Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ ޓިވެޓް

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

2008 އަހަރުން 2013 ވަނަ އަހަރަށް ވަޒީފާގެ ބާޒާރަށް ތަމްރީނުކުރެވިފައިވަނީ 52 ޒުވާނުން

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 1 ފެބުރުއަރީ 2017 | ބުދަ 12:51
އެޑިއުކޭޝަން މިނިސްޓްރީ ޓިވެޓް ޕްރޮގްރާމް

އެޑިއުކޭޝަން މިނިސްޓްރީ ޓިވެޓް ޕްރޮގްރާމް

ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި 4،000 ވުރެ ގިނަ ކުދިން ވަޒީފާގެ ބާޒާރަށް ތަމްރީނު ކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް) އިން ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ބޭއްވި ފޯރަމްގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މަސައްކަތްތެރިކަމާއި ހުނަރުގެ ދާއިރާތަކަށް ޒުވާނުން ތަމްރީނު ކުރުމަކީ މި ސަރުކާރުން އަހައްމިޔަތު ކަމެއް ދެއްވާ ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

ދެހާސް އަށްވަނަ އަހަރާއި 2013 ވަނަ އަހަރާއި ދެމެދު ޓިވެޓް އޮތޯރިޓީގެ ޕްރޮގްރާމްތަކުން ވަޒީފާގެ ބާޒާރަށް ތަމްރީނުކުރެވިފައިވަނީ 52 ޒުވާނުން ނަމަވެސް، ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 4762 ޒުވާނުން ވަޒީފާގެ ބާޒާރަށް ތަމްރީނުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގައި ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލަޖީ އާއި އެޑިޔުކޭޝަން މިނިސްޓްރީގެ ޓިވެޓް އޮތޯރިޓީ ގުޅިގެން ފެށި އެއްދުވަހުގެ ފޯރަމްގައި ކުންފުނިތަކާއި، ސްކޫލްތައް އަދި ޒުވާނުންގެ ތެރެއިން 37 ފަރާތެއް ބައިވެރިވެފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

އޭގެ ތެރޭގައި މަޓީ، މަސީ، އެސްޓީއޯ، އެމްއޭސީއެލް އަދި އެމްޓީސީސީ އާއި ފޯސީޒަން ރިސޯޓް ފަދަ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.

މި ފޯރަމް ގެ މަގްސަދަކީ ފަންނީ ދާއިރާތަކަށް ޒުވާނުން އަހުލުވެރިކުރުވަން ޓިވެޓް އޮތޯރިޓީން ހިންގާ ތަފާތު ކޯސްތަކާއި ޕްރޮގްރާމަތަކުގައި އެކުގައި މަސައްކަތްކުރާ ކުންފުނިތަކާއި އެއްތަނަކުން ބައްދަލުކޮށް މަޝްވަރާކޮށް، ގުޅުން ބަދަހި ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު