Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއެންޑީއެފް

ރާއްޖެއިން ބޭރުން އޮފިސަރ ކެންޑިޑޭޓް ތަމްރީނު ފުރިހަމަކުރެއްވި 6 ސިފައިން ކަމިޝަން ކުރައްވައިފި

އެ އޮފިސަރުންނަށް ރޭންކު ހަވާލުކޮށްދެއްވީ އާއިލާތަކުގެ މެމްބަރުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އޮކްޓޯބަރު 2019 | ބުދަ 07:03
ރަސްމިއްޔާތުގެ ތެރެއިން

ރަސްމިއްޔާތުގެ ތެރެއިން

ރާއްޖެއިން ބޭރުން އޮފިސަރ ކެންޑިޑޭޓް ތަމްރީނު ފުރިހަމަކުރި ހަ ސިފައިން ކަމިޝަން ކުރައްވައިފިއެވެ.

އެމްއެންޑީއެފް ހެޑްކްއާޓަރޒް ބަންޑާރަކޮށީގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކަމިޝަންކުރެއްވި އޮފިސަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ އެވެ. އަދި އެ އޮފިސަރުންނަށް ރޭންކު ހަވާލުކޮށްދެއްވީ އާއިލާތަކުގެ މެމްބަރުންނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވަނީ ކަމިޝަންކުރެއްވި އޮފިސަރުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ސިފައިން ކޮށްފައިވާ ހުވަޔާއި ޤައުމީ ޒިންމާ އަދާކުރުމުގައި ޤާނޫނުން މަތިކޮށްފައިވާ ޒިންމާގެ މަތިން ވަނީ ހަނދާން އައުކޮށްދެއްވާފައެވެ. ސިފައިންގެ ޤާބިލްކަން އިތުރުކުރެއްވުމަށް ކުރެވެމުންދާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލައްވަމުން، އެކަމަނާ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ސިފައިންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުކުރެއްވުމާއި ވެލްފެއަރގެ ކަންކަން ރަނގަޅުކުރެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ނުހަނު އިސްކަމެއް ދެއްވަމުންގެންދަވާ ކަމަށެވެ.

ރަސްމިއްޔާތުގައި ކަމިޝަން ކުރެއްވި ހަ އޮފިސަރުންގެ ތެރޭގައި ހިމެނެނީ، އެމެރިކާ އަދި އެމެރިކާއިން، އޮފިސަރ ޓްރޭނިންގ ފުރިހަމަކުރެއްވި ހަ ސިފައިންނެވެ. އެއީ އެމެރިކާގައި ހުންނަ ޔޫއެސް އާމީ އިންފެންޓްރީ ސްކޫލުން "އޮފިސަރ ކެންޑިޑޭޓް ސްކޫލު ޓްރޭނިންގ" ފުރިހަމަކުރެއްވި ލެފްޓިނަންޓް އިސްމާޢީލް އަޙްމަދު އަދި ލެފްޓިނަންޓް އިބްރާހީމް ޢަލީއެވެ. އަދި އިންޑިއާގެ ޗެންނާއީގައި ހުންނަ އޮފިސަރސް ޓްރޭނިންގ އެކަޑަމީން "ޝޯޓް ސަރވިސް ކަމިޝަން ކޯސް" ފުރިހަމަކުރެއްވި ލެފްޓިނަންޓް ޢަބްދުﷲ ފިޔާޒާއި ލެފްޓިނަންޓް ޠައްޔިބާ އިބްރާހީމާއި ލެފްޓިނަންޓް އަޙްމަދު ޝިޒާނާއި ލެފްޓިނަންޓް ނިޢުމާ ޢަބްދުއްރަޙްމާން އެވެ.

ޑިފެންސް މިނިސްޓަރުގެ އިތުރުން ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ކަމިޝަންކުރެއްވި އޮފިސަރުންގެ އާއިލާގެ މެމްބަރުން ބައިވެރިވިއެވެ. ރޭގެ ރަސްމިއްޔާތު ނިންމާލީ ޚާއްޞަ ދުޢާއަކުންނެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު

11 ފެބުރުއަރީ 2017
މިސަރުކާރު އައި ފަހުން ބޭރުން އައި އިންވެސްޓްމަންޓެއް ނެތް، ކުރެވުނު އާ ކަމެއް ނެތް: ނިޒާރު
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު