Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު ދީދީ މިސްރުގެ ޗީފް ޖަސްޓިސްއާ ބައްދަލުކުރައްވައިފި

ޖުޑިޝަރީއާ ދެމެދުގައި އެއްބާރުލުން ވަރުގަދަކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 23 އޮކްޓޯބަރު 2019 | ބުދަ 04:24
ޑރ.އަބްދުﷲ ދީދީ މިސްރުގެ ޗީފް ޖަސްޓިސްއާއެކު

ޑރ.އަބްދުﷲ ދީދީ މިސްރުގެ ޗީފް ޖަސްޓިސްއާއެކު

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ މިސްރުގެ ޗީފް ޖަސްޓިސް ސައީދު މަރްއީ އުމަރުއާ ބައްދަލުކުރައްވައިފިއެވެ.

ޑރ.އަބްދުﷲ ދީދީ މިސްރުގެ ޗީފް ޖަސްޓިސްއާ ބައްދަލު ކުރައްވާފައި މިވަނި އެމަނިކުފާނު މިހާރު މިސްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރާއި މިސްރުގެ ޖުޑިޝަރީއާ ދެމެދުގައި އެއްބާރުލުން ވަރުގަދަކޮށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް ޖަސްޓިސް އޮފް ދަ ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓު އޮފް އިޖިޕްޓް، އޮނަރަބަލް ޑރ. އާދިލް އުމަރު ޝަރީފް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢަބްދުލްގަނީ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އުއްތަމަ ފަނޑިޔާރު މިސްރަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އެމަނިކުފާނުގެ ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށެވެ.

ސުލޫކީ މައްސަލައެއް ބަލައި ތަހުގީގު ރިޕޯޓަަށް ރިޔާއަތް ކޮށް އުއްތަމަ ފަނޑިޔާރަށް ފިޔަވަޅު އަޅައި ނަސޭހަތް ދޭން ޖޭއެސްސީން ނިންމާފައިވަނީ، މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ.

އެހެން ނަމަވެސް އެ މައްސަލަ ބަލެމުގެ އިހްތިޔާރު ޖޭއެސްސީ އަށް ލިބިގެންނުވާ ކަމަށް ބުނެ ޑރ. ދީދީ ވަނީ ބަޔާނެއް ނެރެ އެ ކޮމިޝަނަށް ހާޒިރުވާން އުޒުރުވެރިވެ ވަޑައިގެންފައެވެ. ނަސޭހަތް ދިނުމުން ނަސޭހަތުގެ ލިޔުމާއި ހަވާލުނުވުމުން އުއްތަމަ ފަނޑިޔާރުގެ އިތުރު މައްސަލައެއް ބެލުމަށް ޖޭއެސްސީން ވަނީ ނިންމައިފިއެވެ.

އިތުރަށް ކިޔާލަން

13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ފެބުރުއަރީ 2017

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި

14 ފެބުރުއަރީ 2017
 ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ސިޔާސީ މަގާމަކަށް ބަދަލުކޮށްފި
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު