Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅުން އެއްވުމެއް ބާއްވަނީ

އެމްޑީއެން އުވާލައި، އެ ޖަމިއްޔާގެ މެންބަރުންނަށް ފިޔަވަޅު އެޅުމަށް ގޮވާލާ އިދިކޮޅުން އެއްވުމެއް ބާއްވަނީ

އެއްވުން އޮންނާނީ ޕީޕީއެމް އޮފީސް ކުރިމަތީގައި 8:30 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އޮކްޓޯބަރު 2019 | ބުދަ 13:26
ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވާހަކަދައްކަވަނީ

ޕީޕީއެމް ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވާހަކަދައްކަވަނީ

ދިވެހިރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށާއި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކް (އެމްޑީއެން) އުވާލާ، އެ ޖަމިއްޔާގެ މެންބަރުންނާ މެދު ވަގުތުން ފިޔަވަޅުއެޅުމަށް ގޮވާލާ ޕީޕީއެމް އޮފީސް ކުރިމަތީގައި އެއްވުމެއް ބާއްވަން އިދިކޮޅު ކޯލިޝަނުން ނިންމައިފިއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ނައިފަރު ދާއިރާގެ ޕީޕީއެމްގެ މަޖިލިސް މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ އެމްޑީއެން އުވާލަން ގޮވާލާ ޞުލްޙަވެރި އިހުތިޖާޖެއް ބުރާސްފަތި ދުވަހުގެ ރޭ 8:30 ޕީޕީއެމް އޮފީސް ހުންނަ ހ. ހުރަފާ ކުރިމަތީގައި އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ޤައުމާއި ދީން ޙިމާޔަތްކުރަން ކުރަންޖެހުނު ހުރިހާ ކަމެއް އިދިކޮޅުން ކުރަމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށެވެ.

އެމްޑީއެންގެ ޙަރަކާތްތައް މި ޤައުމުގައި މިނިވަންކަމާއެކު ކުރިއަށްދިއުމަށް ޖާގަ ދީގެން ނުވާނެކަމަށާއި، އިދިކޮޅު ދެ ޕާޓީން މިކަމަށް މިއަދު ތެދުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދިވެހިރައްޔިތުން އެމްޑީއެންގެ ކަންތައްތަކުގައި ބަސްބުނެ، އެމްޑީއެން އުވާލުމަށްޓަކައި އަޑުއުފުލާ ބަޔަކަށް ސިޔާސީ ގޮތުން ބަސް ބުނަން އޮތް ޕާޓީއަކީ ޕީޕީއެމާއި ޕީއެންސީ ކަމަށެވެ. އަދި ގިނަ ޢަދަދެއްގެ ރައްޔިތުން ބޭނުންވަނީ އިދިކޮޅުން އެމީހުންގެ ބަސްތައް ސަރުކާރަށް އިއްވަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ބުރާސްފަތި ދުވަހުގެ އެއްވުމަށްފަހުވެސް ސިލްސިލާކޮށް މީގެ ޙަރާކާތްތައް ބާއްވާނެކަމަށެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
20 މާރިޗު 2017

އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި

20 މާރިޗު 2017
އެކްސިޑެންޓްތައް ހިނގުން އިންތިހާއަށް ގިނަވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިދިނުމަށް ސަރުކާރަށް ގޮވާލައިފި
17 މާރިޗު 2017

ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ

17 މާރިޗު 2017
ވަގު ފައިސާ އެތެރެކުރި ކަމަށް ދެކެވޭ ވާހަކަައަކީ ދޮގެއް، އެ ވާހަކަ ފަތުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްއެމްއޭ
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު