުގައި ވަނީ އިހުމާލުވެފައި: ރައީސް މައުމޫން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
08 މާރިޗު 2017

އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު

08 މާރިޗު 2017
އަންހެނުންގެ ހައްގުތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ ޑިމޮކްރަސީ ނެތުން: ފައްޔާޒު
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
25 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި

25 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމުން ތޮއްޑޫ ދާއިރާގައި ކެމްޕެއިމް ހަރަކާތްތައް ހިންގައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް