Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 2019

ފިޔަވަޅު ނޭޅުމަކީ ޤާނޫނީ ދައުލަތެއް ހިންގޭނެ ގޮތެއް ނޫން: ރައީސް ނަޝީދު

ރިޕޯޓު ކުށްވެރިކުރަމުން ދާއިރުގައި އެ ރިޕޯޓުގައި ހުރި އެއްޗަކާއި ގުޅޭގޮތުން ވިސްނާލުމަކީ ބޭނުންތެރިކަމެއް ކަމަށް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2019 | އަންގާރަ 08:37
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް މުހައްމަދު ނަޝީދު

ފިޔަވަޅު ނޭޅުމަކީ ގާނޫނީ ދައުލަތެއް ހިންގޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވެ ޓެރަރިޒަމްގެ މައްސަލަތަކުގައި ފިޔަވަޅުތައް އަޅަމުން ނުގެންދާތީވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓާއި ގުޅިގެން އަނެއްކާވެސް މިއަދު އަޑުއިވިގެންދަނީ ލޭ ހުއްދަކުރަން ގޮވަމުންދާ އަޑު ކަމަށާއި ރިޕޯޓާއި ގުޅިގެން ކުރާ މުޒާހަރާތައް ހިންގާ ރާވަމުން އަންނަނީ އެހެން ގައުމުތަކަށް ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކުން ކަމަށެވެ. އަދި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމީޝަންގެ ރިޕޯޓަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ތަހުގީގުތައް ކުރެވެން ފެށުމުން އެ ތަހުގީގުތަކަށް ހުރަސް އެޅުމަށް އެހެން ރިޕޯޓެއްގެ ވާހަކަ ދައްކަމުންދާކަމަށް ކަމަށް ފެނިވަޑައިގަންނަވާކަމަށެވެ.

އެމްޑީއެންގެ ރިޕޯޓު ނެރުނީ 2014 ގައިކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުންނާއި، އަދި ހުރިހާ ފަރާތަކުންވެސް އެ ރިޕޯޓު ކުށްވެރިކޮށްފައިވާކަމަށެވެ. އަދި އެ ރިޕޯޓުގައި ހިމަނާފައިވާ ބައެއް ވާހަކަތަކާއި ގުޅިގެން ފުލުހުން ދަނީ ތަހުގީގުތައް ކުރަމުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓު ކުށްވެރި ކުރަމުން ދާއިރުގައި އެ ރިޕޯޓުގައި ހުރި އެއްޗަކާއި ގުޅޭގޮތުން ވިސްނާލުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މަރުގެ ފަހަތުގައި ތިބީ ދީނީ ހަރުކަށި ފިކުރުގެ މީހުންކަމަށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައިވާ ނުކުތާއަށް އިޝާރަތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓުގެ ޑްރާފްޓް ވަނީ މަޖިލީހަށް އަރުވާފައިކަމަށެވެ.

މީގެ އިތުރުން ސީރިއާގައި ހަރަކާތްތެރިވާ ދިވެހި ހަނގުރާމަވެރިން ތަމްސީލުކުރާ ފަރާތަކީ، އަދި ސީރިއާގައި ހަރަކާތްތެރިވާ ދިވެހިންގެ ހަބަރުތައް ގެނެސްދޭ "ބިލާދް އަލް ޝާމް" މީޑިއާއިން ބުނަނީ އެ ގްރޫޕްގެ ފައުންޑަރަކީ އަދި އެޑިޓަރަކީވެސް އަބޫ ދުޖާނާ އަލް މަލްދީފީކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އޭނާގެ އަސްލު ނަން އެ ގްރޫޕުން ހާމަ ނުކުރި ނަމަވެސް ރާއްޖޭގެ މީޑިއާތަކުން ރިޕޯޓު ކުރަނީ އޭނާ އަކީ މ. ޖޯރޖިއާ ޔާމީނު ނައީމް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އޭނާ ސީރިއާގައި މަރުވެފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެހެން ގައުމުތަކަށް ހަނގުރާމައަށް މީހުން ފޮނުވާ ފަރާތްތަކުގެ ތަހުގީގުތައް ކުރެވެން ފެށުމުން އެ ތަހުގީގުތަކަށް ހިޔަނި އަޅުވާ ހުރަސް އެޅުވުމަށް އެހެން ރިޕޯޓެއްގެ ވާހަކަ ދައްކާ، އެ ވާހަކަ ފެންމަތިކޮށް ރާއްޖޭގައި ހަމަނުޖެހުން އުފެއްދުމަށް އެ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހުރިހާ ފަރާތަކުންވެސް އެމްޑީއެންގެ ރިޕޯޓު ކުށްވެރިކުރާކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އެފަދަ ވާހަކަތައް ދައްކާމީހުންގެ މައްޗަށް ތަހުގީގުކޮށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި ލޭ ހުއްދަ ކުރާ ނުވަތަ މަރުގެ އިންޒާރުދޭ، ހަނގުރާމައަށް މީހުން ފޮނުވާ، ރާއްޖޭގައި އަލްގައިދާއާއި އަދި އެހެނިހެން ޓެރަރިސްޓު ޖަމާއަތްތަކުގެ އެކި އެކި ގޮފިތައް ރާވާ، ހިންގާ މީހުން އެނގޭއިރުވެސް އެމީހުން ހައްޔަރު ނުކުރެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ފުލުސް އޮފިހަށް ވެސް އެމީހުންނާއި ބެހޭ ސާފު މައުލޫމާތު ލިބިފައިވާ ކަމަށާއި އަދި ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ ޗުއްޓީއަށް ނުގޮސް، ހޭލާ ތިބެ އިސްލާހުތައް ބޭނުންވާ ގާނޫނުތަކަށް އިސްލާހު ގެނެސްފައި ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ފެންނަމުން މިދަނީ ފިޔަވަޅެއް ނޭޅޭ ތަން ކަމަށާއި، އަދި އެއީ ގާނޫނީ ދައުލަތެއް ހިންގޭ ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިޔާތަކަށް ފިޔަވަޅު އެޅުމުގައި ފަންނީ މީހުންގެ އެހީ ހޯދަންޖެހޭ: މީޑީޔާ ކައުންސިލްގެ ކުރީގެ ހަތަރު ރައީސުން

މީޑިޔާތަކަށް ފިޔަވަޅު އެޅުމުގައި ފަންނީ މީހުންގެ އެހީ ހޯދަންޖެހޭ: މީޑީޔާ ކައުންސިލްގެ ކުރީގެ ހަތަރު ރައީސުން

12 އެޕްރީލު 2017
ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން

ގައުމަށްޓަކައި ހުރިހާ ޤާނޫނީ ވަކީލުން ތެދުވުމަށް ގޮވާލަން: އަލީ ހުސެއިން

12 އެޕްރީލު 2017
ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

ސައުދު ނެންގެވި ފިޔަވަޅު ނަންގަވާނެ އެތައް މެމްބަރުން އެބަތިއްބެވި: ފާރިސް

02 އެޕްރީލު 2017
ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

ރައީސް ޔާމީންގެ އޯޑަރު: އިދިކޮޅު މެންބަރުންނަށް ފިޔަވަޅު އަޅާފައިވިޔަސް، ވޯޓް ނަގާތި!

27 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު