Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޫރޯ ކޮލިފިކޭޝަން

ޔޫރޯ ކޮލިފިކޭޝަން: ޕޯޗުގަލް ބަލިވި ނަމަވެސް ރޮނާލްޑޯ ކެރިޔަރުގައި 700 ލަނޑު ހަމަކޮށްފި

15 އޮކްޓޯބަރު 2019 | އަންގާރަ 08:02

މި މެޗު ނިމިގެންދިޔައީ 2-1 ގެ ނަތީޖާ އަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 15 އޮކްޓޯބަރު 2019 | އަންގާރަ 08:02
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

ޔޫރޯ ކޮލިފިކޭޝަނުގައި ޔޫކްރެއިން އިން ޕޯޗުގަލް ބަލިކުރި ނަމަވެސް ރޮނާލްޑޯ ކެރިޔަރުގައި 700 ވަނަ ލަނޑު ހަމަކޮށްފިއެވެ.

ޔޫކްރެއިންގެ ދަނޑުގައި ކުޅުނު މި މެޗު ޔޫކްރެއިން އިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން 6 ވަނަ މިނެޓުގައި ޔޫކްރެއިން އިން ލަނޑު ޖަހާ ލީޑު ނަގައިފައިވާއިރު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔަމެޗުކްއެވެ. މި ލަނޑަށްފަހު ވެސް ޔޫކްރެއިންއިން ތަފާތު މޮޅު އެޓޭކިންގ ގޭމެއް ކުޅެމުން ގެންދިޔައިރު ޔޫކްރެއިން އިން ދިޔައީ ޕޯޗުގަލްގެ ގޯލަށް ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ޔޫކްރެއިން އިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޑްރީ ޔާރްލެމްކޯއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ގެ ނަތީޖާ އަކުން ޔޫކްރެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޕޯޗުގަލްއިން އެޓީމުގެ ކުޅުން ރަނގަޅުކުރި އިރު ޕޯޗުގަލް އިން މި ހާފުގައި ޔޫކްރެއިންގެ ހާފަށް ބާރުބޮޑުކޮށްފައި ވެއެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ޓަރަސް ސްޓެނިއަންކޯ އޭރިއާ ތެރެއިން ޕޯޗުގަލްގެ ކުޅުންތެރިއަކަށް ފައުލް ކުރުމާއި ގުޅިގެން ދެވަނަ ރީނދޫ ކާޑު ދެއްކުމަށްފަހު ރަތް ކާޑު ދައްކައިފައިވެއެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ލަނޑުޖަހާ ޕޯޗުގަލްއަށް އުންމީދު އާކޮށްދީފައެވެ. މި ލަނޑަކީ ރޮނާލްޑޯ އޭނާގެ ކެރިޔަރުގައި ކާމިޔާބުކުރި 700 ވަނަ ލަނޑެވެ. މި ލަނޑާ އެކު ރޮނާލްޑޯ ވަނީ ފީފާގެ އެލީޓް ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.

މެޗަށްފަހު ރޮނާލްޑޯ ބުނީ 700 ލަނޑު ކެރިޔަރުގައި ކާމިޔާބުކުރެވުން އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި ނަމަވެސް މި މެޗުން މޮޅެއް ނުލިބުމުން އެކަމާ މާޔުސްވިކަމަށެވެ.

މި ނަތީޖާ އާއިއެކު ޔޫކްރެއިން އިން އޮތީ ލިބުނު 19 ޕޮއިންޓާ އެކު ގްރޫޕް ބީ ގެ އެއްވަނައިގައެވެ. މެޗުން ބަލިވި ޕޯޗުގަލްއިން ގްރޫޕްގެ ދެވަނައިގައި 11 ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި ސާބިއާ އިން އޮތީ 10 ޕޮއިންޓާއެކުގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 މެއި 2017

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި
14 މެއި 2017

ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!

14 މެއި 2017
ވެރާޓީ ހޯދުމަށް ބަޔާން އިން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅަނީ!
14 އެޕްރީލު 2017

ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ

14 އެޕްރީލު 2017
ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ
13 އެޕްރީލު 2017

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް
07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
26 މާރިޗު 2017

ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް

26 މާރިޗު 2017
ވޯލްޑްކަޕް ކޮލިފައިން: ޕޯޗުގަލް އަދި ފްރާންސް އަށް މޮޅެއް
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
27 ޖެނުއަރީ 2017

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް