Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންފޮރމޭޝަން ކޮމިޝަނަރު

އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ފިޔާޒް އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފި

3 ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުންދީފައިވަނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2019 | ހޯމަ 08:40
ޙުސައިން ފިޔާޒު މޫސާ

ޙުސައިން ފިޔާޒު މޫސާ

އިންފޮރމޭޝަން ކޮމިޝަނަރުކަމަށް ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ޙުސައިން ފިޔާޒު މޫސާ ޢައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުުންދީފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ފިޔާޒު އައްޔަންކުރުމަށް ފެންނަކަމަށް 72 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

Advertisement - newsAdvertisement

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ޢައްޔަންކުރަން 3 ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރުހުންދީފައިވަނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އެމަޤާމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 4 ބޭފުޅުންނާއި އިންޓަވިއު ކުރެވުނުއިރު މަޤާމަށް ޢައްޔަނުކުރުމަށް ކޮމެޓީން ރުހުންދީ، މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާފައިވަނީ ޙުސައިން ފިޔާޒު މޫސާގެ ނަމަށް އެކަނި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަންކުރުމަށް ފިޔާޒަށް 72 މެމްބަރުން ރުހުންދިނުމާއި ގުޅިގެން އިތުރު ނަމަކަށް ވޯޓަށް އަހާފައެއް ނުވެ އެވެ. ފިޔާޒގެ އިތުރުން ކޮމެޓީން ހުށަހަޅާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި، ހ. ގުރުވަ އަހުމަދު އާހިދު ރަޝީދުގެ ނަމެވެ.

ނޫސްވެރިކަމުގެ ރަން ގަލަން ލިބިވަޑައިގެންފައިވާ ހުސެއިން ފިޔަޒް މޫސާ ވަނީ ނޫސްވެރިކަމާއި، މީޑިއާގެ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެގޮތުން ނުސްވެރިކަމުގެ ދާއިރާގައި 19 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރެއްވިއިރު، ފިޔާޒު ވަނީ މިއަދު ނޫހާއި، އާފަތިސް ނޫހާއި، ހަވީރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އެންމެފަހުން ފިޔާޒް މަސައްކަތް ކުރައްވާފައިވަނީ ރާއްޖެޓީވީގަ އެވެ. އެގޮތުން ނޫސްވެރިކަމަށް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިކޮށް، ރާއްޖެޓީވީ އެތަށް މިލިއަނަކުން ޖޫރިމަނާކުރިއިރު، ރާއްޖެޓީވީގެ ސީއޯއޯގެ މަޤާމު ފިޔާޒު އަދާކުރައްވާފައިވެއެވެ. ރާއްޖެޓީވީގެ ސީއޯއޯކަމުން ފިޔާޒު އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ނަމަވެސް ނިމުނު މަޖިލީސް އިންތިހާބުގެ ނިޔަލަށްވެސް ރާއްޖެޓީގައި ގިނަ މަސައްކަތްތަކެއް ފިޔާޒު ކުރައްވާފައިވެއެވެ.

ފިޔާޒަކީ މެލޭޝިއާގެ ލިމްކޮކްވިން ޔުނިވަސިޓީން ނޫސްވެރިކަމާއި ޕަބްލިކް ރިލޭޝަން ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރުގެ މުއްދަތު ވަނީ މިއަަހަރުގެ ޖޫން މަހުގެ 22 އަށް ހަމަވެފައެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ދައުލަތުން އުފައްދާފައިވަނީ 13 ޖުލައި 2014 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ހައި ކޮމިޝަނަރު ޖޭމްސް ޑޯރިސް މްޔޫއޯ އާއި ބައްދަލު ކުރައްވައިފި

ހައި ކޮމިޝަނަރު ޖޭމްސް ޑޯރިސް މްޔޫއޯ އާއި ބައްދަލު ކުރައްވައިފި

14 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު