Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރޮފެސަރު އުގެއިލް

ކޮރަލިއަން ލެބްގެ މަސައްކަތް އަލުން ފެށޭނެކަމުގެ އުންމީދު ކުޑަ: އުގެއިލް

25 އޮކްޓޯބަރު 2019 | ހުކުރު 08:33

އެރަށް އަތުލީ ވަރަށް ނޭއްގާނީކޮށް

އަމްނާ އިމާދު
އަމްނާ އިމާދު | 25 އޮކްޓޯބަރު 2019 | ހުކުރު 08:33
ޕްރޮފެސަރު ހަސަން އުގެއިލް

ޕްރޮފެސަރު ހަސަން އުގެއިލް

ޅ. ވައްވަރުގައި، ކަނޑުގެ ދިރުންތަކާއި މުރަކަތައް ދިރާސާ ކުރުމަށް ކޮރަލިއަން ލެބް ހިންގަނިކޮށް އެރަށް އަތުލީ ވަރަށް ނޭއްގާނީކޮށް ކަމަށާއި، އެމަސައްކަތް އަލުން ފެށޭނެ ކަމުގެ އުންމީދު ވަރަށް ކުޑަ ކަމަށް ޕްރޮފެސަރު ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.

ސަން އޮންލައިންގެ "50 މިނެޓް" ޕްރޮގްރާމުގައި ޕްރޮފެސަރު އުގެއިލް ވިދާޅުވީ ޅ.ވައްވަރުގެ ކޮރަލިއަން ލެބްގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެރަށް އަތުލީ ގަވާއިދާ ގާނޫނާ ހިލާފަށް ކަމަށާއި، އެމަސައްކަތް ސަރުކާރުން ހުއްޓުވާލީ ކަމަށެވެ. އަދި މަސައްކަތް ހުއްޓައި ރަށް އަތުލީ ހުށަހަޅަންޖެހޭ ރިޕޯޓުތަކެއް ކަރުދާހުން ހުށަނާޅާ ކަމަށް ބުނެ ކަމަށާއި، ނަމަވެސް ހުރިހާ ރިޕޯޓެއް އީމެއިލް މެދުވެރިކޮށް ހުށަހެޅި ކަމަށެވެ.

Advertisement - newsAdvertisement

އުގެއިލް ވިދާޅުވީ 20 އަހަރުގެ ތަސައްވުރެ އޮތް ކޮރަލިއަން ލެބްއަކީ ދުނިޔޭގެ ފެންވަރުގައި ކުރަމުން އައި މަސައްކަތެއް ކަމަށާއި، އެމަސައްކަތް ހުއްޓުވުން އެއީ ރާއްޖެއަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.

އުގެއިލް ވިދާޅުވީ މިހާރު އެމަސައްކަތް ކުރެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށާއި، ކުރިން އެމަސައްކަތް ކުރީ ބޭރުގެ ބޭފުޅެއްގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށެވެ. އެގޮތުން އެމަސައްކަތަށް އެއްމިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އުގެއިލް ވިދާޅުވިއެވެ.

މީގެ އިތުރުން އުގެއިލް ވިދާޅުވީ ރަށް އަތުލުމަށްފަހު، ތަން ހުސްކުރުމަށް ދިނީ 30 ދުވަހުގެ މުއްދަތެއް ކަމަށާއި، މިމަސައްކަތަށް އެބޭފުޅާ ހޭދަކުރި ފައިސާ ގެއްލުނީ ކަމަށެވެ.

އުގެއިލް ވިދާޅުވީ ކަނޑުގެ ދިރާސާތައް ކުރުމަށް ރާއްޖޭގައި މިފަދަ ލެބްއެއް ހުރުން ވަރަށް މުހިންމު ކަމަށެވެ.

ކޮރަލިއަން ލެބް ހިންގުމަށް ޅ.ވައްވަރު ސަރުކާރުން ދޫކުރީ 21 އަހަރުގެ މުއްދަތަށްށެވެ. 2013 ވަނަ އަހަރު ލެބް ހުޅުވައި މަސައްކަތްތައް ކުރިއަށްދަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްބަސްވުން ބާތިލްކޮށް އެރަށް ސަރުކާރާ ހަވާލުކުރުމަށް އެންގީ 2017 ވަނަ އަހަރެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް